ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުންނަށް އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް ފާސްކޮށްފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: މި ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ވަނީ ފާސްކޮށްފައި. -- ފޮޓޯ  | އެމްޑީޕީ

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: މި ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ވަނީ ފާސްކޮށްފައި. -- ފޮޓޯ | އެމްޑީޕީ

ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އަންނަ މަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ 29ގަ އެވެ. ކެންޑިޑޭޓުން ކުރިމަތިލާން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވާ އިންތިހާބުގައި ކުށްވެރިންނަށް ޖާގަ ނުދޭން ފާސްކުރީ މިރޭ ބިލަބޮންގުގައި ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ތިއްބެވި އެވެ.

މިއީ، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގެވުމުގެ ފުރުސަތަށް ނަޝީދު، ރައީސްގެ އަރިހުން އެދިވަޑައިގަތް ފަހުން ދެ ބޭފުޅުން އެއް ތަނަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ. ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސްގެ ޖަވާބަކަށްވީ މި ހިނގާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ނިންމުމެއް ކަމަށެވެ. އެކަން ބަދަލުކުރެވޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއަށް ހުށަހެޅި ގަރާރަށް މެމްބަރުން ވޯޓު ދެއްވަނީ. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ބަރުލަމާނީގެ ފޯރިގަދަވެފައި ވަނިކޮށް ގައުމީ ހިންގާ ކޮމިޓީ އެއްވެ މިވަނީ އިންތިހާބުގެ ޝަރުތުތައް ކަނޑައަޅައިފަ އެވެ. މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކި މަގާމްތަކަށް ކުރިމަތިލާ ޕާޓީގެ މެމްބަރުންނަކީ ބޮޑެތި ކުށްތަކުން ބަރީއަވެގެންވާ ބައެއް ކަން ސާބިތުކޮށްދޭންވާނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް ހިންގާ ކޮމިޓީން އިގުރާރުވާށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އޭނާ ގަރާރުގައި ހުށަހެޅުއްވި އެވެ.

- މީހަކު މެރުން

- ރޭޕްކުރުމުގެ ކުށް

- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް

- ޑްރަގް ޓްރެފިކް ކުރުމުގެ ކުށް

މީގެ އިތުރުން އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގައި ހިމެނޭ މީހަކަށް ވެސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކުރާ މީހުން

އެ ގަރާރުގައިވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދޭން އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުން ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބައެއް މެމްބަރުން. -- ފޮޓޯ | އެމްޑީޕީ

"...އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ބައިވެރިވުމުގެ ފުރުސަތު އިސްވެ ބަޔާންކުރެވުނު ކުށްތަކުގެ ތުހުމަތު ކުރެވި ދައުވާކުރަން ފޮނުވިފައިވާ ފަރާތްތަކާއި އެފަދަ ކުށްތަކުގެ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށާއި އެފަދަ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިންމުމަށް ފަހު ފަސް އަހަރު ވެފައި ނުވާ މީހުންނަށް ލިބިގެން ނުވާ ކަމަށް މި ހިންގާ ކޮމިޓީން އިގުރާރުވެ އެވެ،" އިއްތިފާގުން ފާސްކުރި ގަރާރުގައިވެ އެވެ.

މިފަދަ ތުހުމަތެއް ކުރެވޭކަން ޕާޓީއަށް ނޭނގި ވަނިކޮށް ގައުމީ މަޖިލީހަށް އެ މީހަކު އިންތިހާބު ފަހުން އެކަން އެނގޭ ހިސާބުން ވެސް އެ މެމްބަރަކު ވަކިކުރަން ވެސް މިރޭ ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox