އިންޑިއާ ޓޫރިސްޓުންނަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތް

އިންޑިއާ ޓޫރިސްޓުންނަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތް

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19ގެ އާ ވޭރިއެންޓުތަކަކާ އެކު ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނާ މެދު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

މިދިޔަ މަހު ފެށުނު ދެވަނަ ރާޅާ އެކު، އިންޑިއާގައި ބަލި ފެތުރޭ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

މިގޮތުން، މިމަހުގެ މެދު ތެރެއިން ފެށިގެން އިންޑިއާގައި ކޮންމެ ދުވަހަކު ވެސް 200،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ. މި ހަފްތާގައި އެ އަދަދު ވަނީ 300،000 އަށް ވުރެ މަތިވެފަ އެވެ. ކޭސްތަކާއެކު މަރުވާ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.

އެއާއެކު ރާއްޖޭން ވަނީ ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުން ފިޔަވައި، އިންޑިއާއިން އަންނަ އެހެން މީހުން ގޭގައި ކަރަންޓީނުވުމަށް އަންގައިފަ އެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުން ނޫން އެހެން މީހުން 10 ދުވަހުގެ ކަރަންޓީނު މުއްދަތެއްގައި ގޭގައި މަޑުކުރުން މަޖުބޫރުވާނެ ކަމަށާއި، މީގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން އިސްތިސްނާނުވާނެ ކަމަށެވެ.

ނަމަވެސް، ނުރައްކާތެރި އާ ވޭރިއަންޓުން ސަލާމަތްވުމަށް ގިނަ ގައުމުތަކަކުން އިންޑިއާއަށް ދަތުރު ކުރުން މަނާ ކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު، ރާއްޖޭން އެފަދަ ފިޔަވަޅުތަކެއް ނާޅާތީ ކަންބޮޑުވުން ވަނީ އިތުރުވާން ފަށައިފަ އެވެ.

ޓޫރިސްޓުންނަށް ކަރަންޓީނުވާން ނޭންގޭނެ

އެކަމާ ގުޅިގެން އެޗްޕީއޭގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު "އަދަދު"އަށް ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް އާއްމުކޮށް އަންނަ ޓޫރިސްޓުންނަކީ މަދު ދުވަސް ކޮޅަކަށް ކަމަށްވާތީ، 10 ދުވަހަށް ކަރަންޓީނުވާން އެންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެއްވެސް ގައުމަކުން ދަތުރުފަތުރު ހުއްޓާލުމަކީ މި ފަހުން ރާއްޖޭން އަމަލުކޮށްފައިވާ ގޮތެއް ނޫންކަން އިނގިރޭސިވިލާތުގެ މިސާލު ނަންގަވަމުން ތަސްލީމާ ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔޫކޭގައި އާ ވޭރިއެންޓަކާއެކު ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ގިނަ ގައުމުތަކުން ދަތުރުތައް ހުއްޓާލި ނަމަވެސް، ރާއްޖޭން އެ ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި އިންޑިއާ އިން އަންނަ ޓޫރިސްޓުންވެސް ނެގެޓިވް ޕީސާއާރު ޓެސްޓެއް ހުށަހަޅަންޖެހޭއިރު، އެހެން އެންމެން ފުރަތަމަ ދުވަހުވެސް ޕީސާއާރު ޓެސްޓެއް ހެދުމަށްފަހު، ކަރަންޓީނުގެ 10 ދުވަސް ހަމަވުމުން އަދި އިތުރު ޓެސްޓެއް ހެދޭނެ އެވެ.

"މީގަ އޮތީ ގައިޑްލައިންތަކާ އެއް ގޮތަށް އަމަލު ކުރުން. އެކަމަކު އަޅުގަނޑުމެން ދާނީ [އިންޑިއާގެ] ސްޓޭޓަސް ވަރަށް ގާތުން ބަލަމުން،" ތަސްލީމާ އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox