ދަ ގްރާންޑޭ ބަލިކޮށް ސަސް ފަސް ވަނަ އަށް

ލަނޑު ޖެހުމަށް ފަހު ސަސްގެ ހޮކޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަނޑު ޖެހުމަށް ފަހު ސަސްގެ ހޮކޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ވެލެންސިއާ ބަލިކުރުމުން ސަސް ވަނީ ލީގު ތާވަލުގެ އެންމެ ފުލަށް ވެއްޓިފަ އެވެ. މިރޭގެ މޮޅާ އެކު ސަސް ފަސް ވަނަ އަށް އެރީ 14 މެޗުން 15 ޕޮއިންޓް ހަަމަކޮށްގެންނެވެ. ލީގުގައި މާދަމާރޭ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުން މޮޅުވާ ކޮންމެ ޓީމަކަށް ވެސް ހަތަރު ވަނަ އަށް އެރޭނެ އެވެ. ހަ ވަނައިގައި އޮތް އީގަލްސް އާއި ހަތް ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

މިރޭގެ މެޗަށް ފަހު ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ވަރަށް ޕްރެޝަރުގައި ކުޅެން ޖެހުނު މެޗަކަށްވެފައި މި މެޗުން މޮޅުވުން ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި މެޗުން މޮޅުވެގެން އެ ޓީމުން މި ބުރު ނިންމާލާއިރު ގަދަ ހައެއްގައި އެ ޓީމަށް އޮވެވޭނެ ކަމަށާއި އެއީ ވެސް ހިތްހަމަޖެހުމެއް ކަމަށް މޯހަން ބުންޏެވެ.

Advertisement

"ޕްރެޝަރު ވަރަށް ބޮޑަށް ފެނިގެންދިޔަ. ޕްރެޝަރުގައި ހެދުނު ބައިވަރު މިސްޓޭކްތައް ފެނިގެންދިޔަ. އެކަމަކު ކުޅުންތެރިން ނަތީޖާ އެއް ނެރެން އެކުރި ހިތްވަރަށް ހަމަ ސާބަސް ދެން،" މޯހަން ބުންޏެވެ.

"(ރޭ ޔޫވީ ގެ މޮޅާ އެކީ) އެއާ އެކީ ޕްރެޝަރު އިތުރުވެގެން ދިޔަ. (ސަސް) އަށް ވަނަ އަށް ވެއްޓިފައި އޮތީ. މިހާރު ފަހަކަށް މި އެރުނީ. މި ލިބުނު ތިން ޕޮއިންޓަކީ އެހެން ޓީމުތަކާ ގާތްކުރުމުގައި ވެސް ލިބުނު ހިތްހަމަޖެހުމެއް ކުރިއަށްދާން،"

މޯހަން ބުނީ ލީގުގެ ތިން ވަނަ ބުރު ފަށާނީ ބޮޑު ބްރޭކަކަށް ފަހު ކަމަށާއި އޭރަށް އިތުރަށް ޓީމު ވަރުގަދަ ކުރަން ބަލާއިރު މިރޭގެ މޮޅުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

މިރޭގެ މެޗުގެ އެންމެ ފުރަތަމަ މިނިޓުން ފެށިގެން ސަސް އިން ކުރިއަށް ޖެހި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެ ގޮތުން މެޗުގެ ތިން ވަނަ މިނިޓްގައި ސަސްގެ އައިހަމް އަހުމަދު ނެގި ހުރަހަކުން އޭރިއާތެރޭގައި ހުސްކޮށް ހުރި ސަސްގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ބޮލުން ޖެހި ބޯޅަ ދިޔައި ދަނޑިކައިރިން ބޭރުންނެވެ.

މަޑުމަޑުން މެޗުގެ ތެެރެއަަށް ވަދެ ދަ ގްރާންޑޭގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން އިބްރާހިމް ނޫރައްދީން (އެންޑިން) ޖެހި ޝޮޓް ސަސްގެ އުޒްބެކިސްތާން ކީޕަރު މިރްޒޮހިދު ވަނީ މަތަކޮށްފަ އެވެ.

ދަ ގްރާންޑޭގެ މުލަކޭ (ކ) ސަސްގެ އައިހަމް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަސްގެ އެންމެ ކުރިއަށް މި މެޗުގައި ކުޅުނީ މޮރޮކޯގެ މިޑްފީލްޑަރު އަޖްނާން މުހައްމަދު އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު އަޖްނާން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ރީބައުންސް ވެގެން އައިސް ލިބުނީ ސަސްގެ ނަޝާހު އަހުމަދު (ނައްޓު) އަށެވެ. އޭނާ އެއް ފަހަރުން ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ.

އެކަމަކު އޭގެ ފަސް މިނިޓް ފަހުން ގޯލުގެ ކުރިމަތިން ލިބުނު ބޯޅަ ގޯލަށް ވައްދާލައި ނައްޓު ވަނީ ސަސް އަށް ލީޑުނަގައިދީފަ އެވެ. މިއީ މެޗުގެ 30 ވަަނަ މިނިޓްގައި ސަސްގެ ޖަޕާން މިޑްފީލްޑަރު އެއިސޫކޭ މޯރީ ހުސްކޮށްލާފައި ދިން ބޯޅައަކުން ނައްޓު ޖެހި ގޯލެކެވެ. މިއީ ޓީސީ ދޫކޮށް ސަސް އަށް ބަދަލުވުމަށް ފަހު ނައްޓު އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދަ ގްރާންޑޭ އަށް ނަތީޖާ ހަމަހަމަކޮށްދޭން ކުރިއަށް ޖެހިގެން އެ ޓީމުގެ ގިނަ ކުޅުންތެރިން އެޓޭކްގައި ބައިވެރިވެގެން ލިބޭ ފުރުސަތުތައް ދިޔައި ބޭނުމެއް ނުކުރެވި އެވެ. އެންޑިން އާއި މުހައްމަދު ސަހާއު (ބޭލް) އަށް ލިބޭ ބޯޅަތައް ރަނގަޅަށް ފޮނުވާނުލެވުނެވެ.

ފުރަތަމަ ހާފުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކައުންޓަ އެޓޭކުގައި ސަސް އަށް ލީޑުފުޅާކޮށްދޭން އަޖްނާން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އައިހަމް މުޅިން ހުސްކޮށްލާފައި އަޖްނާން އަށް އޭރިއާތެރެއިން ޖައްސާލި ބޯޅަ ކުޅުންތެރިއަކު ނައްޓާފައި ޖަހަން އަޖްނާން މަސައްކަތްކުރުމުން އޭނާ އަތުން އެ ފުރުސަތު ގެއްލުނީ އެވެ.

އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ސަސް އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖެހީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެވެ. މިރޭގެ މެޗުގައި ސަސްގެ އެޓޭކިން މިޑްފީލްޑަރަކަށް ކުޅުނު ހޮކޭ މި ގޯލު ޖެހީ އަޖްނާން މަތިން ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ޗިކީ އަތުގައި ޖެހިފަ އެވެ.

ބަދަލުތަކެއް ގެނެސްގެން ކުޅުން ރަނގަޅުކޮށް ދަ ގްރާންޑޭ އިން ވަނީ މެޗުގެ 56 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މިއީ ޕެނަލްޓީ އަކުން ޔަސްފާދު ހަބީބު (މުލަކޭ) ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ އޭރިއާތެރެއިން ސަސްގެ ކެޕްޓަން އަބްުދުﷲ ހަނީފް (ބެންޖޯ) އަތުގައި ބޯޅަ ޖެހުމުންނެވެ. މި މެޗުގައި ރެފްރީކަން އިންސާފުކުރީ މެދުކެނޑުމަކަށް ފަހު ބިދޭސީ ރެފްރީ އެކެވެ.

ލަނޑަށް ފަހު ދަ ގްރާންޑޭ އިން އިތުރަށް ކުޅުން ރަނގަޅުކުރި އެވެ. އަދި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ. އެ ގޮތުން މެޗުގެ 63 ވަަނަ މިނިޓްގައި އޭރިއާ ތެރެއިން މުލަކޭ ތިރިތިރިން ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.

ސަސް އަށް އަލުން ދެ ގޯލުގެ ލީޑެއްނަަގައިދޭން މެޗުގެ 73 ވަަނަ މިނިޓްގައި އަޖްނާން އޭރިއާތެރެއިން ފޮނުވާލި ބާރު ބޯޅަ ކީޕަރު ޗިކީ ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާ ތެރެއިން ނައްޓު ދިން ބޯޅައަކުން އަޖްނާން ޖެހި ޝޮޓެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ދަ ގްރާންޑޭ އަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރް ޖެހި ޝޮޓް ގޯލުގެ ކަނަށް އަމާޒުވާން ދިޔަ ނަމަވެސް ސަސްގެ ބެންޖޯ ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ.

ފުރަތަމަ ބުރުގައި މޮޅު ކުޅުމެއް ދެއްކި ދަ ގްރާންޑޭ ދެ ވަނަ ބުރު ނިންމާލަން ޖެހުނީ އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅެއް ނުލިބި އެވެ. އަދި މިރޭގެ ބައްޔާ އެކު އެ ޓީމު ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ އެވެ. ދަ ގްރާންޑޭ އަށް މިރޭގެ މެޗަށް ފަހު ދެ ވަނަ ބުރު ނިމުނުއިރު، މި ވަގުތު އެ ޓީމު ހަތަރެއްގައި އޮތީ 14 މެޗުން 16 ޕޮއިންޓާ އެކު އެވެ. އެކަމަކު މި ބުރުގެ ހުރިހާ މެޗެއް ނިމޭއިރު އެ ޓީމަށް އެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ދަ ގްރާންޑޭ މި ބުރުގައި މޮޅުވީ ހަމައެކަނި ޓީސީ އަތުންނެވެ.

މިރޭގެ މެޗަށް ފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަަހަފޫޒް (އިންމަ) ބުނީ އިންމަ ބުނީ މި މެޗުން އެ ޓީމު އަތުން ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ. މި މެޗަށް އައީ ތިން ޕޮއިންޓް ހޯދަން ކަމަށްވާތީ އެކަން ނުވުމުން މެޗުގައި ދެއްކި ރަނގަޅު ކުޅުމާއި ގޯލު ޖަހަން ތަނަވަސްކުރި ފުރުސަތުތަކުގެ ފައިދާއެއް ނުކުރި ކަމަށް އިންމަ ބުންޏެވެ.

"ރަނގަޅު ވާހަކައެއް މި ބުރު ހަމަ ވަރަށް ދަށްކޮށް މިދިޔައީ ހަމަ. އެކި އެކި ސަބަބުތަކާ ހުރެ. ދެން ވަރަށް މުހިއްމު ޕޮއިންޓްތަކާ އެއްޗެހި ވެސް ގެއްލިއްޖެ. އެހެން ނަމަވެސް މި ބްރޭކަށް ފަހު ރަނގަޅަށް އަނބުރާ އާދެވޭނެ ކަމަށް،" އިންމަ ބުންޏެވެ.

އިންމަ ބުނީ ދަ ގްރާންޑޭގައި ހުރި މައްސަލަތައް ނަގަނީ ޗެލެންޖެއްގެ ގޮތުގައި ކަމަށާއި އެކަން ރަނގަޅުކުރަން އޭނާގެ ފަރާތުން ކުރެވޭނެ މަސައްކަތެއް ކުރާނެ ކަމަށެވެ.

ލީގުގައި މާދަމާރޭ އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox