ކުރީ މެޗެއްގެ ނަތީޖާ އަކަށް ބަލައި އީގަލްސްއާ ޗެލެންޖް ނުކުރާނަން: ނިޒާމްބެ

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުރިން ކުޅުނު މެޗެއްގެ ނަތީޖާ އަކަށް ބަލައިގެން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ނުވިސްނާނެ ކަމަށާއި ބޭނުންވަނީ އެ މެޗުން ޓީސީ ސްޕޯޓްސް ކްލަބަށް އެންމެ ރަނގަޅު ކާމިޔާބެއް ހޯދައިދޭން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މި ސީޒަން ފެށިއިރު ނިޒާމްބެ ހުރީ މާޒިޔާއާ ހަވާލުވެ އެވެ. މާޒިޔާ ކޯޗަކަށް ނިޒާމްބެ ރަސްމީ މެޗެއްގައި އެންމެ ފުރަތަމަ ކުރިމަތިލީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ ދެ ގޯލު ޖަހާފައިވަނިކޮށް އީގަލްސް މޮޅުވީ ފަހަތުން އަރައި 3-2 އިންނެވެ. އެ މެޗަށް ފަހު ފުރަތަމަ ފަހަރަށް އީގަލްސްއާ ދެކޮޅަށް ނިޒާމްބެ ނުކުންނާނީ މާދަމާރޭ ޓީސީގެ ބެންޗުގައި ހުރެ އެވެ.

"އެއްވެސް އިރެއްގައި ކުރީގެ ނަތީޖާ އަށް ބަލައި އެއްވެސް ބަޔަކާ ޖަދަލުކޮށް އެއްވެސް ބަޔަަކާ ޗެލެންޖް ކުރުމުގެ ވިސްނުމުގައެއް ނޫން މި ނުކުންނަނީ. މިހާރު މި އޮތް ހާލަތުގައި ޓީސީގެ މި އޮތް ސްކޮޑަށް އެންމެ ބޮޑަށް ބޭނުންވާ މަސައްކަތް ކުރަން ބޭނުންވަނީ އެ މަސައްކަތުގެ ނަތީޖާ އަށް ފޯކަސް ކުރާނީ،" މީގެ ކުރިން ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ޓީސީގެ ކޯޗު ނިޒާމްބެ ބުންޏެވެ.

"އިދިކޮޅަށް ކޮންމެ ޓީމެއް ކުޅުނަސް މޮޅުވާން އެ ނިޔަތުގައި އެ އަޒުމުގައި ނުކުންނާނީ. ނުބަލަން ކުރީގެ ޓީމާ އެކު އެ މީހުން ވީ ކިހިނެއްތޯ. އޭގެ ބަދަލުގައި ޓީސީގެ ކަންކަން ރަނގަޅުކުރަން ވިސްނަނީ،"

ނިޒާމްބެ ބުނީ އީގަލްސްގައި އެ ތިބި ކުޅުންތެރިންނަކީ އެއްވެސް އިރެއްގައި ދަށް ކުުޅުންތެރިން ކަމަށް ނުދެކޭ ކަމަށެވެ. އެ ޓީމުގެ ސްކޮޑަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް ކުޅެމުން އައި ވަރަށް ތަޖުރިބާކާރު އަދި ވަރަށް ހުނަރުވެރި ސްކޮޑެއްގެ ގޮތުގައި ނިޒާމްބެ ސިފަކުރި އެވެ.

"ދެން އޭއެފްސީ ކަޕަށް އެ މީހުން (އީގަލްސް) އެ ތައްޔާރުވާން ފެށި ހިސާބުން ކޮންމެވެސް ވަރަކަށް ކުޅުންތެރިންގެ މޯޓިވޭޝަނަށް ބޮޑު ކުރިއެރުމެއް އައިސް ބޮޑުތަނުން އެ މީހުންގެ ގޭމް ވެސް ރަނގަޅުކަން ފާހަގަވެގެންދިޔަ. ގަބޫލެއް ނުކުރަން އެ މީހުން އެއްވެސް ވަރަކަށް ފޯކަސް ކުޑަ ވެދާނެކަމަށް މި މެޗަށް. އެ މީހުންގެ ފޯކަސް ވަރަށް ބޮޑުވާނެ މި މެޗަށް. އެހެންވީމަ ގަބޫލުކުރަނީ މި ވަގުތަށް އެ މީހުންނަށް އެންމެ މުހިއްމު މެޗު ކަމަށް އެ މީހުން ނަގާނެ ކަމަށް،" ނިޒާމްބެ ބުންޏެވެ.

އީގަލްސް އާއި ޓީސީ އަށް ވެސް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތްއިރު، އެ ޓީމު ކުޅެފައިވަނީ ހަ ވަނައިގައި އޮތް ޓީސީ އަށް ވުރެ ދެ މެޗު މަދުންނެވެ. މާދަމާރާގެ މެޗަކީ ޓީސީ މި ބުރުގައި ކުޅޭ ފަހު މެޗަށްވާއިރު، އެ ޓީމަށް މި ތިން ޕޮއިިންޓްގެ މުހިއްމުކަން ބޮޑެވެ.

ނިޒާމްބެ ބުނީ ޕޮއިންޓް ތާވަލު އޮތްގޮތުން ވެސް މި ތިން ޕޮއިންޓްގެ މުހިއްމުކަން ވަރަށް ބޮޑުވެފައިވާ ކަމަށާއި ތައްޔާރުވާނީ ވެސް އެކަން ސިކުނޑީގައި ބަހައްޓައިގެން ކަމަށެވެ.

ސީޒަންގެ މެދުތެރެއިން ޓީމަކާ ހަވާލުވެ ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ގެނެސްގެން ޓާގެޓަކަށް ވާސިލްވުމަކީ ފުޓްބޯޅައިގެ އެންމެ އުނދަގޫ އެއް މަސައްކަތެވެ. އަމުދުން ނިޒާމްބެ އަށް ޓީސީގައި އެ ފަދަ ކަމެއް ކުރަން އެކި ހުރަސްތައް ކުރިމަތިވި އެވެ. ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ އެ ޓީމާ ހަވާލުވި ފަހުން މެޗެއް ނުކުޅެ ދެ މަހެއްހާ ދުވަހުގެ ބްރޭކެއް ފުޓްބޯޅަ އަށް އައުމާ ގުޅިގެންނެވެ. އެއީ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް ގިނަވާތީ ލީގު ހުއްޓާލާފައި އޮތް މުއްދަތެވެ.

އީގަލްސްގައި މި ވަގުތު ހުރި ކޯޗަކީ މި ސީޒަނުގައި ޓީސީ އަށް އެންމެ ފުރަތަމަ ކޯޗުކޮށްދިން މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ނިޒާމްބެ ބުނީ ޝާޒް އަށް ޓީސީ އެނގުމުގެ އެޑްވާންޓޭޖެއް އޮތްކަމަށް ނުދެކޭ ކަމަށާއި ސަބަބަކީ މިހާރު އެ ޓީމުގެ ކުޅުން ބަދަލުވެފައިވުން ކަމަށެވެ.

"ތެދުތެދަށް ބުނާކަމަށްވަންޏާ އޭރު މި ޓީމު ހުރި އެއްވެސް އެއްޗެއް މި ޓީމުގައި ނެތޭ ބުނުން ހަމަ ރަނގަޅުވާނީ. އޭރު ކުޅެމުން އައި ގޮތަކަށް ނޫން މިހާރު ކުޅެން މަސައްކަތްކުރަނީކީ ވެސް. އޭރުގެ ސްޓާޓިން އިލެވެން (ފުރަތަަމަ އެގާރަ) އެއް ވެސް ނޫން މިހާރު ގިނަ މެޗުތަކުގައި ފެނިގެންދަނީ. އެ ގޮތަށް ބަލާއިރު ނުބުނާނަން (އެޑްވާންޓޭޖެއް އެބައޮތޭ). އެކަމަކު މީގެ ތެރޭގައި ތިބި ސީނިއާ ޕްލޭޔަރުންނަކީ ވެސް އެހެން ޓީމުތަކުގައި ތިބި ސީނިއާ ޕްލޭޔަރުން. އެ ގޮތަށް ރީޑް ކޮށްލަން ފަސޭހަވާނެ އެ ކުޅުންތެރިން،" ނިޒާމްބެ ބުންޏެވެ.

އެންމެ ފަހުން ޓީސީ ކުޅުނު މެޗުން މާޒިޔާ އަތުން ބަލިވިއިރު، އޭގެ ކުރިން ދެ މެޗުން ވަނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުކުރުމުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފަ އެވެ.

ނިޒާމްބެ ބުނީ މެޗަކަށް ފަހު މެޗެއް ޓީސީން ރަނގަޅުކުރަމުން އަންނަ ކަމަށާއި ކުރިއަށް މި އޮތް އީގަލްސް މެޗަކީ ޓީސީގެ ކުޅުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއްގެ ފެށުން ފެންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ކުޅުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރަނީ. ޓީމަށް ހަވާލުވިއްސުރެ ވެސް އެ އަށް މަސައްކަތް މިކުރަނީ. މި ހަފްތާގައި މި ބަލަނީ ވަރަށް ބޮޑު ކުރިއެރުމެއް ފެނިގެންދާނެ ކަމަށް. ޓީމާ ހަވާލުވެ މިހާތަނަށް ކުރެވުނު މަސައްކަތުން މި ހަފްތާގެ ނަތީޖާ ތަންކޮޅެއް ފޮނިކަމަށް ހަަމަ އުއްމީދުކުރެވޭތީ މި ބުނެލީ ޓީމުގެ ވައްޓަފާޅި ހަމަ ވަރަށް ބޮޑަށް މައްޗަށް ލެވިގެންދިޔަ ކަމަށް އުއްމީދުކުރަނީ،" ނިޒާމްބެ ބުންޏެވެ.

ޓީސީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox