މަންދު ކޮލެޖަށް ބަދަލުދޭތީ އެމްޑީޕީ ތެރޭގައި ނުރުހުން

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އަދި އެމްޕީ އިމްތިޔާޒު ފަހުމީ: ދެ ބޭފުޅުން ވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ޓްވީޓް ކުރެއްވި -- ފޮޓޯ: ޓްވިޓާ/އަލީއާޒިމް

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އަދި އެމްޕީ އިމްތިޔާޒު ފަހުމީ: ދެ ބޭފުޅުން ވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ޓްވީޓް ކުރެއްވި -- ފޮޓޯ: ޓްވިޓާ/އަލީއާޒިމް

މަންދު ކޮލެޖް އިމާރާތް ކުއްލި ގޮތަކަށް ބަންދުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމުމުން ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން ސަރުކާރަށާއި ބަންޑާރަނައިބަށް އަމާޒުކޮށްފި އެވެ.

މި އިމާރާތުގައި ކޮލެޖެއް ހިންގަން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މާލެ ދާއިރާގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ، މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން 2015 ވަނަ ބާތިލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

މި މައްސަލަ މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅުމުން ސަރުކާރާ އެއްކޮޅަށް ނިންމި ނަމަވެސް، ހައި ކޯޓުން އެ ހުކުމް ބާތިލް ކުރި އެވެ. އަދި މި އަހަރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ.

Advertisement

މަންދު ކޮލެޖު މައްސަލައިގައި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ "ރައްޔިތުން މީހާގެ އަންގަޔާ އަތާ ދިމާ ނުވޭ. ބޮޑުންނަށް މިލިއަނުން ފައިސާ" ކަމަށެވެ.

މިފަހުން އާޒިމް އަންނަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ސަރުކާރަށާއި ވަޒީރުންނަށް އަމާޒުކޮށް ފާޑު ވިދާޅުވަމުންނެވެ.

މަންދުއަށް ބަދަލު ދިނުމުން ނުރުހުން ފާޅުކޮށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓްވީޓުގައި، ރައީސް އޮފީހާއި ބަންޑާރި ނައިބު ޓެގު ކުރައްވާ ވިދާޅުވީ "އާދައިގެ މުސާރަކޮޅެއްގައި ވަޒީފާގައި އުޅޭ މީހަކު ވަޒީފާއިން ކަނޑައިލީ ސީދާ ޤާނޫނާ ޚިލާފަށްކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީމާ ވެސް 1 އަހަރަށްވާ މުސާރަކޮޅު އެކަނި ދިނުމަށް ވެސް ދައުލަތަށް ބޮޑު ބުރަޔަކަށް ވެގެން އުޅެނީ ދެން ކީއްވެތޯ؟" އެވެ.

ދައުލަތާ މަންދު ކޮލެޖޭ ދެމެދު އެއްބަސްވުމަކަށް އާދެވުނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ތެރެއިންނެވެ. މަންދު ކޮލެޖުން މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ، ކޮލެޖު ހިންގަމުން ދިޔަ އިމާރާތް އަތުލި މައްސަލައިގައި ބަދަލު ނަގައިދޭން ވަކިން ހުށައެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

މަންދު ކޮލެޖުން ފުރަތަމަ ހުށައެޅީ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ސަރުކާރުން 15 މިލިއަން ރުފިޔާ ހުށައެޅުމުން އެގޮތަށް އެއްބަސްވީ އެވެ.

ދެ ފަރާތުން އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ އެގޮތަށް މައްސަލައިގައި ގޮތް ނިންމާފަ އެވެ. އަދި، މަސް ދުވަހުގެ ތެރޭގައި މި 15 މިލިއަން ރުފިޔާ މަންދު ކޮލެޖު ހިންގާ ކުންފުންޏަށް ދިނުމަށް ހުކުމް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox