އަހަރު ނިމޭއިރު 4.4 ބިލިއަން ރުފިޔާގެ އޯވާޑްރޯ އަދާކޮށް ނިމޭނެ ކަމުގެ ޔަގީންކަންދީފި

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ މި އަހަރުގެ ނިޔަލަށް އަދާކޮށް ނިމޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

އެ ހުއްދަ ދިނުމުގެ ކުރިން، ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ދެނެގަތުމަށް މަޖިލީހުން ވަނީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފަ އެވެ.

މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށްފައިވާއިރު، މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށްވާއިރު، އެ ހާލަތު އަދި ދެމި އެބައޮތް ކަމަށެވެ.

އަދި އިގުތިސާދު ދެމެހެއްޓުމަށް ވިޔަފާރިތަކަށާއި ފަރުދުންނަށް ދޭން ޖެހޭ ސަޕޯޓް ދިނުން ހުއްޓައިލަން ރަނގަަޅު ވަގުތެއް ނޫން ކަން އަމީރު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ އިގްތިސޯދު ރަނގަޅު ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށާއި، ކޮވިޑު އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހަމައާ ދާދި ގާތަށް މި އަހަރު ދެވޭނެ ކަމަށެވެ.

އޯޑީގެ މުއްދަތު އިތުރުކޮށްގެން ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓު މަތިވެދާނެ ކަމަށް ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، އަމީރު ވިދާޅުވީ ކޮވިޑުގެ ތެރެއިން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން ރެޓް މިވަގުތު ހުރީ މައިނަސްގައި ކަމަށެވެ.

އެހެންކަމުން، އެ މުއްދަތު އިތުރުކޮށްގެން އަގުތައް މަތިވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ، ސަރުކާރުން އަމިއްލަ ފަރާތްތައް މެދުވެރިކޮށް ކޮށްފައިވާ އެކި އެކި މަސައްކަތްތަކުގެ ބިލުތަކަށް ފައިސާ ދެއްކުން، މި ހާލަތުގައި ފަސް ކުރެވެން ނޯންނާނެ ކަމަށެވެ.

އެ ފައިސާ ލަސްނުކޮށް ދައްކައިގެން، އިގުތިސޯދު ތެރޭގައި ފައިސާ ދައުރުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަޕޯޓު ދިނުމުގައި ފަހަތަށް ޖެހޭކަށް ނުޖެހޭ. މިވަގުތު ފަހަތަށް ޖެހިއްޖެނަމަ އިގުތިސޯދަށްވާ ގެއްލުން މާބޮޑުވާނެ،" ސަރުވާޝް ވިދާޅުވި އެވެ.

އޮޓަމެޓިކުން ދަރަނި އަދާވަމުންދާނެ

މެމްބަރުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް ދިނުމުން، މިހާރު ހުއްދަ ދީފައިވާ 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އޯވާޑްރޯކޮށްފާނެ ކަމާމެދު އެވެ.

އަދި ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު، އެ އަނބުރާ އަދާ ކުރެވޭނެ ގޮތްތަކާ މެދު ވެސް މެމްބަރުންގެ ގިނަ ސުވާލުތައް އަމާޒުވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ އޯވާޑްރޯ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެކަމަށް މަރުކަޒީ ބޭންކުން ޖާގަ ނުދޭނެ އިރު، އެކަން ކުރަން މިނިސްޓްރީން ވެސް ގަސްދު ނުކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފައިސާ އަނބުރާ ދެއްކުމާ ގުޅޭގޮތުން އަމީރު ވިދާޅުވީ، ކުރިން ލަފާ ކުރެވުނު މިންވަރަށް ވުރެ އިތުރަށް ޓެކްސް އާމްދަނީ ވެސް ލިބެމުން އަންނައިރު، އެމްއެމްއޭއިން ނަގާ ދަރަނި އޮޓަމެޓިކުން އަދާވަމުންދާނެ ކަމަށެވެ.

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް
އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

"މިސާލަކަށް މިއަދާ ހަމައަށް ނެގިފައި މިއޮތީ ތިން ބިލިއަން ރުފިޔާ. ދެން މަސް ނިމޭއިރު ޓެކްސްގެ ގޮތުގައި މި ލިބެނީ އެއް ބިލިއަން ރުފިޔާ. އޭގެ މާނައަކީ އެ އާމްދަނީ ޕަބްލިކް އެކައުންޓަށް ޖަމާވާއިރަށް، ބާކީ އޮންނާނީ ދެ ބިލިއަން ރުފިޔާއޭ. އެހެންވީމާ އާމްދަނީ ލިބެމުންދާ ވަރަކަށް އެ ފައިސާ އޮޓަމެޓިކުން އަދާވަމުންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަންދާޒާތަކަށް ވުރެ އިތުރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުންދާއިރު، ކޮވިޑުގެ ކުރިން އިގުތިސޯދު އޮތް ހާލަތަށް އެނބުރި ދާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ލަފާކޮށްފައިވާއިރު، އޯވާޑްރޯ ކުރި އަދަދު މިއަހަރުގެ ނިޔަލަށް އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އެ ފައިސާ ލިބޭ އާމްދަނީން ކެނޑެމުން ގޮސް، އަހަރު ނިމޭއިރު އެ މުޅިން ޒީރޯއަށް ހެދޭނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

އޯވާޑްރޯގައި އިންޓަރެސްޓް ހިމެނުމާ ދެކޮޅު

އެމްއެމްއޭ އިން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ސަރުކާރަށް އިތުރު ބާރެއް ހިމެނުމުގެ ގޮތުން، އޯވާޑްރޯ ކުރާ އަދަދުގައި އިންޓަރެސްޓެއް ނުވަތަ ފައިނޭންސިން ކޮސްޓެއް ކަންޑައެޅުމަށް ބައެއް މެމްބަރުން ފާޅުކުރެއްވި ހިޔާލުތަކަށް މިނިސްޓަރު ވަނީ ރައްދު ދެއްވައިފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި، ސިއްހީ ކާރިސާއެއްގެ ތެރެއިން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަނީ އިތުރު ގޮތެއް ނެތިގެން ކަމަށާއި، އެ ހާލަތުގައި އެ ނަގާ ފައިސާއަކަށް އިންޓަރެސްޓް ޗާޖު ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

ފިނޭންސް މިނިސްޓަރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލް ކޮމެޓީ އަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އަދި ކޮމިޓީގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމައި، ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ސުންގަނޑި ކަނޑައަޅައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެ ނަމަ އާއްމުކޮށް މަޖިލިސް ބާއްވާ ދުވަހެއް ނޫން ނަމަވެސް، މާދަމާ ޖަލްސާއެއް ބާއްވައި، މައްސަލަ ނިންމަވާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox