އެމެރިކާއިން ބާއްވާ މޫސުމީ ބަދަލާ ގުޅޭ ބައްދަލުވުމުގައި ޗައިނާގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ

ޗައިނާގެ ރައީސް ޝީ ޖިންޕިން-- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ރައީސް ޝީ ޖިންޕިން-- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސް ނަންގަވައިގެން މި ހަފްތާގައި ވާޗުއަލަކޮށް ބާއްވާ ދުނިޔޭގެ ލީޑަރުންގެ ކްލައިމެޓް ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ބައިޑެންގެ މި ބައްދަލުވުމަށް ދުނިޔޭގެ 40 ލީޑަރުންނަށް ވަނީ ދައުވަތު އަރުވާފަ އެވެ. އޭގެ ތެރޭގައި ޖިންޕިންގެ އިތުރުން ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ހިމެނިވަޑައިގަންނަވަ އެވެ. މި ބައްދަލުވުން ފަށާނީ ބައިނަލްއަގްވާމީ ދުނިޔޭގެ ދުވަސް ފާހަގަކުރާ ބުރާސްފަތު ދުވަހު އެވެ.

މި ބައްދަލުވުން ވެގެން ދާނީ ބައިޑެން ރައީސްކަމަށް ވަޑައިގެންނެވި ފަހު އެމަނިކުފާނާއި ޖިންޕިންގެ ފުރަތަމަ ބައްދަލުވުމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ބައްދަލުވުމުގައި ޖިންޕިންގެ ހާއްސަ ބަޔާނެއް އިއްވަވާނެ ކަމަށެވެ.

ބައިޑެންގެ ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގެންނެވި މޫސުމީ ކަންކަމާ ގުޅޭ މަންދޫބު ޖޯން ކެރީ މިދިޔަ ހަފްތާގައި ވަނީ މި ބައްދަލުވުމާ ގުޅޭ ގޮތުން ޗައިނާއާ މަޝްވަރާ ވެސް ކުރައްވާފަ އެވެ.

ޗައިނާގެ ކްލައިމެޓް މަންދޫބު ޝީ ޒެންހުއާ އާއި ކެރީ ޝަންހާއީގައި ބައްދަލުކުރެއްވުމަށް ފަހު ދެ ގައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރަން ޗައިނާ އާއި އެމެރިކާ އެކުގައި އެހެން ގައުމުތަކާ އެކު މަސައްކަތް ކުރަން އެއްބަސްވާ ކަމަށެވެ.

"އެމެރިކާ އާއި ޗައިނާއިން މި އޮތީ އެކުގައި އެހެން ގައުމުތަކާ އެކު މޫސުމީ ކާރިސާ ހައްލު ކުރަން މަސައްކަތް ކުރަން ތައްޔާރަށް. މިއީ ސީރިއަސްކަމާ އެކު ހަލުވި ދުވެލީގައި ކުރަން ޖެހޭ މަސައްކަތެއް،" ދެ ގައުމުގެ ޖޮއިންޓް ބަޔާނުގައި ވެއެވެ.

މޫސުމަށް އަންނަ ބަދަލު ކުޑަ ކުރަން ޗައިނާ އާއި އެމެރިކާ އެއް ގަލަކަށް އެރި ނަމަވެސް ބައެއް އެހެން މައްސަލަތަކުގައި ދެ ގައުމުގެ ހިޔާލު ތަފާތުވުން ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ހޮންކޮންގެ ޑިމޮކްރަސީގެ މައްސަލަ އާއި ޓައިވާނަށް އަތްގަދަ ކުރަން އުޅޭ ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox