ސުޕަ ލީގު ނުހުއްޓުވޭނެ ކަމަށް ބުނެ މެޑްރިޑް ކޯޓަކުން އަމުރެއް ނެރެފި

Apr 20, 2021, 5:49 PM
ރެެއާލް މެޗެއްގެ ތެރެއިން އެ ޓީމުގެ ފޯވާޑް ކަރިމް ބެންޒެމާ.-- ފޮޓޯ: އޭއެފްޕީ

ރެެއާލް މެޗެއްގެ ތެރެއިން އެ ޓީމުގެ ފޯވާޑް ކަރިމް ބެންޒެމާ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 20) - ޔޫރަޕްގެ ބާރުގަދަ ކްލަބްތަކާ އެކު އެމެރިކާ އިންވެސްޓަރުންގެ ފައިސާގައި ފަށަން މަސައްކަތްކުރަމުން އަންނަ ޔޫރަޕިއަން ސުޕަ ލީގު ހުއްޓުވޭނެ ގާނޫނީ ހަމައެއް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ނެތް ކަމަށް ބުނެ މެޑްރިޑް ކޯޓަކުން މިއަދު އަމުރެއް ނެރެފި އެވެ.

ޔުއެފާ އާއި ފީފާގެ ގިނަ އިންޒާރުތަކާއި ފިންތުންތައް ކުރިމަތިވި ނަމަވެސް ސުޕަ ލީގު ކުރިއަށް ގެންދިއުމުގެ މަސައްކަތް ބައެއް ކްލަބްތަކުން ހުއްޓައެއްނުލަ އެވެ. ސުޕަ ލީގުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ އެ ލީގުގެ ފައުންޑަ ކްލަބެއްގެ ގޮތުގައި އޮތް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ޕެރޭޒް އަކީ ސުޕަ ލީގުގެ ޗެއާމަން އެވެ.

ރެއާލްގެ އިތުރުން ދެން މި ވަގުތު ފައުންޑަ ކްލަބްތަކުގެ ތެރޭގައި އޮތީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާސް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ. އިތުރު ތިން ފައުންޑާ ކްލަބް ވަރަށް އަވަހަށް ގުޅޭނެ ކަމަށް ސުޕަ ލީގުން ބުނެ އެވެ.

Advertisement

މެޑްރިޑްގައި ހުންނަ ސްޕެނިޝް ކޮމާޝަލް ކޯޓުން މިއަދު އެންގީ ސުޕަ ލީގުގެ ހުރިހާ ކަމެއް ނުނިމެނިސް އެ ލީގު ހުއްޓުވޭނެ ގާނޫނީ ހަމައެއް ކަމަށެވެ. ކޯޓުން އެ އަމުރު ނެރުނީ ސުޕަ ލީގުގެ މަސައްކަތް ނުހުއްޓޭނެ ކަމަށް ވިދާޅުވެ، ރެއާލްގެ ރައީސް ޕެރޭޒް ސްޕެއިނުގެ ނޫހަކަށް އިންޓަވިއުއެއް ދެއްވިތާ މާ ގިނައިރެއް ނުވަނީހެވެ.

ކުޅިވަރުގެ ކަންކަމުގައި އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކުން އާންމުކޮށް ގާނޫނީ ގޮތުން އަމަލުކުރާނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ދޭ ލަފާގެ މަތިންނެވެ.

ޕެރޭޒް ވިދާޅުވީ މި ފަހަރުގެ ޗެމްޕިއަންސް ލީގުން ސުޕަ ލީގުގެ ކްލަބްތައް ވަކިނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ސުޕަ ލީގުގެ ކްލަބްތަކުގެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓުވޭނެ ގޮތެއް ޔުއެފާ އަށް ނުހެދޭނެ ކަމަށެވެ. ޕެރޭޒްގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި ހެދުނު ގޯސްތައް އިސްލާހުކޮށް ސުޕަ ލީގުގެ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުން ބުއްދިވެރިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޕެނިޝް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތައް މި ވަގުތު ސުޕަ ލީގުގައި އޮތްއިރު، އެ ކްލަބްތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް އެ ގައުމުތަކުގެ ލީގުތަކުގެ ބޯޑުން އަންނަނީ މަޝްވަރާކުރަމުންނެވެ. ޕްރިމިއާ ލީގުން ސުޕަ ލީގުުގައި ބައިވެރިވި ހަ ކްލަބް ނޫން ދެން އޮތް 14 ކްލަބާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އެ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ދިރާސާކޮށް ނިންމުމަށް ފަހު ސުޕަ ލީގާ ދެކޮޅަށް ވަރަށް އަވަސް ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ޕްރިމިއާ ލީގުން ސުޕަ ލީގާ މެދު އަޅާފިޔަވަޅު ބެލުމަށް ފަހު އިނގިރޭސި ސަރުކާރުން ވެސް ވަކި ގޮތްތަކެއް ނިންމާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މިއަދު ވިދާޅުވެފަ އެވެ.

ޖަރުމަނާއި ފްރާންސްގެ އެއްވެސް ކްލަބެއް އަދި ސުޕަ ލީގުގައި ނެތެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއި ޑޯޓްމަންޑުން ސުޕަ ލީގުގައި ބައިވެރިވުމުގެ ހިޔާލެއް ނެތްކަމަށާއި އެ ދެ ކްލަބުން ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި ކުޅެން ކަަމަށް ހާމަކޮށް، އެ ދެ ޓީމުން ވަނީ ބަޔާނެއް ނެރެފަ އެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ ޔުއެފާ އިން 2024 ގައި ފަށަން ނިންމާފައިވާ އާ ފޯމެޓްގެ ޗެމްޕިއަންސް ލީގު ކާމިޔާބުވާނެ ކަމާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ސުޕަ ލީގާ ނުގުޅި އޮތް ސަބަބަކީ އަންނަ އަހަރު ގަތަރުގައި ބާއްވަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕްގެ ދިފާއުގަ އެވެ. ހެއްލާފީ އަކީ ގަތަރު ވޯލްޑް ކަޕް ކޮމިޓީގެ މެމްބަރެެކެވެ.

ޔުއެފާގެ އޮފިޝަލަކު ސްވިޒަލެންޑް ޓީވީ އަކަށް މިއަދު ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅައިގެ ހަމަތަކާ ސުޕަ ލީގު މުޅިން ހިލާފު ކަމަށެވެ. އަދި ފައުންޑާ މެމްބަރުން ރެލިގޭޓްނުވާގޮތަށް ލީގެއް ރޭވުން އެއީ ސަޕޯޓަރުން ބަލައިގަންނާނެ ކަމެއް ނޫން ކަން އެ އޮފިޝަލް ފާހަގަކުރި އެވެ.

ސުޕަ ލީގުގެ އެންމެ ބޮޑު މައްސަލަ އަކީ ދުނިޔޭގެ ފުޓްބޯޯޅައިގެ ބޮޑު ހަބެއް ކަމަށްވާ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ ބާރު އެމެރިކާގެ އިންވެސްޓަރުންތަކަށް ދީފިނަމަ އެ ހުޅުވެނީ ނުބައި ދޮރެއް ކަމަށް ވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. އަދި ސުޕަ ލީގަށް މި ކަން ކާމިޔާބުވެއްޖެނަމަ ކުރިއަށް އޮތްތަނުގައި އެކި ވިޔަފާރިތަކުން އެކި ބައްރުތަކުގެ ފުޓްބޯޅައިގައި ވަކި ލީގުތަކެއް ރާވަން ފެށުމުގެ ބިރު ބޮޑުކަން ޔުއެފާ އިން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox