ރާއްޖޭގެ ޓީޓީ ކުރިއަރުވަން އިންޑިއާގެ އެހީ ހޯދަނީ

Apr 20, 2021, 11:43 AM
ޓީޓީ އެސޯސިއޭޝަނާއި ޔޫތު މިނިސްޓަރު އަދި އިންޑިއާގެ ޓީޓީ ފެޑެރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ޓީޓީ އެސޯސިއޭޝަނާއި ޔޫތު މިނިސްޓަރު އަދި އިންޑިއާގެ ޓީޓީ ފެޑެރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅިވަރު ކަމަށްވާ ޓޭބަލް ޓެނިސް ކުރިއަރުވަން އިންޑިއާގެ ޓީޓީ ފެޑެރޭޝަނާ އެކު ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަޝްވަރާކުރައްވައިފި އެވެ.

އިންޑިއާގެ ޓީޓީ ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާއާ އެކު މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފާއި އެ މިނިސްޓްރީގެ އިސް ވެރިންގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްުޔަ) އަދި އެ އެސޯސިއޭޝަންގެ އިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. .

މި ބައްދަލުކުރެއްވުމުގައި މުޅި ރާއްޖެއަށް އިންޑިއާގެ އެހީތެރިކަމާއެކު ޓީޓީ ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެއީ މިދިޔަ އަހަރު ޓީޓީ އިންތިހާބު ކާމިޔާބުކުރި ލީޑަޝިޕުން ވެސް ކުރަން އަމާޒުހިފާފައިވާ ކަމެކެވެ.

މީގެ އިތުރުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޔޫތު ޓުއާ އާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕާއި ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. މިއީ އިންޑިއާގެ ޓީޓީ ފެޑެރޭޝަނަކުން ގައުމަކާ އެކު މިފަދަ މަސައްކަތްތަކެއް ކުރާ ފުރަތަމަ ފަހަރު ކަމަށް އެ ފެޑެރޭޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވީޑިއޯ ކޯލް މެދުވެރިކޮށް ކޮމަންވެލްތު ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް އަދި ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ސްޓެގް ގެ ޗެއާމަން ވިވެކް ކޯލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހުނަރު ޒުވާން ކުޅުންތެރިންނާ އެކު ޓީޓީ ވަނީ މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ރާއްޖެ އަށް ތާރީހީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ގިނަ މެޑަލްތަކެއް ހޯދައި އެ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ކުރިއެރުން ހޯދި އެވެ. ރާއްޖޭގެ ޓީޓީގައި އެންމެ ވިދަމުން އަންނަ ދެ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް އެވެ. މީގެ ތެރެއިން ދީމާ ދާދި ފަހުން ވަނީ ދުނިޔޭގެ ޔޫތު ރޭންކިންގެ އަންހެން 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ކެޓަގަރީގެ އަށް ވަނަ އަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox