ރެއާލް މޮޅުނުވުމުގެ ފައިދާ އެތުލެޓިކޯ އަށް

Apr 18, 2021, 9:32 PM
އެތުލެޓިކޯގެ ކަރަސްކޯ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯގެ ކަރަސްކޯ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 19) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން މިރޭ 5-0 އިން އެއިބާ ބަލިކުރިއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުޅުނު މެޗުން ރަށުންބޭރުގައި ލަނޑެއް ނުޖެހި ގެޓަފޭއާ އެއްވަރުވެއްޖެ އެވެ.

އެތުލެޓިކޯ މިރޭ ފުރަތަމަ ކުޅެ މޮޅުވިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 31 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ރެއާލަށް މިރޭގެ މެޗުން މޮޅުވެގެން އެތުލެޓިކޯއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވެން އޮތެވެ. އެކަމަކު ރެއާލް އެއްވަރުވުމުން އެތުލެޓިކޯ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބުނީ އެވެ. ލީގުގެ ރޭހުގައި އޮތް ބާސެލޯނާ ތިން ވަނައިގައި އޮތީ 30 މެޗުން 65 ޕޮއިންޓާ އެކު އެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުތައް ޖެހީ އެންހެލް ކޮރޭއާ އާއި މާކޯސް ލޮރެންޓޭ ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ޔަނިކް ކަރާސްކޯ އެވެ. އަނިޔާގެ ސަބަބުން އެތުލެޓިކޯގެ ލުއިސް ސުއަރޭޒާއި ޔައޯ ފެލިކްސް ހުރީ ކުޅުމާ ދުރުގަ އެވެ.

މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ލީގުގެ ފަހު ހަތް މެޗަށްދާއިރު ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއްގައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި އެކަމަކު އެއްވެސް މެޗެއް ދެން ފަސޭހަކޮށްލެވެން ނެތްކަން ކުުޅުންތެރިންނަށް ވިސްނައިދެމުން އަންނަ ކަމަށް ސިމިއޯނީ ބުންޏެވެ.

ގެޓަފޭ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ބަލިނުވެ ސަލާމަތްކޮށްދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު ތިބައު ކޯޓުއާ އިސްދައުރެއް އަދާކުރި އެވެ. މި މެޗުގައި ރެއާލްގެ ކުރިއަށް ކުޅުނު މާކޯ އަސެންސިއޯ އާއި މަރިއާނޯ ޑިއާޒް އަދި ވިނީޝިއުސް ޖޫނިއާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވި އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މުހިއްމު ގިނަ ކުޅުންތެރިން ނުލައި ކުޅެން ޖެހުމުގެ ޝަކުވާކުރަން ބޭނުންނުވާ ކަމަށާއި މެޗުން މޮޅުވެވޭވަރުގެ ކުޅުމެއް ނުދެއްކުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox