ބަޔާން ލީގާ ގާތަށް، ކޯޗު ފްލިކް ޓީމު ދޫކޮށްލާނެކަން އިއުލާނުކޮށްފި

Apr 17, 2021, 8:59 PM
ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޭޕްރީލް 18) - ޖަރުމަނު ލީގުގައި މިރޭ ވުލްފްސްބާގް ދަނޑުގައި އެ ޓީމު އަތުން 3-2 އިން މޮޅުވެ ބަޔާން މިއުނިކުން ޖަރުމަނު ލީގު ހޯދުމާ ގާތަށް ޖެހިލިއިރު، ބަޔާންގެ ކޯޗު ހަންސީ ފްލިކް މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 56 އަހަރުގެ ފްލިކް ނިންމާފައިވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ގައުމީ ޓީމާ ހަވާލުވާށެވެ. އެކަމަކު ފްލިކް ވަނީ ޖަރުމަނު ޓީމާ ހަވާލުވާން އެއްބަސްވުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

"މި ވަގުތަށް އަހަރެން ނިންމާފައިވަނީ ބަޔާނާ އެކު އަހަރެން ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން އުވާލަން. އަދި އަހަރެންގެ މުސްތަގުބަލާ ބެހޭގޮތުން އަދި ފައިނަލް ގޮތެއް ނުނިންމަން. ތެދެއް. ޖަރުމަނު ކޯޗުކަމަކީ ވެސް އޮތް އޮޕްޝަނެއް،" ސްކައި ޖާމަނީ އަށް ދިން އިންޓަވިއުއެއްގައި ފްލިކް ބުންޏެވެ.

ޖަރުމަނު ކޯޗަކަށް މި ވަގުތު ހުރި ޔަކީމް ލޯ 14 އަހަރަށް ފަހު އެ ޓީމު ދޫކޮށްލާނީ ޔޫރޯ އަށް ފަހު އެވެ. ލޯގެ އެސިސްޓަންޓަކަށް ފްލިކް މަސައްކަތްކުރި އެވެ. ބްރެޒިލްގައި 2014 ވަަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރުމުގެ ފަހަތުގައި ތިބީ ލޯ އާއި ފްލިކް އެވެ.

ބަޔާންގެ ކޯޗު ފްލިކް: މި ސީޒަނަށް ފަހު އޭނާ ޓީމު ދޫކޮށްލާނެ
ބަޔާންގެ ކޯޗު ފްލިކް: މި ސީޒަނަށް ފަހު އޭނާ ޓީމު ދޫކޮށްލާނެ

ބަޔާންގެ ކޯޗު ފްލިކް: މި ސީޒަނަށް ފަހު އޭނާ ޓީމު ދޫކޮށްލާނެ

ފްލިކްގެ ބަދަލުގައި ބަޔާނުން ގެންނަން ނިންމާފައިވަނީ މި ވަގުތު ޖަރުމަނު ލީގުގެ ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގުގައި ހުރި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން އެވެ. ލައިޕްޒިގާ ނާގަލްސްމަން ހަވާލުވީ 2019 ވަނަ އަހަރު އެވެ. މި ފަހަރު ވާދަކުރަމުން އަންނަ ލައިޕްޒިގު ވަނީ ހުކުރު ދުވަހުގެރޭ ނާގަލްސްމަންގެ ކުރީގެ ޓީމު ހޮފެންހައިމާ 0-0 އިން އެއްވަރުވެފަ އެވެ. އެ ނަތީޖާއާ އެކު ލައިޕްޒިގަށް ލީގުގެ ރޭހުގައި މައްސަލަތައް ކުރިމަތިވެ، ބަޔާނަށް ލީގުގެ ކުރީގައި ލީޑު ނެގުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ފުރުސަތުގެ ބޭނުންހިފައި މިރޭ ވުލްފްސްބާގް ބަލިކޮށް ލީގުގެ ބާކީ ފަސް މެޗަށް ދާއިރު، ބަޔާނުން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ބަޔާނަށް 29 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގުގެ އޮތީ 29 މެޗުން 61 ޕޮއިންޓެވެ.

ވުލްފްސްބާގް ކޮޅަށް ބަޔާންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ދާދި ފަހުން އިންގްލެންޑް ދޫކޮށް ޖަރުމަނު ގައުމީ ޓީމަށް ކުޅެން ނިންމި 18 އަހަރުގެ ޖަމާލް މުސިއާލާ އެވެ. ބަޔާންގެ އަނެއް ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރު ހުރުމުން މި ވަގުތު ބަޔާންގެ އެޓޭކް ލީޑުކުރަމުން އަންނަ ފޯވާޑް އެރިކް މެކްސިމް ޗޮޕޫ މޯޓިން އެވެ. ވުލްފްސްބާގްގެ ދެ ގޯލު ޖެހީ ވޫޓް ވޭގްހޯސްޓާއި މެކްސިމިލިއަން ފިލިޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox