2000 ޑޮލަރު ދީފައި ގެންނަ ކުޅުންތެރިޔާ އަށް ތަފާތެއް ނުދެއްކެންޏާ ބޭނުމެއް ނެތް: ސާންތީ

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ).-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ).-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭގެ ކްލަބްތަކަށް ގެންނަ ގިނަ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަން ނުކޮށް، އާންމު ގޮތެއްގައި 2000 ޑޮލަރު ދީފައި ބަހައްޓާ ބިދޭސީ ކުޅުންތެރިންނަަށް ތަފާތު ނުދެއްކޭ ކަމަށްވަންޏާ އޭގެ ބޭނުމެއް ނެތް ކަމަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

މި ފަހަރު ލީގުގެ މެދުތެރެއިން ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވި ސާންތީ މިދިިޔަ މަހުގެ ޓްރާންސްފާ މާކެޓް އައުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކި އެއް ވާހަކަ އަކީ އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށް ވާހަކަ އެވެ. އޭރު ސާންތީގެ ވާހަކަ ހުރި ގޮތުން ބެލެވުނީ މިިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ވިކްޓްރީން ހަތަރު ބިދޭސީ ކުޅުންތެރިން ވެސް ބަދަލުކުރާނެ ކަމަށެވެ.

އެކަމަކު ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު ސާންތީ ނިންމީ މި ސީޒަނުގައި އެ ތިބި ބިދޭސީ ކުޅުންތެރިންނާ އެކު ކުރިއަށްދާށެވެ.

ލީގުގައި މާދަމާރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުނީ ބިދޭސީ އާ ކުޅުންތެރިން ނުގެނައީ މި ދަނޑިވަޅުގައި ބޭނުންނުވާ ރިސްކުތަކެއް ނަގަން ބޭނުންނުވާތީ ކަމަށެވެ.

ސާންތީ ބުނީ މީހަކު ފޮނުވާ ވީޑިއޯ އެއް ބަލައިގެން ކުޅުންތެރިން ގެނެސްގެން އެ ރިސްކު ނަގަށް ބޭނުންނުވާ ކަމަށެވެ. އެގޮތުން އޭނާ އަށް ގޮތް ނޭނގޭ ކުޅުންތެރިއަކު ވީޑިއޯ ބަލައިގެން ގެންނަން ބޭނުމެއް ނުވީ އެ ކުޅުންތެރިއަކު ގެނެސްގެން އަނެއްކާ ވެސް އިތުރު ބޭކާރު ހަރަދެއްކުރަން ބޭނުންނުވާތީ ކަމަށް ސާންތީ ބުންޏެވެ.

"އަޅުގަނޑުމެންގެ ވިސްނުން މި ހުންނަ ގޮތަކީ ވީޑިއޯ އަކީ ވެސް އަޅުގަނޑަށް ތަންކޮޅެއް އުނދަގޫ އެއްޗެއް ބައެއް ފަހަރު ގަބޫލުކުރަން ވެސް. މިހެން (ވީޑިއޯ ބަލައިގެން ކުޅުންތެރިން) ގެންނައިރުގައި ވަރަށް އާދައިގެ ޕްލޭޔަރުން ވެސް އެބަހުރި ވީޑިއޯ އަށް ބަލައިގެން ގެނެސްފައި. އެހެންވެ އެ ރިސްކު ނުނެގީ އަޅުގަނޑު،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ރަނގަޅު ބިދޭސީ ކުޅުންތެރިން ލިބޭނީ ބަޖެޓް ވެސް ލިިބިގެން ކަމަށެވެ. ބަޖެޓުގެ ދަތިތަކާ ގުޅިގެން ދައްކާ އެ ވާހަކަތަކަށް ތާއީދުކުރާ ކަމަށާއި އެކަމަކު ރަނގަޅަށް ސްކައުޓް ކުރެވިގެން ރަނގަޅު އެޖެންޓުން ތަކެއް ލިބިއްޖިއްޔާ ކުޑަ ބަޖެޓެއްގައި ވެސް ރަނގަޅު ކުޅުންތެރިން ލިބިދާނެ ކަމަށް ސާންތީ ގަބޫލުކުރެ އެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅަ އަށް ބަލާއިރު ލީގެއް ވަރުގަދަވަނީ އޭގެ ކުޅޭ ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅުވުމުން ކަން ޕްރިމިއާ ލީގު ފަދަ މުބާރާތްތަކުން އެ ހުރީ ހެކި ފެންނަން ކަމަށް ސާންތީ ބުންޏެވެ. މި ވަގުތު ލީގުގެ އަށް ޓީމަށް ބަލާއިރު ފެންވަރުގެ ގޮތުން ތަފާތު ބިދޭސީ ކުޅުންތެރިންނަށް ތިބީ ދެތިން ކުޅުންތެރިން ކަމަށް ސާންތީ ބުންޏެވެ.

"ބިދޭސީ ކުޅުންތެރިއަކަށް 3000 ނޫނީ 5000 ޑޮލަރު ދީފައި ގެންނަ ކުޅުންތެރިޔާ ނޫނީ 2000 ޑޮލަރު ދީފައި ގެންނަ ކުޅުންތެރިޔާ އަށް ތަފާތެއް ނުދެއްކެންޏާ ބޭނުމެއް ނެތް. ޕްރިމިއާ ލީގު ތަންތާގައި ވެސް މި ލީގު މި ބަލަނީ ވެސް މޮޅެތި ކުޅުންތެރިން ކުޅޭތީ،" ސާންތީ ބުންޏެވެ.

"މިހާރު މިކަން ކުރާ ގޮތަށް މިކަމެއް ނުކުރެވޭނެ. މިހާރު ހަމަ މީހަކު މި ފޮނުވާލަނީ. އޭނަ އަށް ވަރިހަމަ 2000 ޑޮލަރަށް ކިޔާ މީހާ 700 ޑޮލަރަށް ވެސް ބައެއް ކްލަބްތަކަށް އެބަތިރިވެގެންދޭ. ދެން 700 ނޫނީ 800 ޑޮލަރު ދޭ (ބިދޭސީ) ކުޅުންތެރިންގެ ފެންވަރު އަޅުގަނޑުމެންނަށް ވެސް އަންދާޒާ ކޮށްލެވޭ،"

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ކުރިން މަސައްކަތްކުރި ސާންތީ ބުނީ އަވައްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ލީގުތައް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންނާ އެކު ވަރުގަދަވަމުން އަންނައިރު، އޭގެ ތެރެއިން ރާއްޖޭގައި ކުޅެން ބޭނުންވާ ބިދޭސީ ކުޅުންތެރިން ވެސް ގިނަ ކަމަށެެވެ. އެކަމަކު އެ ކުޅުންތެރިން ރާއްޖެ ނުގެނެވިގެން މި އުޅެނީ ދާންވާ މިސްރާބުން ދިވެހި ކްލަބްތަކަށް ނުދެވޭތީ ކަމަށް ސާންތީ ގަބޫލުކުރެ އެވެ.

"އަޅުގަނޑުމެންނަށް އެ ދާންވާ ގޮތަށް ނުދެވެނީ އަސްލު. ހަމަ ރަނގަޅު އަގަކަށް ކުޅުންތެރިން ލިބޭނެ. އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ކްލަބްތަކުން ވެސް ދުރާލާ މި ކަންތައްތަކާ އުޅެން. އޭރުން ވެސް ހަގީގަތުގައި މި ލީގު ތަފާތު އެބަވޭ. ތަފާތު ކުޅުންތެރިއަކު ހުރެއްޖިއްޔާ އޭނަ އެ ހަދާ އެތި ބަލާލަން ވެސް 20 ވަރަކަށް މީހުން އިތުރަށް ވަނަސް އެއީ ލީގަށް ލިބޭ ކުރިއެރުމެއް. ހަގީގަތުގައި އެހެންވީމަ މި ފެންވަރު ކުޅުންތެރިން އައިސްގައި މިކަން ކުރެވޭނެ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެންނަން މީގެ ކްލަބްތައް ގުޅިގެން ރަނގަޅު އޭޖެންޓުންނާ ގުޅުން ބަދަހިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox