ކަރަންޓީނުވާން ނުޖެހޭ ގޮތަށް ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފި

ރަށެއްގައި މީހަކު ދޯންޏެއްގައި ދަތުރު ކުރަނީ: ރަށްރަށަށް ދަތުރު ކުރުމުގައި ދޭ ލުއިތައް ވަނީ އާންމުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ރަށެއްގައި މީހަކު ދޯންޏެއްގައި ދަތުރު ކުރަނީ: ރަށްރަށަށް ދަތުރު ކުރުމުގައި ދޭ ލުއިތައް ވަނީ އާންމުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ކޮވިޑްގެ ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމުގައި ލުއިތަކެއްދީ، އެކަން އެޗްޕީއޭއިން އިއުލާން ކޮށްފި އެވެ.

މާލޭން އެހެން ރަށްރަށަށް ދަތުރު ކުރުން މަނާކޮށް ފިޔަވަޅުތައް އެޅިތާ މިއަދަށް އަހަރެއްވެފައިވާއިރު، މާލޭން އެއްވެސް ރަށްރަކަށް ދަތުރު ކުރާ ނަމަ، ކޮންމެ މީހަކު ވެސް 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ނަމަވެސް، އެ އުސޫލަށް ބަދަލު ގެންނަވާނެކަން މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައި، ވިދާޅުވެފައިވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކުރާތާ ދެ ހަފުތާވެފައިވާ ކޮންމެ މީހަކަށް މިނިވަންކަމާ އެކު ރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެވެ.

އެކަމުގެ ތަފްސީލާއެކު މިރޭ އެޗްޕީއޭއިން ގެޒެޓްކުރި އިއުލާނުގައި ވަނީ ދަތުރު ކުރުމުގައި ދޭނެ ލުއިތައް ހާމަކޮށްފަ އެވެ.

އެގޮތުން، އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް އެޗްޕީއޭއިން ވަނީ ހުޅުވާލާފަ އެވެ. އަދި، އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ އެވެ.

މިގޮތަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލު ވެސް ވަނީ ހާމަކޮށްފަ އެވެ. އެގޮތުން، ރަށެއްގައި ބަލި އުޅޭ ނިސްބަތް، ފަސް އިންސައްތަ އަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ޖެހެ އެވެ.

ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރު ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ދަތުރު ކުރުމުގައި ދެން ލުއި ދީފައިވާ ލުޔަކީ، ފަތުރުވެރީން ހިމެނޭ ގޮތަށް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުމެވެ. ނަމަވެސް، މީގެ ތެރެއިން ހަތަރު ބަޔަކު އިސްތިސްނާވެ އެވެ. އެމީހުންނަށް ރާއްޖެއަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު އެވެ.

އެމީހުންނަކީ، ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދި، ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކެވެ.

ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމްގައި ގިނަ ބަޔަކު ފުރަތަމަ ޑޯޒު ފުރިހަމަކޮށް، މިހާރު ވަނީ ދެ ވަނަ ޑޯޒު ޖަހަން ފަށައިފަ އެވެ. އެހެންކަމުން ރޯދަ މަސް ނިމި، އީދު ފެށޭއިރު ދެ ވަނަ ޑޯޒަށް ދެ ހަފުތާ ވެފައި ތިބި މީހުންނަށް ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިނުން އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ދެ ޑޯޒް ފުރިހަމަވުމުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒުން ހަށިގަނޑުގައި ރައްކާތެރިކަން އުފައްދަން ފަށަން ދެ ހަފްތާ ނަގާ ކަމާއި އެންމެ ރަނގަޅަށް ދިފާއު ލިބެނީ ދެވަނަ ޑޯޒަށް ދެ ހަފްތާ ފަހުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު ދެވަނަ ޑޯޒް ޖެހުމަށް ވެސް ކިޔުތައް ދިގެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ހަ ސެންޓަރެއް އެޗްޕީއޭ އިން ވަނީ ކަނޑައާޅާފަ އެވެ. އެއީ، ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީއާއި ރައްޔިތުންގެ މަޖްލިހާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނެހިޔާއިންނެވެ.

ފުރަތަމަ ޑޯޒް ވެސް މާލޭގައި އަދިވެސް ޖަހައިދޭއިރު، އެކަމަށް ހާއްސަކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލެވެ. ފުރަތަމަ ޑޯޒްއަށް މިހާރު ޖަހަމުން ދަނީ ހަމަ އެކަނި ސިނޮފާމް ވެކްސިނެވެ. ދެވަނަ ޑޯޒްއަށް ޖަހަނީ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖޭން މިހާތަނަށް ވަނީ 273،660 މީހުން ވެކްސިން ޖަހާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox