ދެ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ މަސައްކަތް ފަށައިފި

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: މެދުރާސްތާގެ ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމުގެ ތެރޭގައި އާ ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގެ އިތުރުން އާމްދަނީ އިތުރުކުރާން ގޮތްތައް ހިމަނަން ޖެހޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: މެދުރާސްތާގެ ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމުގެ ތެރޭގައި އާ ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގެ އިތުރުން އާމްދަނީ އިތުރުކުރާން ގޮތްތައް ހިމަނަން ޖެހޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުރިޔަށް އޮތް ދެ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

މި ބަޖެޓަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭނާ އެއްގޮތަށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ. -- ޕްރޮގްރާމް ބަޖެޓަކީ ވަކި ޕްރޮގްރާމަކަށް ނުވަތަ ވަކި މަޝްރޫއަކަށް ހާއްސަ ކުރެވިގެން އެކުލަވާލެވޭ ބަޖެޓެކެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މެދުރާސްތާ ބަޖެޓަށް ސަރުކާރު އޮފީސްތަކުން ހުށައަޅަން ޖެހޭނީ 2022-2024 އަށް އެ އޮފީހަކުން އަލަށް ފަށަން ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ނުވަތަ ނިއު ޕޮލިސީ އިނީޝިއޭޓިވްސްތަކެވެ.

މިއީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭނާއި ރިކަވަރީ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުވާނެ ފަދަ ކަންކަމަށްވުމުގެ އިތުރަށް، ކުރާ ހޭދައާ އެއްހަމައަށް ނަތީޖާ ނެރެވޭ، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭ ހަރަކާތަކަށް ނުވަތަ މަޝްރޫއަކަށް ވާން ޖެހެ އެވެ. އަދި، މިހެން ހުށައަޅާ ކަންކަމުގެ ތެރޭގައި ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އާ ކަންތައްތަކުގެ އިތުރަށް މިހާރު ކުރިޔަށްދާ މަޝްރޫއުތަކުގެ ތެރެއިން ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާ ކަންތައްތައް ހުށައެޅޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ސަރުކާރު އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމަށާއި ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަނެ، މި ކަންކަމުގެ ތެރެއިން މިންތީގެ ހަމަހަމަކަން އިތުރުކޮށް ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވެ އެވެ.

ހަރަދުތައް ހަމަޖެއްސުމާއި އާމްދަނީ އިތުރުކުރުން

އަލަށް ހުށައަޅާ ކަންކަމުގެ ތެރޭގައި ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ހަމަޖައްސައި، އެ އޮފީހެއްގެ ދާއިރާގެ ތެރެއިން އާމްދަނީ އިތުރުކުރާނެ ގޮތްތައް ހުށައަޅަން ޖެހެ އެވެ. އަދި މިހެން ހުށައަޅާއިރު، ހަރަދުތައް ކުޑަކުރުމަށް އާމްދަނީ ޕޮލިސީއަށް ގެންނަން ހުށައަޅާ ބަދަލުތައް ހިމެނުމަށް ވެސް ފިނޭންސުން އެދިފައިވެ އެވެ.

އިއުލާނުގައިވާ ގޮތުން، ކުރިޔަށް އޮތް ދެ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަދި އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ޖުލައި މަހުގެ ނިޔަލަށް ހުށައަޅަން ޖެހެ އެވެ.

ސަރުކާރު އޮފީސްތަކުން ހުށައަޅާ ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރެއިން ބަޖެޓުގައި ހިމަނާނެ ކަަންކަން ނިންމާނީ ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހުންނެވެ.

ފިނޭންސުން އާންމުކުރި ތާވަލަށް ބަލާއިރު، އަލަށް ހުށައަޅާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ފިނޭންސް މިނިސްޓްރީން އިވެލުއޭޓް ކުރުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށައަޅާނީ 31 ޖުލައިގެ ކުރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox