ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފަސްޓް ލޭޑީ ފަޒްނާ: އެކަމަނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި. -- ފޮޓޯ / ރައީސް އޮފީސް

ފަސްޓް ލޭޑީ ފަޒްނާ: އެކަމަނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި. -- ފޮޓޯ / ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ފަސްޓް ލޭޑީ ބައްޔަށް ޕޮޒިޓިވްވުމުން ރައީސް ވެސް ވަނީ ކޮވިޑް ޓެސްޓް ހައްދަވައިފަ އެވެ. އެމަނިކުފާނުގެ ނަތީޖާ ނެގެޓިވް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މުލިއާގޭގައި ދިރިއުޅުއްވާ ފަޒްނާ މިހާރު ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެކަމަނާގެ ހާލު ރަނގަޅެވެ.

ރައީސްގެ އިތުރުން ދަރިކަނބަލުންނާއި ދަރިކަލުން ވެސް ޓެސްޓް ކުރެއްވި އެވެ. ދެ ބޭފުޅުންގެ ނަތީޖާ ވެސް ނެެގެޓިވް އެވެ.

ރައީސް އާއި އަނބިކަނބަލުން ފަޒްނާ ދާދި ފަހުން ރަސްމީ ދަތުރުފުޅެއްގައި، ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގަތެވެ. އެ ދަތުރުފުޅަށް ފަހު ހޯމް ކަރަންޓީން ފުރިހަމަކުރައްވައި ދެ ބޭފުޅުން ޓެސްޓް ކުރެއްވި އިރު ނަތީޖާ ނެގެޓިވް އެވެ.

ކޮވިޑުން ރައްކާތެރިވާން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދެ ބޭފުޅުން ވެސް ފުރިހަމަކުރެއްވީ އެ ދަތުރުފުޅަށް ފަހު ރާއްޖޭގަ އެވެ.

ފަސްޓް ލޭޑީ ކޮވިޑަށް ޕޮޒިޓިވްވިއިރު އެކަމަނާގެ ކޮއްކޯފުޅު، ނަޒީހާ އަހުމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ހަމީދު ވެސް ޕޮޒިޓިވް ވީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ކުރެއްވި ފަހުންނެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިނުން އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ދެ ޑޯޒު ފުރިހަމަވުމުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒުން ހަށިގަނޑުގައި ރައްކާތެރިކަން އުފައްދަން ފަށަން ދެ ހަފްތާ ނަގާ ކަމާއި އެންމެ ރަނގަޅަށް ދިފާއު ލިބެނީ ދެވަނަ ޑޯޒަށް ދެ ހަފްތާ ފަހުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox