ކޮވިޑުޖެހޭ މީހުންގެ އަދަދު ނިސްބަތުން ދަށެއް ނުވޭ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކެއް އަޅައިގެން ހުރި މީހަކު އިމާރާތެއްގެ އެތެރޭގައި: ޓެސްޓު ކުރާ މީހުންގެ ހަތަރު ޕަސެންޓު މީހުންނަށް އާންމުކޮށް ހުންނަނީ ބަލި ޖެހިފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކެއް އަޅައިގެން ހުރި މީހަކު އިމާރާތެއްގެ އެތެރޭގައި: ޓެސްޓު ކުރާ މީހުންގެ ހަތަރު ޕަސެންޓު މީހުންނަށް އާންމުކޮށް ހުންނަނީ ބަލި ޖެހިފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބަދަލުނުވެ، މާލެ އާއި މުޅި ރާއްޖޭގައި ބަލިޖެހޭ މިންވަރު ކުރިއެކޭ އެއްފަދައިން އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފަށައިގެން ކޮވިޑް-19 ޖެހޭ މީހުންގެ ސީދާ އަދަދު ދަށްވަމުންދާ ކަމަށް އެޗްޕީއޭގެ ފަރާތުން އާންމު ކުރާ ނަންބަރުތަކުން ދައްކަ އެވެ. އެގޮތުން މި މަހުގެ 10 އިން ފެށިގެން ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން ދަށުގަ އެވެ.

އެކަމަކު ބަލިޖެހޭ މީހުންގެ އަދަދު ދަށްވެފައި މި ވަނީ ބައްޔަށް ޓެސްޓު ކުރާ މިންވަރު ވެސް ދަށްވެފައި އޮއްވަ އެވެ.

އަދި ހިސާބުތަކުން ދައްކަނީ ބަލި ޖެހޭ މީހުންގެ އަދަދު ދަށް ނަމަވެސް އިންސައްތަ ގިނަ ކަމަށެވެ.

މީގެ ހަފްތާއެއް ކުރިއަށް ޖެހިލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހިސާބުތަކަށް ބަލާއިރު މުޅި ރާއްޖެއިން އެއް ދުވަހުން ބަލި ޖެހުނު މީހުންގެ އަދަދު 100 ހުރަސްކޮށްފައިވަނީ ނުވަ ވަނަ ދުވަހެވެ.

އެ ދުވަހު މާލެއިން ޖެހުނީ އެންމެ 56 މީހުންނަށެވެ. އެހެންކަމުން ބަލިޖެހިފައި ހުރީ ޓެސްޓު ކުރި މީހުންގެ ތެރެެއިން ހަތަރު ޕަސެންޓު މީހުންނަށެވެ.

އޭގެ ފަހުން ވިދިވިދިގެން މި އައި ފަސް ދުވަހު ވެސް ކޮވިޑް-19 ކޭސްތައް އުޅެނީ 100 އިން ދަށުގަ އެވެ. ނަމަވެސް ޕަސެންޓޭޖަށް ބަލާއިރު ބަލިޖެހޭ މީހުން ނިސްބަތުން ދަށެއް ނޫނެެވެ. އެގޮތުން އިއްޔެގެ އަދަދުތަކަށް ބަލާއިރު ވެސް ޓެސްޓު ކުރި މީހުންގެ ތެރެއިން ތިން ޕަސެންޓު މީހުންނަށް ހުރީ ބަލި ޖެހިފަ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މާލޭ ސަރަހައްދުން 85 އަށް ވުރެ މަދުން ބަލިޖެހޭ މީހުންގެ އަދަދުތައް ހުންނަތާ ނުވަ ދުވަސް ވަނީ ވެފަ އެވެ. އިއްޔެ ވެސް މާލެ ސަރަހައްދުން ބަލިޖެހިފައި ހުއްޓާ ފެނުނީ އެންމެ 39 މީހަކަށެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭގެ ފަރާތުން ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ އެވްރެޖުކޮށް 2600 ވަރަކަށް މީހުންނެވެ. ކުރިން މިއަދަދު އުޅެނީ 3000-4000 ގަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ މީހަކަށް ކޮވިޑް-19 ޖެހުނު ފަހުން 25،844 މީހުންނަށް އެ ބަލި ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 67 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ވެސް ބައްޔާއެކު 2636 މީހަކު އުޅެމުން އެބަ ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox