މިއީ އެމްޑީޕީގެ ސަރުކާރެއް ނޫނޭ ބުނާތީ އިދިކޮޅުގެ ނުރުހުން

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ބައްދަލުކުރައްވަނީ. -- ފައިލް ފޮޓޯ: ޕީއެސްއެމް

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ބައްދަލުކުރައްވަނީ. -- ފައިލް ފޮޓޯ: ޕީއެސްއެމް

މި ސަރުކާރުން ކުރުން ލަސްވާ ކަންކަމުގައި، މިއީ ސީދާ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް ބުނެ އެކަމުގެ ޒިންމާ ސަރުކާރު ހިންގާ ކޯލިޝަނަށް އަމާޒުކުރަން އެމްޑީޕީގެ އިސްވެރިން މަސައްކަތް ކުރައްވާތީ، އެކަމަށް އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އިސްވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމްއަށް އެކި ފަހަރު މަތިން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ދާދި ފަހުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދަން ލަސްވީ، އޭރު ހައުސިން މިނިސްޓްރީ އެމްއާރުއެމްގެ މިނިސްޓަރަކާ ހަވާލުކުރެވިފައި އޮތުމުންކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ސަރުކާރުން ހުށަހަޅާފައިވާއިރު، އެކަމާ ގުޅިގެން ރޯޑް ސޭފްޓީ ކައުންސިލުގައި އެ އޮތޯރިޓީ ކަނޑައަޅާ ފަރާތެއް އިންނާތީ އެކަން އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިގެން އެތަނުގައި ހުރި މައްސަލަތައް ހައްލުނުވާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވައި ޝިޔާމް ވިދާޅުވީ، ވެރިކަމަށް އައުމުގެ ކުރިން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް އެމްޑީޕީން ގެންގުޅުނު ސިޔާސަތު ރަނގަޅު ކަމަށެވެ.

ފފފ
ފފފ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ނަމަވެސް، ސަރުކާރު އެކުލެވިގެން އައިއިރު، އެ ސިޔާސަތުތައް ތަންފީޒު ކުރަން ހަވާލުކުރެވުނީ އެ ސިޔާސަތުތައް ނޭނގޭ ބަޔަކާކަން، ކޯލިޝަން ޕާޓީތަކަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

މިގޮތުން، ވަޒީރުންނަށް ޒިންމާ އަދާނުކުރެވުމުން، އެފަދަ ވަޒީރުން މަގާމުން ދުރުކޮށް ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށެވެ.

އަދި މަޖިލީހުގެ ސާފު އަގުލަބިއްޔަތު ރައްޔިތުން އެމްޑީޕީއަށް ދިނީ އެ މަގުސަދުގައި ކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންނަށް މި ތަނަކަށް [މަޖިލީހަށް] ނުވަދެވޭނެ، ނާގާބިލު ވަޒީރުން ވަކި ކުރާކަށް. ނާގާބިލު މެނޭޖިންގް ޑިރެކްޓަރުން ވަކި ކުރާކަށް ނުވަދެވޭނެ," ޝިޔާމް ވިދާޅުވި އެވެ.

އެހެންވީމާ، ޓީވީތަކާއި ޕޯޑިއަމްތަކަށް އަރައި، މިއީ އެމްޑީޕީގެ ސަރުކާރެއް ނޫނޭ ބުނެވޭކަށް ނޯންނާނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ ވެރިކަމެއް. އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނީ. ތިލަފަތަށް ރައްޔިތުން ވޯޓު ދިނީ،" ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox