ޕީއެސްޖީ އަށް އަދި ސެމީ ޔަގީނެއް ނޫން، ބަޔާން ދުލެއް ނުދޭނެ: ޕޮޗެޓީނޯ

Apr 13, 2021, 5:11 AM
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 13) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ބަޔާން މިއުނިކް އަތުން ރަށުންބޭރުގައި ޕީއެސްޖީ މޮޅުވެފައިވީ ނަމަވެސް އަދި މުބާރާތުގެ ސެމީ ފައިނަލުން އެ ޓީމަށް ފުރުސަތު ނުލިބޭ ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިދިޔަ ހަފްތާގައި ބަޔާން ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ވަނީ 3-2 އިން މޮޅުވެފަ އެވެ. މިރޭ ޕީއެސްޖީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރު ކޮށްލައިގެން ވެސް ޕީއެސްޖީ އަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސެމީން ފުރުސަތު ހޯދޭނެ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަޔާން ވަނީ ޕީއެސްޖީ 1-0 އިން ބަލިކޮށްފަ އެވެެ.

މިރޭ ކުޅޭ ދެ ވަނަ ލެގުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ނަތީޖާތަކަށް ބަލާއިރު، ޕީއެސްޖީ ކޮޅަށް އެންމެ ބޮޑަށް ބުރަވެފައި ހުރީ ރަށުންބޭރުގައި ކުޅޭ މެޗުތައް ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި އެ ޓީމަށް އޮންނަ ޕްރެޝަރު ބޮޑު ކަމަށާއި އެކަން ބަޔާން މެޗުގައި ކޮންމެވެސް ވަރަކަށް ތަކުރާރުވާނެ ކަމަށާއި ނަމަވެސް ޕީއެސްޖީން ޖެހޭނީ މި ޗެލެންޖަށް ރަނގަޅަށް ތައްޔާރުވާން ކަމަށް ޕޮޗެޓީނޯ ގަބޫލުކުރެ އެވެ.

"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބަޔާނަކީ މި ވަގުތު ޔޫރަޕްގެ އެންމެ މޮޅު އަދި ދުނިޔޭގެ ވެސް އެންމެ ވަރުގަދަ ކްލަބް. އަހަރެމެންނަށް (ދެ ވަނަ ބުރުގައި) ބާސެލޯނާއާ ދެކޮޅަށް ވެސް އަމިއްލަ ދަނޑުގައި އުނދަގޫވި. ސްކޮޑަށް ބަލާއިރު ބާސެލޯނާ އަށް ވުރެ ބަޔާން ވަރުގަދަ. އެހެންވީމަ އެ ވަރަށް ވިސްނާލިޔަސް ކުރިމަތީގައި މި އޮތް ޗެލެންޖް އުނދަގޫކަން އިހުސާސްކުރެވޭ،" ޓޮޓެންހަމާ އެކު 2019 ވަނަ އަހަރުގެ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވި ޕޮޗެޓީނޯ ބުންޏެވެ.

ބަޔާންގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު 17 މެޗުގެ ތެރެއިން ބަލިވީ ޕީއެސްޖީ އަތުން އެކަންޏެވެ. މިދިޔަ ހަފްތާގައި އަލިއާންޒް އެރީނާގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން ބަލިވި ނަމަވެސް އެ ޓީމުން ވަނީ ގިނަ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން ބަޔާނުން ވަނީ ގޯލު ޖަހަން 31 ހަމަލާ ފޮނުވާލައިފަ އެވެ.

ފްލިކް ބުނީ ބަޔާނުން ޕީއެސްޖީ ބަލިކުރާނަމަ ޖެހޭނީ ލިބޭ ފުރަތަމަ ފުރުސަތުގެ ބޭނުން ހިފަން ކަމަށާއި މީގެ ފަރުވާ ކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. ބަޔާނަށް މި ވަގުތު އޮތް ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަަނަ ފޯވާޑް އަދި މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީ އަނިޔާގައި ހުރުމެވެ.

ޕީއެސްޖީގެ ދަނޑުގައި ބަޔާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox