ވަގުތީ މިސްކިތް ނޭޅުނު، ދެ މިނިސްޓްރީގެ ވާހަކަ ތަފާތު!

ޒިކުރާ މިސްކިތް ހުރި ތަން ސާފުކުރަނީ: އެ ތަނުގައި ވަގުތީ މިސްކިތެއް ނޭޅުނު  - ފޮޓޯ: ޕީއެސްއެމް

ޒިކުރާ މިސްކިތް ހުރި ތަން ސާފުކުރަނީ: އެ ތަނުގައި ވަގުތީ މިސްކިތެއް ނޭޅުނު - ފޮޓޯ: ޕީއެސްއެމް

ޒިކުރާ މިސްކިތް ހުރި ބިމުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ނިންމާ ގޮތަށް ވަގުތީ މިސްކިތެއް އަޅަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަން ނުވެ ދެ މިނިސްޓްރީން ތަފާތު ވާހަކަތަކެއް ދައްކައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބައްޕާފުޅުގެ ހަނދާނުގައި އެޅުއްވި ޒިކުރާ މިސްކިތް ހުރި ބިން ސާފު ކުރުމުގެ ތެރޭގައި މިނިކަށިތަކާއި މަހާނަތައް ފެނިގެން ބަލަމުން ދަނިކޮށް އެ ތަނުން ވަނީ ތާރީހީ ބައެއް ތަކެތު ފެނިފަ އެވެ.

އެގޮތުން، އިހުގެ ހިރިގަލު މިސްކިތެއްގެ ބިންގަލަކާއި އަށް ހިރިގަލުގެ އަށް ކަން ވަޅެއްގެ ބައެއް ވެސް ފެނިފައިވެ އެވެ. އެތަނުން ފެނުނު މަހާނާ ގާތަކުން ލިޔުންތައް ފެނިފައިވާއިރު އެހެން ވެސް ބައެއް އާސާރީ ތަކެތި ހޯދާފައިވެ އެވެ.

އެ ތަކެތި ފެނުމުން ހެރިޓޭޖް މިނިސްޓްރީން ވަނީ ވަގުތީ މިސްކިތް އެޅުން ހުއްޓުވާފަ އެވެ. އެއީ، އެފަދަ ސައިޓަކުން އާސާރީތަކެތި ފެނިއްޖެނަމަ، އެ ތަނެއްގެ މަސައްކަތް ހުއްޓުވުމުގެ ބާރު ގާނޫނުން ހެރިޓޭޖް މިނިސްޓްރީއަށް ދީފައިވާތީ އެވެ. އެގޮތަށް، އެފަދަ ތަކެތި ފެންނަ ސައިޓްތަކާމެދު ގޮތެއް ނިންމުމަށްޓަކައި ސައިޓް މިނިސްޓްރީގެ ބެލުމުގެ ދަށަށް 30 ދުވަހުގެ މުއްދަތަށް ގެންދެވެ އެވެ.

ނަމަވެސް، ވަގުތީ މިސްކިތް މާދަމާއަށް ނުނިމުމުން އެކަމުގައި ހެރިޓޭޖް މިނިސްޓްރީން އަމަލުކުރި ގޮތާމެދު އިސްލާމިކް މިނިސްޓްރީން ވަނީ ހިތްހަމަނުޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި، މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ވެސް ހެރިޓޭޖް މިނިސްޓްރީން، މިސްކިތް އެޅުމަށްޓަކައި ސައިޓް ހަވާލުކޮށްފައެއް ނުވެ އެވެ. ހެރިޓޭޖް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ތަކެއްޗާ ހަވާލުވެ، ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިންމާލެވިފައިނުވާކަން އޮފިޝަލް ފާހަގަ ކުރައްވަމުން، މިސްކިތް ތާރީހަށް ނުނިމުނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީން އަމަލު ކުރަމުން ދިޔައީ ގާނޫނުން ދީފައިވާ ބާރާއި މެންޑޭޓްގެ ތެރެއިން، ވީއެންމެ އަވަހަކަށް ސައިޓް ހަވާލުކުރުމަށް ކަމަށެވެ. އެގޮތުން 24 ގަޑިއިރު މަސައްކަތްކޮށްގެން އެ ބިމުގައި މިސްކިތް އެޅޭނެ މިންވަރަށް އިއްޔެ ސައިޓް ހަވާލުކުރިކަން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އިއްޔެ ފެނުނު ތަކެތީގެ ތެރެއިން އުފުލޭ ތަކެތި އެތަނުން ނަގައި، އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި، ދެން އެ ތަނުގައި ހުރި އިހުގެ މިސްކިތުގެ ފައުންޑޭޝަނާއި ވަޅު މައްޗަށް ވެލި އެޅުމަށްފަހު ވަގުތީ މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީއަށް ވާނީ ލަފާ އަރުވާފައި،" ނާއިލް ވިދާޅުވި އެވެ.

ނާއިލް ވިދާޅުވި ގޮތުގައި، ރޯދަ މަހަށް ވަގުތީ މިސްކިތް ނިންމަން ޖެހޭތީ ހެރިޓޭޖް މިނިސްޓްރީން ދިޔައީ އިސްލާމިކް މިނިސްޓްރީ އާއި އެމްއެންޑީއެފްއާ އެއްކޮށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ. އެހެންވީއިރު، މިސްކިތް ނުނިމި ލަސްވި ކަމުގެ ޒިންމާ އެ މިނިސްޓްރީގެ ބޮލުގައި އެޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫންކަން އޭނާ ފާހަގަ ކިުރެއްވި އެވެ.

"މުއައްސަސާތަކުން ވެސް އެބަޖެހޭ ހެރިޓޭޖް ގާނޫނު ފަދަ ގާނޫނުތަކަށް އަހުލުވެރި، އެފަދަ ގާނޫނުތަކަށް އަމަލު ކުރުމަށް، ގާނޫނުން އަޅުގަނޑުމެންނަށް އެބަ ލިބޭ 30 ދުވަސް އާސާރީ ތަކެތި ފެންނަ ސައިޓްތައް ބެލުމުގަ ދަށުގައި ބޭއްވުމަށް، އެހެންނަމަވެސް، 24 ގަޑިއިރު މަސައްކަތްކޮށްގެން، ގުޅިގެން ކުރި މަސައްކަތުން މި ވަނީ ތަކެތި ނަގައި ސައިޓް ހަވާލުކުރުމުގެ މަސައްކަތް އަވަހަށް ނިންމިފައި،" ނާއިލް ވިދާޅުވި އެވެ.

ނާއިލް ފާހަގަ ކުރެއްވި ގޮތުގައި ހެރިޓޭޖް މިނިސްޓްރީން އަސާރީ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އިސްލާމިކް މިނިސްޓްރީން ވެސް ގެންދިޔައީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން މިނިކަށިތައް ނެގުމުގެ މަސައްކަތް ކުރަމުން ކަމާއި މިއަދާ ހަމައަށް އެ މަސައްކަތް އެ މިނިސްޓްރީއަށް ވެސް ނިންމިފައި ނުވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް އެކަމާ ގުޅޭ ގޮތުން ވިދާޅުވީ، މިއަދާ ހަމައަށް ވެސް މިނިކަށިތައް ނެގުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ދިޔަ ކަމަށާއި ފެނުނު ހުރިހާ މިނިކަށިތައް ނަގައި ސާފުކޮށް ނިމިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ވަގުތީ މިސްކިތް ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ނިންމާނުލެވުނުއިރު، ދެން މިސްކިތް ނިންމޭނެ ވަކި ތާރީހެއް ބުނަން ނޭނގެ އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް އެޅުމަށް އެ ތަނުގައި ހުރި މިސްކިތް ތަޅާލީ ކުރީ ސަރުކާރުގެ ތެރޭގަ އެވެ. ނަމަވެސް، އެ މިސްކިތް ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާތީ އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox