އާއްމުންނަށް އެހީވާ މިޔަންމާގެ ޑޮކްޓަރުންނަށް އަސްކަރިއްޔާގެ ބިރުވެރިކަން

މިޔަންމާގެ ބަގާވާތާ ދެކޮޅަށް ޑޮކްޓަރު މުޒާހަރާ ކުރަނީ-- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ ބަގާވާތާ ދެކޮޅަށް ޑޮކްޓަރު މުޒާހަރާ ކުރަނީ-- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ އަސްކަރިއްޔާއިން އާއްމުންނަށް ހަމަލާ ދެނީ އަނިޔާވާ މީހުންނަށް އެހީވާ ޑޮކްޓަރުންނާއި ނަރުހުންނަށް ބިރު ދައްކާ ހައްޔަރު ކުރުމަށް ކަމަށް އެ މީހުން ބުނެފި އެވެ.

އެގޮތުން އެއްވެސް ސަބަބެއް ނެތި މީހުންގެ ގަޔަށް ބަޑި ޖެހުމަށް ފަހު، ޑޮކްޓަރުން އެހީވާން އާދޭތޯ ބަލަން ދުރުގައި ފިލައި ސިފައިން ތިބޭ ކަމަށް އެ ގައުމުގެ މީހުންނާ ހަވާލަދީ ދަ ގާޑިއަން ނޫހުގައި ވެއެވެ.

އެފަދަ އެއް ހާދިސާގައި ދެމަފިރިއެއްގެ ގަޔަށް ބަޑި ޖެހުމަށް ފަހު ސިފައިން ފިލައި ތިބި ކަން އެނގުމުން ޑޮކްޓަރުންނަށް އެމީހުންނަށް އެހީވާން ނުދެވުނެވެ.

ފިލައި ތިބި ސިފައިން އެ ސަރަހައްދުން ދިޔެއީ ގަޑިއިރެއް ކޮށްފަ އެވެ. ސިފައިން ދިޔުމާއެކު ޑޮކްޓަރުން ގޮސް އެހީވާން ބެލިއިރު، އަންހެން މީހާ އޮތީ މަރުވެފަ އެވެ.

"އޭނާގެ ގަޔަށް ބަޑި ޖެހި ވަގުތު ގޮސް ނަގައިގެން އަވަސް ފަރުވާދެވުން ނަމަ ފުރާނަ ސަލާމަތް ކުރެވުނީސް،" ޑޮކްޓަރަކާ ހަވާލަދީ ދަ ގާޑިއަންގައި ވެއެވެ.

ބައެއް ޑޮކްޓަރުން ދަ އޮބްޒާވާ ނޫހަށް ބުނެފައި ވަނީ ސިފައިން އާދަކޮށް ޑޮކްޓަރުންނަށް އަމާޒު ކުރާ ކަމަށާއި އަދި އަނިޔާވާ މީހުންނަށް އެހީވުން ހުއްޓުވާ ކަމަށެވެ.

އޭގެ އިތުރުން އެމްބިއުލާންސްތަކަށް ބަޑި ޖަހާ، ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރުތައް ލޫޓުވާ، ސިއްހީ މަސައްކަތްތެރިންނަށް ހަމަލާދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ފެބްރުއަރީ އެއްވަނަ ދުވަހު ކުރި ބަގާވާތާ ގުޅިގެން އެ ގައުމުގައި މެދުކެނޑުމެއް ނެތި ކުރަމުންދާ މުޒާހަރާގައި ޑޮކްޓަރުން ވެސް ބައިވެރިވެ އެވެ.

އެ މުޒާހަރާތަކުގެ ތެރެއިން އުފެދިފައިވާ ލޭއޮހޮރުވުމުގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ ފުރަން އަންގައިފި

ސްވިޒަލެންޑުން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، ޕިޔޮންގްޔަންގްގައި ހުންނަ ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ 48 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް އުތުރު ކޮރެއާއިން އަންގައިފިއެވެ. މި ފިޔަވަޅަކީ އުތުރު ކޮރެއާގެ ކުޑަކުދިންގެ ކޭމްޕަކާ ދެކޮޅަށް ސްވިޒަލެންޑުން އެޅި ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އެ ގައުމުގެ އިސްތިގުލާލަށް އުނިކަން ލިބޭ ކަމަށް ބުނެ އެޅި ފިޔަވަޅެކެވެ.

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

Newsletter

Get the latest news delivered straight to your inbox