ރައީސާއި ނަޝީދު ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އީސީއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓް ލައްވަނީ: މަނާ ގަޑީގައި ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އިދިކޮޅުން ވަނީ މައްސަލަ ހުށަހަޅާފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓް ލައްވަނީ: މަނާ ގަޑީގައި ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އިދިކޮޅުން ވަނީ މައްސަލަ ހުށަހަޅާފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ކެމްޕެއިން ކުރުން މަނާ ގަޑީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރެއްވި ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.

އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިއްޔެ އިރުއޮއްސި 6:00 ފެށިގެން ވޯޓްލުން ނިމެންދެން ކެމްޕެއިިން ކުރުމަކީ މަނާ ކަމެކެވެ.

އެކަމަކު، ރައީސް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން އެދިވަޑައިގަތެވެ.

ރައީސް ނަޝީދު ވެސް ވަނީ ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލޭގެ ގިނަ ވޯޓްލާ ސަރަހައްދުތަކަކަށް އެމަނިކުފާނު ވަޑައިގަތެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވީ ރައީސާއި ނަޝީދު ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނުސީދާކޮށް ކެމްޕެއިން ކުރައްވާފައިވާ ކަމަށެވެ. އެކަން އިދިކޮޅު ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލަ ޕީޕީއެމުން ވަނީ އީސީއަށް ހުށަހަޅައިފަ އެވެ. އަދި ރައީސްގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެ އެވެ.

ސިއްދީގު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ވަކި ކުލައެއްގެ ގަމީހެއް ލައިގެން ވޯޓު ފޮށިތައް ކައިރިއަށް ގޮސް ނުސީދާކޮށް ކެމްޕެއިން ކޮށްފައިވާ ކަމެވެ. އަދި، ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ނުސީދާ ކެމްޕެއިން ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ވަކި ޕާޓީއެއް ޕްރޮމޯޓް ކުރައްވަމުން އެބަ ގެންދަވާ. އެމަނިކުފާނު ވަޑައިގަންނަވާތީ އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ވާތީވެ ދައުލަތުގެ މީޑިއާ ދަނޑަށް ދަގެއްފާނު ދަމާހެން އެބޭފުޅާގެ ފަހަތުން އެބަ ގެންދަވާ،" ސިއްދީގު ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ ވޯޓުލާ މަރުކަޒުގެ ކައިރިއަށް ވަކި ޕާޓީއެއްގެ ކުލައިގެ ގޮނޑިތަކެއް ގެންގޮސްގެން ނުސީދާ ކެމްޕެއިންތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް އެގޮތަށް ނުސީދާ ކެމްޕެއިން ކުރައްވާފައިވާ ކަމަށް ސިއްދީގު ވިދާޅުވި އެވެ. އެކަންކަން އީސީން ނުބަލާކަން ވެސް އޭނާ ކަންބޮޑުވުމާއެކު ފާޅު ކުރެއްވި އެވެ.

"އެއް ބަޔަކަށް މި ފުރުސަތު މި ގޮތަށް ހުޅުވާލާފައިވާއިރު އަނެއް ބަޔަކު ޝަކުވާ ކުރިޔަސް އިލެކްޝަންސް ކޮމިޝަނުން އެކަމަށް އަޅައެއް ނުލާ. އިލެކްޝަންސް ކޮމިޝަނަށް އެކަން މައްސަލައަކަށް ނުވޭ،" ސިއްދީގު ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބު އިންސާފުވެރިކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox