ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތިން ހަނދާން އެބަހުރިތަ؟

ވޯޓުލުމަށް އެއްވެ ތިބި ބައެއް: ވޯޓުލާ މަރުކަޒުތަކުން ފެންނަނީ ރައްކާތެރިކަން ދަށް މަންޒަރެއް-- ފޮޓޯ: ހުސައިން ފިޔާޒް މޫސާ/އަދަދު

ވޯޓުލުމަށް އެއްވެ ތިބި ބައެއް: ވޯޓުލާ މަރުކަޒުތަކުން ފެންނަނީ ރައްކާތެރިކަން ދަށް މަންޒަރެއް-- ފޮޓޯ: ހުސައިން ފިޔާޒް މޫސާ/އަދަދު

މާފަންނު ސްޓޭޑިއަމުގައި ޓެންޓް ޖަހައިގެން ހަދާފައި ހުރި ވޯޓު މަރުކަޒަށް މިއަދު ހެނދުނު އަހަރެން ވަނުމުން ފުރަތަމަ ވެސް ނޭފަތުގައި ޖެހުނީ ސެނިޓައިޒަރުގެ ވަހެވެ. އެ ވަސް އަހަރެންގެ ސިކުނޑި އަށް ބުނެދިނީ، މިއަދުގެ ވޯޓުގައި ސިއްހީ ގޮތުން ރައްކާތެރިވާން ޖެހޭ މިންވަރެވެ. ކޮވިޑުގެ ކެރިކަނޑައިގެން ނުދަނީސް އިންތިހާބު ބާއްވަން ޖެހުމަށް ކުރިމަތިވި މަޖުބޫރީ ހާލަތުގައި، ކިރިޔާ ވެސް ރައްކަލެއް އޮތީ މިއަދު ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އަބަދު އެ ގޮވަނީ އެ ވާހަކަ އެވެ.

އެކަމަކު ގިނަ މަރުކަޒުތަކުން ފެނުނީ އެ މަންޒަރެއް ނޫނެވެ. ވޯޓުލާން އެތައް ހާސް ބަޔަކު ޖަމާވެ ތިބީ އެ މަންޒަރު ފެންނާނެ ގޮތަކަށް ނޫނެވެ. ވޯޓްލުމުގެ ކުރިންނާއި ވޯޓްލުމަށް ފަހު ވެސް އެންމެން ބޮނޑިވެގެން ބޮޑު ވާހަކައިގައި ތިބި މަންޒަރު އާއްމެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަން އެކުލަވާލި ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ވޯޓުލާންދާ އެންމެން ތިބެން ޖެހޭނީ މާސްކު އަޅައިގެން ގައިދުރުކަމުގަ އެވެ. އަދި ވޯޓުލާ މަރުކަޒަށް ވެއްދުމުގެ ކުރިން ހުން ބަލައި ސެނަޓައިޒާއިން އަތް ސާފު ކުރަންޖެހެ އެވެ. ވޯޓުލުމަށް ކޮންމެ މީހަކު ވެސް އަމިއްލަ ގަލަމެއް ގެންދިއުމަށް ވެސް އީސީން އެދުނެވެ. ނަމަވެސް މި ކަންކަމަށް އަމަލުކުރާ ތަނެއް ނުފެނެ އެވެ.

ވޯޓްލުމަށް ބަޔަކު ކިޔޫގައި: ކިޔޫގައި ތިބެނީ ގައިދުރުކޮށެއް ނޫން-- ފޮޓޯ: ހުސައިން ވަހީދު/އަދަދު
ވޯޓްލުމަށް ބަޔަކު ކިޔޫގައި: ކިޔޫގައި ތިބެނީ ގައިދުރުކޮށެއް ނޫން-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ވޯޓްލުމަށް ބަޔަކު ކިޔޫގައި: ކިޔޫގައި ތިބެނީ ގައިދުރުކޮށެއް ނޫން-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ކޮވިޑަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާއިރު އެކަކު އަނެކަކާ ވީހާވެސް ބައްދަލު ނުވާން ސިއްހީ މާހިރުން ލަފާދެ އެވެ. ނަމަވެސް ވޯޓްލާ މަރުކަޒުތަކުން ފެނުނީ އޭގެ އިދިކޮޅެވެ. އަމިއްލަ ގަލަން ގެންދާތީ ފެނުނީ މަދު ބަޔެކެވެ. ވޯޓުލުމަށް ފަހު ސެނިޓައިޒްކުރާތަން ފެންނަނީ އެއަށް ވުރެ މަދު ބަޔަކެވެ. މާސްކު އަޅައިގެން ތިބުން ނޫން ރައްކާތެރި ކަމުގެ ފިޔަވަޅެއް ނުފެނެ އެވެ. މާސްކު އަޅައިގެން ތިބި ނަމަވެސް ގައިދުރުކަމެއް ނެތުމުން އޭގެ މާނައެއް ނެތް ފަދަ އެވެ.

"އެތެރޭގައި ވެސް މާ ކައިރި ގޮނޑި ޖަހާފައި ހުރިލެއް. ގައިދުރުކަމެއް ނެތް އަސްލު،" ކުރީގެ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓަކަށް ވޯޓުލާން ގޮސް ހުރި މީހަކު ބުންޏެވެ.

ވޯޓް ކިޔޫއެއް: ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަށް-- ފޮޓޯ: ހުސައިން ވަހިދު/އަދަދު
ވޯޓް ކިޔޫއެއް: ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަށް-- ފޮޓޯ: ހުސައިން ވަހިދު/އަދަދު

ވޯޓް ކިޔޫއެއް: ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަށް-- ފޮޓޯ: ހުސައިން ވަހިދު/އަދަދު

ވޯޓުލައި ނިންމުމަށް ފަހު ސިޔާސީ ފޯރީގައި ވާހަކަ ދެއްކުމަށް ގިނަ ބަޔަކު އެއްވެ ތިބޭ މަންޒަރު ހުރިހާ މަރުކަޒަކުހެން ފެނެ އެވެ. އެހެންކަމުން ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާނެ އެވެ. އެހެން ތިބޭއިރު މާސްކް ނަގައިގެން ވެސް އުޅެ އެވެ. ނުވަތަ މާސްކަށް ޖާގަ ލިބެނީ ދަތްދޮޅިންނެވެ. އެ ތިބޭ ތިބުމުގައި އެއްކޮށް ކޮފީ ބޮއެ، ދުފައި، ސިނގިރޭޓް ބޯތަން ފެނެ އެވެ. އިންތިހާބުގެ ވާހަކައިގައި ފޯރީގައި ޖެހިގެން ރައްކާތެރިކަމުގެ މަތިން ހަނދާން ނެތް ކަހަލަ އެވެ.

ސިއްހީގޮތުން ބަލަން ޖެހޭ ވަރަށް ނުބަލައި ވޯޓްލާ މަރުކަޒުތަކުގައި މީހުން އެއްވެ އުޅޭއިރު އެކަންކަން ރަނގަޅު ކުރަން ބުނާނެ މީހަކު އެތަނަކުން ނުފެނެ އެވެ.

ފުލުހުންނާއި އީސީގެ އޮފިޝަލުން ވެސް ބިޒީކޮށް އުޅެނީ ވޯޓުގެ ކަންކަން އިންތިޒާމު ކުރުމުގަ އެވެ.

އާއްމުކޮށް ވޯޓްލުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމަށް ފަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބި މީހުންނަށް ވެސް ވޯޓްލުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. މިހާރު ފެންނަ މަންޒަރުތަކުގެ ސަބަބުން އެ މީހުންގެ ކަންކަން މޮނީޓާ ކުރެވޭނެތޯ ސުވާލު އުފެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox