އަހަރެންގެ ވިސްނުމުން: ނޫސްވެރިން އެތިކްސް އަށް ތަބާވުން

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް ޖަވާބުދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް ޖަވާބުދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮންމެ ތަނެއް ވެސް ކުރިއަރައި ދާނީ އެތަނެއްގައި އިންސާފު ގާއިމްކުރެވި އެތަނަކަށް ހަމަޖެހުން އައިސްގެންނެވެ. އިންސާފް ގާއިމްކުރެވޭނީ ހެވާއި ނުބައި ވަކިވެގެންނެވެ. އިންސާފު ގާއިމްކުރުމަށްޓަކައި މުއައްސަސާތައް އެކުލަވާލާފައިވީ ނަމަވެސް އާއްމު ދިރިއުޅުމުގެ ތެރޭގައި އިންސާފު ގާއިމްކުރެވޭނީ ވަކިވަކި ފަރުދުންނަށް ވެސް ހެވާއި ނުބައި ވަކިވެގެންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ބަޔަކީ ނޫސްވެރިންނެވެ. މުޖުތަމައުގެ ތެރޭގައި ހިނގާ ކަންކަމާއި ހިނގާފައިވާ ކަންކަން އަދި ހިނގައިފާނެ ކަންކަން އާއްމުންނާ ހަމައަށް ތިލަކުރާ ބަޔަކީ ނޫސްވެރިން ކަމަށްވާތީ އެވެ.

އަދި ހަމަ އެހެންމެ އެ ނޫސްވެރިއެއްގެ އަމަލުތައް ވެސް ވަކި ހާއްސަ އަހުލާގެއްގެ މަތީގައި ހުންނަން ޖެހެ އެވެ. އޭނާއާ މެދު އާއްމުންގެ އިތުބާރު އުފެދޭނީ އޭރުންނެވެ. އެ އަހުލާގު ބިނާވާނީ އަދި އިންސާނުން ކަންކަމުގައި ގޮތް ނިންމުން ވެސް ބިނާވާނީ އެ މީހެއްގެ ކިބައިގައި ހުންނަ މޯރަލް އެތިކްސް އަކަށެވެ. އެއީ އެ މީހަކު ނިސްބަތްވާ ދީނާއި ގައުމާއި ނަސްލާއި ޖިންސު އަދި އުޅެ ބޮޑުވާ މުޖުތަމައުގައި އަށަގެންފައިވާ އާދަތަކާއި އުސޫލުތަކުގެ ތެރެއިން އަންނަ ކަމެކެވެ. އެކަންކަމުގެ އިތުރުން އެ މީހަކު މަސައްކަތްކުރާ ދާއިރާއެއްގެ އެތިކްސް އަށް ވެސް އެ މީހަކު ތަބާވާން ޖެހެ އެވެ. މިސާލަކަށް ޑޮކްޓަރުން ތަބާވާން ޖެހޭ ހާއްސަ އެތިކަލް ގައިޑްލައިންތަކެއްވެ އެވެ. އެގޮތުން ނޫސްވެރިކަމަކީ އެންމެ ވަރުގަދަ އެތިކަލް ގައިޑްލައިނެއް އޮންނަ އެއް ދާއިރާ އެވެ. އެއީ ނޫސްވެރިންނަކީ ކޮންމެ ދުވަހަކު ވެސް، ކުރިން ފާހަގަކުރި ފަދައިން ހެވާ ނުބައި ވަކިކޮށް އެތިކަލީ ގޮތް ނިންމަން ޖެހޭ ބަޔަކަށް ވާތީ އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް ލިޔެފައިވާ އެތިކްސް އެއް ތައާރަފްވީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެއީ ރާއްޖޭގައި ފުލް ޓައިމް ނޫސްވެރިންނާ އެކު ނޫސް އިދާރަތައް އުފެދިގެން އައި ދުވަސްވަރު ވެސް މެ އެވެ. އެކަމުގެ ޝުކުރު އެންމެ ބޮޑަށް ހައްގުވަނީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުގެ އިތުރުން ދުވަހު ނޫސް "ހަވީރަ"ށެވެ. އެގޮތުން "ހަވީރު" ނޫހުން ތައާރަފްކުރި އެތިކަލް ގައިޑްލައިނާ އެކު ރާއްޖޭގެ ނޫސްވެރިކަމަށް ހެޔޮ ބަދަލުތަކެއް އަ އެވެ. ފެންވަރު ރަނގަޅު ނޫސްވެރިކަމެއް ކުރަން މަގުކޮށުނެވެ. އޭގެ ފަހުން މޯލްޑިވްސް މީޑިއާ ކައުންސިލް 2009 ވަނަ އަހަރު އުފެދި އެތިކަލް ގައިޑްލައިނެއް އެކުލަވާލެވުނެވެ. އާއްމު އުސޫލުގެ ތެރެއިން ކޮންމެ މީޑިއާއެއްގައި ވެސް އެފަދަ ގައިޑްލައިނެއް އޮންނަން ޖެހެ އެވެ. ނެތިއްޖެ ނަމަ ތަބާވާން ޖެހޭނީ މީޑިއާ ކައުންސިލުގެ ގައިޑްލައިނަށެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަބަރުތައް ކަވަރުކުރުމުގައި ތަބާވާން ޖެހޭ ބައިނަލްއަގްވާމީ އެތިކަލް މިންގަނޑުތަކެއް ވެސް ރާއްޖޭގެ ނޫސްވެރިންގެ ތެރޭގައި ގެންއުޅެ އެވެ.

އެފަދަ ގައިޑްލައިންތަކަކީ ނޫސްވެރިންނަށް ކުރިމަތިވާ އުނދަގޫ ހާލަތްތަކުގައި މުހިއްމު އެހީ އެކެވެ. އެކަމަކު ވެސް ބައެއް އެތިކަލް މައްސަލަތައް ކުރިމަތިވެ ކޮންމެ ދުވަހަކު ވެސް ގޮތް ނިންމަން ޖެހޭ ހާލަތަށް އާދެ އެވެ.

ނޫސްވެރިކަމުގައި އެންމެ ގިނައިން ހަތަރު އަނގޮޅި ކަންމައްޗަކަށް އަރަން ޖެހެނީ ތުހުމަތުގެ ވާހަކަ ލިޔަން ޖެހޭ ހާލަތްތަކުގަ އެވެ. އިޝޫ ބޭސްޑް ނޫސްވެރިކަން ކުރަމުން އަންނައިރު ވަރަށް ގިނައިން މީހުން ނުވަތަ މުއައްސަސާތަކުން ކުރާ ތުހުމަތުތަކުން ހަބަރު ހަދަން ޖެހެ އެވެ. ގިނަ ފަހަރަށް ސުރުހީގައި އޮންނާނީ އެ ތުހުމަތުގެ ވާހަކަ އެވެ. އަދި ހަބަރުގެ ކޮންމެވެސް ހިސާބެއްގައި، އެ ތުހުމަތު ރައްދުވާ މީހާގެ ރައްދު ޖަވާބު ވެސް އޮވެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ އަދި ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލަކީ އެކަމުން އިންސާފު ގާއިމްވޭ ހެއްޔެވެ؟ އެންމެން ހަބަރު ނުކިޔާނެ އެވެ. ބައެއް މީހުން ސުރުހީ އިން ފުއްދާލަފާނެ އެވެ. އެހެންވެއްޖެ ނަމަ އެ މީހުންނަށް ފެންނާނީ ނުވަތަ އިވޭނީ ހަމައެކަނި ތުހުމަތުގެ ވާހަކަ އެވެ. އެއަށް ރައްދުވާ މީހާދޭ ޖަވާބު ނުފެންނާނެ އެވެ. އެހެންވެ ގިނަ ބަޔެއްގެ ވިސްނުމުގައި، އެ ތުހުމަތު ރައްދުވާ މީހާ އޮންނާނީ ކުށްވެރިއަކަށްވެފަ އެވެ.

މިއީ ވަރަށް ގިނަ ނޫސްވެރިންނަށް ދިމާވާ ހާލަތެކެވެ. ހާއްސަކޮށް ސިޔާސީ މައިދާނުގެ ހަބަރުތައް ކަވަރުކުރާ ނޫސްވެރިންނަށެވެ. ސިޔާސީ ޕޯޑިއަމެއްގައި ނުވަތަ މަޖިލީހުގެ ތެރެއިން މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ދަށުން މީހަކާ މެދު ތުހުމަތެއްކޮށްފާނެ އެވެ. ކޮރަޕްޝަނުގެ އިތުރުން އެ މީހެއްގެ ޝަހުސުގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ފަދަ ތުހުމަތުތައް ވެސް ކުރެވެ އެވެ.

އެފަދަ ހާލަތްތަކުގައި އެ ތުހުމަތުތަކުގައި ބުރަދަނެއް ހުރިތޯ ބަލަން ޖެހެ އެވެ. އެ ތުހުމަތުތައް، އެކި ގޮތްގޮތުން ކަށަވަރުކުރެވިއްޖެ ނަމަ އެ ހަބަރު ޖެހިދާނެ ކަމަށް ގަބޫލުކުރަމެވެ. ކަށަވަރުނުކުރެވޭ ނަމަ ސުރުހީގައި ޖަހަންވާނީ ހަމައެކަނި ތުހުމަތެއް ކުރި ވާހަކަ އެވެ. ސީދާ އޭނާ ބުނި އިބާރާތުން ސުރުހީގައި ޖެހުން ރަނގަޅެއް ނޫނެވެ.

ކަށަވަރުވިޔަސް ނުވިޔަސް، ތުހުމަތުތައް ރައްދުވާ މީހާގެ ބަސް ނެތި އެ ހަބަރު އެއްގޮތަކަށް ވެސް ޖަހައިގެންނުވާނެ އެވެ. ސަބަބަކީ ނޫސްވެރިކަމުގެ އެތިކްސްގެ އެންމެ މުހިއްމު އެއް އަސާސަކީ ހަމަހަމަކަން ކަމަށްވާތީވެ ރައްދުވާ މީހާގެ ބަސް ނެތިއްޖެ ނަމަ އޭނާ އަށް އެ ހަބަރުން އިންސާފު ގާއިމްނުކޮށްދެވޭނެތީވެ އެވެ.

އާއްމު މީހަކު ޖަޒުބާތުގައި ޖެހިގެން ދައްކާ ވާހަކައެއްގެ އަޑުއިވޭނީ މަދު ބަޔަކަށެވެ. އެކަމަކު ނޫސްވެރިން އެ ފަދަ ވާހަކައެއް ލިޔެފި ނަމަ އެތައް ބަޔެއްގެ ތެރޭގައި އެ ވާހަކަތައް ދައުރުވެ އެވެ. ނޫސްވެރިންގެ ގަލަން އެހާ ވެސް ބާރުގަދަ އެވެ. މިއީ ނޫސްވެރިކަމުގައި އަހަރެން އެންމެ ބޮޑަށް ސިކުނޑީގައި ހަރުލައްވާފައިވާ ނުކުތާ އެވެ. ވަރަށް ގިނައިން ދިމާވާ ހާލަތެކެވެ. އާއްމު މީހަކު ނުވަތަ މުއައްސަސާއެއްގެ ވެރިއަކު ނޫސްވެރިންނަށް މައުލޫމާތު ދޭއިރު ބައެއް ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހެ އެވެ. އެ ވާހަކަތަކެއްގެ ސަބަބުން މުޖުތަމައުގައި ވަރަށް ބޮޑު ބައިބައިވުމެއް ނުވަތަ ބަޔެއްގެ ތެރޭގައި ބައިބައިވުން އުފެދިދާނެ ވާހަކަތަކެއް ވެސް ދައްކަފާނެ އެވެ. އެ ހާލަތުގައި ނޫސްވެރިޔާ އަށް އެ ވާހަކަތަކުން އެ ބައި އުނިކުރެވިދާނެ ހެއްޔެވެ؟ އުނިކޮށްފި ނަމަ، މީހަކު ދެއްކި ވާހަކައެއް އޭނާގެ ހުއްދަ ނެތި ނޫސްވެރިޔާ ބަދަލުކުރި ކަމަށް ވާނެ ހެއްޔެވެ؟

މިފަދަ ހާލަތްތަކުގައި އަމަލުކުރަން ފެންނަ ގޮތަކީ އެ ވާހަކަތައް އުނިކޮށްލުމެވެ. ސަބަބަކީ ނޫސްވެރިކަމުގެ އެތިކްސްގައި ސުލްހަ އާއި އަމާންކަމަށް އިސްކަންދިނުން ހިމެނޭތީ އެވެ. ނޫސްވެރިންނަކީ ޒިންމާދާރު ބަޔަކަށް ވަނީ އެހެންވެ އެވެ. މީހަކަށް ނުވަތަ ބަޔަކަށް ވިސްނާނުލާ ދެކެވޭ ވާހަކައެއްގެ ފައިދާ ނޫސްވެރިން ނަގައި އެކަން ސެންސޭޝަނަލައިޒް ކުރުމަކީ ނޫސްވެރިޔާ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ނޫސްވެރިއަކު އެތިކަލީ ވިސްނައިގެން އޭގެ ތެރެއިން އުނިކުރަން ޖެހޭ ބައެއް، ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް އުނިކުރުމަކީ ޒިންމާދާރު ނޫސްވެރިކަން ކަމަށް ދެކެމެވެ. އެކަމަކު އޭގެ މާނައަކީ މީހަކު ހަދާ ގޯހެއް ނޫސްވެރިޔާ މަތިއަޅައި ފޮރުވުމެއް ނޫނެވެ އެފަދަ ކަމެއް ނަމަ ހާމަކުރަން ޖެހޭނެ އެވެ. އެކަމަކު ދެކެވޭ ވާހަކައެއްގެ ފޯރީގައި ބުނެވޭ އެއްޗެއްގެ ފައިދާ ނަގައިގެން ނުވާނެ އެވެ. ނޫސްވެރިޔާ އަށް އާއްމުން ކުރާ އިތުބާރު ދެމެހެއްޓޭނީ އެގޮތަށް ވިސްނުން ބަހައްޓައިގެންނެވެ.

މަސްދަރު ނުވަތަ ސޯސްގެ ނަން ހާމަނުކޮށް މައުލޫމާތު ޖެހުމަކީ ނޫސްވެރިން އާއްމު އުސޫލެއްގެ މަތިން ބޭނުންކުރާ އުކުޅެކެވެ. ސަބަބަކީ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ވަރަށް ގިނަ މީހުން ނަން ޖަހާފައި މައުލޫމާތު ދޭން ބޭނުން ނުވާތީ އެވެ. އެހެންވެ ނޫސްވެރިޔާ އަށް ޖެހެނީ ނަން ސިއްރުކޮށްފައި އޭނާ ދިން މައުލޫމާތު ޖަހާށެވެ. މަސްދަރު ހާމަނުކުރުމަކީ ގާނޫނުން ވެސް ހިމާޔަތް ލިބޭ ކަމަކަށްވާތީ އެވެ. އެކަމަކު މިއީ ދުނިޔޭގެ ވަރަށް ގިނަ ނޫސްތަކުގައި ހައްދެއް ކަނޑައަޅާފައި އޮންނަ ކަމެކެވެ. އެގޮތުން ނަން ހާމަނުކޮށް މަސްދަރުގެ މައުލޫމާތު ބޭނުންކުރެވޭނީ އިތުރު ގޮތެއް ނެތިގެން ނުވަތަ އެ މައުލޫމާތާ ނުލައި ހަބަރު ފުރިހަމަކުރެވޭނެ ގޮތެއް ނެތް ނަމަ އެވެ. ސަބަބަކީ އެކަމުން ވެސް ނާޖާއިޒް ފައިދާ ނަގާތީ އެވެ. ނޫސްވެރިން ވެސް ބައެއް ފަހަރު އަމިއްލަ އަށް ފާޅުކުރަން ބޭނުންވާ ހިޔާލުތައް "ނަން ހާމަނުކުރާ މަސްދަރަކުން" ހޯދި މައުލޫމާތުގެ ގޮތުގައި ޖަހާތީ އެވެ.

ރާއްޖޭގެ ނޫސްތަކުގައި ވަރަށް ގިނައިން ނަން ހާމަނުކުރާ މަސްދަރުތައް ބޭނުންކޮށްފައި ހުރެ އެވެ. މާނައަކީ ރާއްޖޭގައި އެކަމަށް އެޑިޓަރުންގެ ހުރަހެއް ނެތުމެވެ. އަހަރެން ދެކޭ ގޮތުގައި އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ރާއްޖެ އަކީ ކުޑަ ގައުމަކަށްވެ އެންމެން އެންމެން ދަންނާތީ ނަން ހާމަކޮށްގެން މައުލޫމާތެއް ދީފި ނަމަ ނުރައްކަލެއްގެ ފުރުސަތު އޮތުމުންނެވެ. ވަޒީފާގެ ބިރުވެރިކަމާއި އެހެނިހެން ބިރުވެރިކަން ރާއްޖޭގެ ހުރިހާ ދިމާލެއްގައި ބޮޑެވެ. އެހެންވެ ނަން ހާމަނުކޮށް މައުލޫމާތު ޖެހުމުގައި މިނެއް ނެތުމަކީ މައްސަލައެއް ނޫން ކަމަށް ދެކެމެ އެވެ. ރާއްޖޭގެ ހާލަތަށް ބަލާފަ އެވެ.

މައުލޫމާތު ނުދޭ މީހާ އަށް ތިމާ އެއްވެސް އެހީތެރިކަމެއް ދޭން ޖެހޭނެ ހެއްޔެވެ؟ ވަރަށް ގިނައިން ނޫސްވެރިންގެ ތެރޭގައި ދެކެވޭ ވާހަކަ އަކީ މިވެނި މީހަކު ތިމަންމަ އަށް ނުވަތަ ތިމަންނަގެ ނޫހަށް މައުލޫމާތު ނުދޭ ކަމަށެވެ. އެހެންވެ ތިމަންމާ އޭނާ އަށް ކަވަރޭޖެއް ނުދޭނަމެވެ. ބައެއް ފަހަރު އަހަންނަށް ވެސް އެފަދަ ކަންކަން ދިމާވެ އެވެ. ވަރަށް ބޮޑަށް މައުލޫމާތެއް ބޭނުންވޭ ދަނޑިވަޅުގައި ނުލިބުމުން އެ އަންނަ މާޔޫސްކަމުގައި ހިތަށް އަރަނީ އޭނާ އަށް އަހަރެންގެ އެއްވެސް ކަވަރޭޖެއް ނުލިބޭނެ އެވެ. އެކަމަކު އެތިކަލީ ވިސްނާލުމުން އެނގެނީ އެއީ ރަނގަޅު ގޮތެއް ނޫން ކަމެވެ. ސަބަބަކީ ނޫސްވެރިންނަކީ ތެދު ހަބަރާއި މައުލޫމާތު، އެއީ ކޮންމެ މީހަކާ ގުޅުން ހުރި ކަމުގައިވީ ނަމަވެސް ގެނެސްދޭން ޖެހޭނެ ބަޔަކަށްވާތީ އެވެ. ނޫސްވެރިން ޒާތީވާ ނަމަ އެ މަސައްކަތް ރަނގަޅަށް ނުކުރެވޭނެ އެވެ. އެހެންކަމުން ނޫސްވެރިޔާ އަށް މީހެއްގެ ފަރާތުން ކޮންމެ ކަމެއް ކުރިމަތިވީ ނަމަވެސް، ނޫސްވެރިޔާ އަމަލުކުރަން ޖެހޭނީ ޕްރޮފެޝަނަލް މިންގަނޑުންނެވެ.

މި ޒަމާނުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ހައްގުތަކުގެ ވާހަކަ އެވެ. އެއް ބަޔަކު ހައްގު ހޯދަން މަގުތަކަށް ނުކުތުމުން އަނެއް ބަޔެއްގެ ހައްގު ގެއްލޭ ކަމަށް ވެސް ބުނެ ޝަކުވާކުރެ އެވެ. ނޫސްވެރިކަމުގައި ވެސް "ހައްގު" މިއީ ވަރަށް ބޮޑަށް ބޭނުންކުރެވޭ ބަހެކެވެ. ތި ހަބަރެއް ނުޖެހޭނެޔޭ ތިއީ ތިމަންނާގެ އަމިއްލަ ޒާތީ ދިރިއުޅުމޭ ބުނެ ނޫސްވެރިންނަށް ހަމަލާތައް އާދެ އެވެ. ރާއްޖޭގެ ނޫސްވެރިކަމުގައި ފަހުން ހިނގި ކަމެކެވެ. މަގުމަތީގައި އުޅެމުން ދިޔަ ކުޑަ ކުދިންތަކެއްގެ ނިކަމެތި ހާލުގެ ވާހަކަ ނޫސްވެރިއަކު ރިޕޯޓްކުރަން ބޭނުންވި އެވެ. އެ ކުދިންގެ މައިންބަފައިން އުޅެމުންދާ ވިޔާނުދާ ދިިރިއުޅުމާއި އެ ދިރިއުޅުމުގެ ސަބަބުން ކުދިންނަށް އަޅާނުލާ ވާހަކަ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ބުނަނީ އެ ވާހަކަތައް ރިޕޯޓްނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭރުން އެ ކުދިންގެ މައިންބަފައިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެއް އާއްމުންނާ ހަމަޔަށް ތިލަވުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު ނޫސްވެރިޔާ ގަސްދުކުރީ ލިޔާށެވެ. ސަބަބަކީ މައިންބަފައިންގެ ހައްގު ގެއްލިދާނެތީއޭ ބުނެ އެ ވާހަކަތައް ނުލިޔެ ހުރެއްޖެ ނަމަ ކުދިންގެ ހައްގުތަކެއް ގެއްލޭނެތީ އެވެ. ކުދިންނަށް އަޅާލުމަކީ މައިންބަފައިންގެ ޒިންމާއަކަށްވީ ހިނދު އެކުދިންގެ ހައްގު ހޯދައިދިނުމަށްޓަކައި މައިންބަފައިންގެ ޒާތީ ވާހަކަތައް ގެނައުމަކީ މައްސަލައެއް ނޫންކަމަށް އެ ނޫސްވެރިޔާ އަށް ގަބޫލުކުރެވުނެވެ.

ހަގީގަތް ހާމަކުރުމަކީ ވަކި އަތަކަށް ޖެހުން ހެއްޔެވެ؟ މިއީ އަހަރެންގެ ނޫސްވެރިކަމުގެ ކެރިއަރުގައި އެންމެ ގިނައިން ހިތުގައި އުފެދޭ ސުވާލެކެވެ. ކަނޑައެޅިގެން ކަމެއްގެ ހަގީގަތް އެނގި އެ ވާހަކަ ރިޕޯޓްކުރުމުން ވަރަށް ގިނައިން އަމާޒުވާ ތުހުމަތަކީ ތިހިރީ ވަކި އަތަކަށް ޖެހިފައި ކަމެވެ. އެހެންވެ ވަރަށް ގިނައިން އެ ސުވާލު އަމިއްލަ ނަފުސާ ވެސް ކުރަން ޖެހެ އެވެ. ނޫސްވެރިކަމުގެ އެތިކްސްގައި ވަކި އަތަކަށް ނުޖެހުމަކީ، ކަމެއްގެ ދެކޮޅު ރަނގަޅަށް ބަލައި، ހޯދުނު ހޯދުންތައް ސީދަލަށް ތެދަށް ރިޕޯޓްކުރުމެވެ. ގައުމީ ކުޅިވަރު ޓީމަކުން މުހިއްމު ކުޅުންތެރިޔަކަށް ފުރުސަތު ނުދިން މައްސަލައިގައި ވަރަށް ގިނައިން ފާޑުކީމެވެ. ސަބަބަކީ އޭނާ ޓީމަށް ނުނަގަން ގައުމީ ކޯޗު ދެއްކި އުޒުރުތައް ދެކޮޅު ނުޖެހޭތީ އެވެ. އެއާ އެކު އަހަންނަށް ސުވާލުތަކެއް އަމާޒުވި އެވެ. ކުޅުންތެރިޔާގެ ފަޅި އަހަރެން އިހުތިޔާރުކުރީމަ އެވެ. އެކަމަކު ދިމާލަށް ފެންނަން އޮތް ކަމެއްގައި ގޯސް ހަދާފައި އޮތީ ކޯޗު ކަމަށް ވަންޏާ އެކަމުގައި އޭނާ އަށް ފާޑުކިޔައި ކުޅުންތެރިޔާގެ ދިފާއުގައި ނުކުތުމަކީ ވަކި އަތަކަށް ޖެހުން ހެއްޔެވެ؟ އަހަންނަށް އެކަން ގަބޫލެއް ނުކުރެވެ އެވެ. އަހަރެންގެ ނަފުސަށް ގަބޫލުކުރެވުނީ ހަމަހަމަ ވުމަކީ ހަގީގަތް ހާމަކުރުމެވެ. ހަމަހަމަކުރާށޭ ބުނެ ހަގީގަތް ހާމަނުކުރުމަކީ ވަކި އަތަކަށް ޖެހުމެވެ.

ރާއްޖޭގެ ނޫސްވެރިންނަށް މިފަދަ އެތިކަލް ވަރަށް ގިނަ ސުވާލުތައް ކޮންމެ ދުވަހަކު ވެސް ކުރިމަތިވެ އެވެ. ބައެއް ނޫސްވެރިން އެކަންކަމުގައި ގޮތް ނިންމަނީ އެޑިޓަރުންގެ މަޝްވަރާއާ އެކު އެވެ. އެކަމަކު ވެސް ގޮތް ނުނިންމައި ނުވަތަ މިއީ އެތިކަލީ ގޮތެއް ނިންމަން ޖެހޭ ދަނޑިވަޅެއްކަން ނޭގޭ ހާލަތްތައް ވެސް ނޫސްވެރިންނަށް ކުރިމަތިވެ އެވެ. އެކަމުގެ ހައްލަކީ ނޫސްވެރިން ކަމާ ގުޅޭ ތައުލީމު ހޯދުމާއި އަމިއްލަ ނަފުސަށާއި މި ޕްރޮފެޝަނަށް ތެދުވެރިވުމެވެ. އަވަހަށް ހަބަރު ބްރޭކްކުރުމަށް އިސްކަންދޭ ގޮތަށް، ތިމާ އަށް މި ލިޔެވޭ ހަބަރަކީ އެތިކަލް މިންގަނޑުން ބަލާއިރު ފުރިހަމަ ހަބަރެއްތޯ ވެސް ބަލަން ޖެހެ އެވެ. ތިމާ ދޫކޮށްލާ ހަބަރުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ހިނގައިފާނެ ހަމަނުޖެހުމަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކާ މެދު ވިސްނަން ޖެހެ އެވެ. އެ ހަބަރެއްގެ ސަބަބުން ބަޔަކަށް ނަފުސާނީ ގޮތުން ވެސް އަސަރުކޮށްފާނެ އެވެ. ޖިސްމާނީ ގެއްލުމަކަށް ވެސް މަގު ފަހިވެދާނެ އެވެ. މިއީ ހުސް ނޫސްވެރިން ވިސްނަން ޖެހޭ ކަންކަމެވެ.

ބައެއް ނޫސްވެރިން އެތިކަލީ ކުރާ އެފަދަ ގޯސް އަމަލުތަކުގެ ހަޑި ނަން މުޅި ނޫސްވެރިކަމަށް ލިބެ އެވެ. ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް އެފަދަ ފާޑުކިޔުން އަމާޒުވެ އެވެ. ނޫސްވެރިންނަކީ ގައުމުގެ ކަންކަން އިސްލާހުކުރަން ޖެހޭ ބަޔަކަށްވާ އިރު ނޫސްވެރިން ތިބެން ޖެހޭނީ އެ ހުރިހާ ފާޑުކިޔުންތަކުން ސަލާމަތްވެގެންނެވެ. ނޫސްވެރިންގެ މައްސަލަތައް ކޮންމެ ދުވަހަކު ރައްޔިތުން ފާހަގަކޮށް ކިޔައިދޭންވެއްޖެ ނަމަ ނޫސްވެރިންގެ ކުރާ މަސައްކަތުގެ އަގު ވެއްޓި އެ މަސައްކަތް ބަލައިގަންނާނެ ބަޔަކު ނުވާނެ އެވެ. ނޫސްވެރިންނަށް އެތިކަލް މިންގަނޑެއް ބޭނުންވާ އެންމެ މުހިއްމު ސަބަބަކީ އެއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox