"އަހަރެންނަކީ ހެންވޭރު މީހެއް، ވޯޓުލާން ޖެހެނީ ގަލޮޅަށް"

"އަހަރެންނަކީ ހެންވޭރު މީހެއް، ވޯޓުލާން ޖެހެނީ ގަލޮޅަށް"

"އަހަރެންނަކީ ހެންވޭރު މީހެއް، އެކަމަކު ވޯޓުލާން މި ޖެހެނީ ގަލޮޅަށް،"

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސަރަހައްދުގައި މިއަދު ވޯޓުލާންޖެހޭ ދާއިރާއާ މެދު އުފެދިފައިވާ އޮޅުންބޮޅުމަށް އިޝާރާތްކޮށް އެކަކު ބުންޏެވެ.

މި ފަހަރުގެ ކައުންސިލް އިންތިހާބަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މާލޭގެ ދާއިރާތައް ބެހި އިރު މާލޭގެ ހަ ދާއިރާ އޮތީ އޮޅުންބޮޅުން ބޮޑުވެފަ އެވެ. މިހެން ހެދުމުން ގަލޮޅުގެ މީހުން ހެންވޭރަށް އަދި މާފަންނު މީހުން މައްޗަންގޮޅިއަށް ވެސް ވޯޓުލާން ޖެހެ އެވެ.

މި ބަދަލު ގެނައުމާ އެކު މާލޭގެ ބައެއް މީހުން ނުރުހުންފާޅުކުރި އެވެ. އެކަމަކު މިއީ ހައްލު ހޯދަން އުނދަގޫ ކަމެއް ކަަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.

އީސީން އޭރު ބުނެފައިވަނީ، އެކަން ކޮށްފައިވަނީ އެންމެ އިންސާފުވެރިކަމާއެކު، ރަނގަޅަށް ކަމަށެވެ.

ނަމަވެސް، މިއަދު ވޯޓުލާން ނުކުންނައިރު، ޒަމާނުއްސުރެ ވޯޓުލަމުން އައި ދާއިރާ ވަނީ ބަދަލުވުމުން ބައެއް މީހުން ހިތްހަމަނުޖެހޭ ގޮތްވީ އެވެ.

މި އޮޅުން އަރަން މެދުވެރިވީ، ގާނޫނަށް ގެނައި އިސްލާހުގައި ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 60،000 އަށް ވުރެ އިތުރު ނަމަ، 18 އިންތިހާބީ ދާއިރާ ކަނޑައަޅަންވާނެ ކަމަށް ހިމެނުމުންނެވެ.

މޭޔަރާ އެކު މާލެ އަށް މި އިންތިހާބުގައި 18 ކައުންސިލަރުން ހޮވަންޖެހޭއިރު، ކައުންސިލަރުން ނިސްބަތްކުރާނެ 18 ދާއިރާއަކަށް މީހުން ބެހީ، ބައެއް ދާއިރާތަކަށް ދެ އަވަށުގެ މީހުން އެއްކޮށްލައިގެންނެވެ.

އެހެން ހެދުމުން، ބައެއް މީހުން ދެ ދާއިރާއަކަށްވެސް ނިސްބަތްވެ އެވެ.

މާލެ 18 ދާއިރާ އަށް ބަހާލާފައިވާ ގޮތް.
މާލެ 18 ދާއިރާ އަށް ބަހާލާފައިވާ ގޮތް.

މާލެ 18 ދާއިރާ އަށް ބަހާލާފައިވާ ގޮތް.

މާލޭގެ ދާއިރާތައް މަސްހުނިވެ، ޒަމާނުއްސުރެ އޮތް އަވަށްތަކުގެ ސަގާފަތް މި ބަދަލާއެކު ގެއްލިގެން ގޮސްފައިވާކަމީ ގިނަ ބައެއްގެ ޝަކުވާ އެވެ.

އިލެކްޝަނުން ބުނަމުންދަނީ، މާލޭގެ ދާއިރާތައް ބަހާފައިވަނީ ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އާއްމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.

ނަމަވެސް، މާލޭ ސަރަހައްދުގައި މިއަދު 51،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭއިރު، މި ބަދަލު ގެނައިކަން ނޭނގޭ ގިނަ ބަޔަކު އެބަ ތިއްބެވެ.

ވޯޓުލާން
ވޯޓުލާން

ވޯޓުލާންޖެހޭ ފޮށި ޔަގީންކުރާނެގޮތް. ގްރެފިކްސް: އަހުމަދު އިހްސާނު/އަދަދު

ކުރިން ބޭއްވި އިންތިހާބުތަކުގައި ޒަމާނުއްސުރެ ވޯޓު ލަމުން އައި މަރުކަޒާއި، ދާއިރާވެސް ބަދަލުވެފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ވޯޓުލާން ދިޔުމުގެ ކުރިން، އެކަން ޔަގީންކޮށްލަންޖެހެ އެވެ. ކުރިން ހެންވޭރަށް ވޯޓުލީ މީހަކު، މިއަދު ގަލޮޅަށް ވޯޓުލާން ޖެހިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox