ވިލުފުއްޓަށް މާލޭން އޮފިޝަލުން ގެންދަނީ

އީސީގެ އޮފިޝަލެއް: ވިލުފުއްޓަށް މާލޭން އޮފިޝަލުން ގެންދަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އީސީގެ އޮފިޝަލެއް: ވިލުފުއްޓަށް މާލޭން އޮފިޝަލުން ގެންދަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހަރަކާތްތެރިވުމަށް ތ. ވިލުފުށިން ހަމަޖެއްސި އޮފިޝަލުން ތަކެއް ކަރަންޓީން ވުމުގެ ސަބަބުން މާލޭން އެ ރަށަށް އޮފިޝަލުން ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ވިލުފުށީގައި ބަހައްޓާ ދެ ވޯޓް ފޮށީގެ ގިނަ އޮފިޝަލުންތަކެއް ކަރަންޓީން ވިއިރު އެ ރަށުން އިތުރު އޮފިޝަލުން ނުލިބުނު ކަމަށެވެ. މާލޭން އެ ރަށަށް އޮފިޝަލުން ގެންދަން ޖެހޭތީ އެ ރަށުގައި ވޯޓްލުން ފެށޭނީ އެ އޮފިޝަލުންނަށް އެ ރަށަށް ދެވުމުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން ވިލިފުށީގައި ވޯޓްލާން ފެށޭނެ ސީދާ ވަގުތެއް އަދި ނޭނގެ އެވެ.

Advertisement

މ. ރަތްމަންދޫ އާއި ވ. ތިނަދޫން ވެސް އޮފިޝަލުން ނުލިބުމުން އެހެން ރަށްރަށުން އޮފިޝަލުން ގެންދަން ޖެހޭތީ އެ ދެ ރަށުގެ ވޯޓްލުން ވެސް ވަނީ މާދަމާ 7:30 އަށް ފަސްކޮށްފަ އެވެ.

އެހެން ރަށްރަށުގައި ވޯޓްލުން އޮންނާނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ.

ކޮވިޑުގެ ސަބަބުން އޮފިޝަލުން ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ނަމަވެސް މާލޭން ރަށްރަށަށް އޮފިޝަލުން ފޮނުވައިގެން ނަމަވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އީސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox