ފުލުހުންގެ ބޯޑް އެކުލަވާލައިފި

ދިވެހި ދިދަ އާއި ފުލުހުންގެ ރަސްމީ މަރުކަޒު: ރައީސް މިއަދު ވަނީ ފުލުހުންގެ ބޯޑް އެކުލަވާލައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ދިވެހި ދިދަ އާއި ފުލުހުންގެ ރަސްމީ މަރުކަޒު: ރައީސް މިއަދު ވަނީ ފުލުހުންގެ ބޯޑް އެކުލަވާލައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ފުލުހުންގެ ހިދުމަތުގެ ގާނޫނުން އުފެދޭ، ފުލުހުންގެ ބޯޑް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވައިފި އެވެ.

ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.

ފުލުހުންގެ ބޯޑް މެމްބަރުން

  • އަހުމަދު ފަޔާޟް ހަސަން، މ.ހަޒާރީވިލާ
  • އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
  • އަލީ ފާއިޒު، މއ.މަނާގެ
  • އަހުމަދު ނާޝިދު، މއ.ގޯލްޑަންމޫން
  • އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  • ހާމިދު އަބްދުލްޣަފޫރު، ހ.ޝޭޑީކޯނާ
  • ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ފުލުހުންގެ ބޯޑްގެ އާންމުންގެ ތެރެއިން އައްޔަން ކުރާ މެންބަރުންގެ ގޮތުގައި މަޖިލީހުން ކަނޑައެޅީ ހާމިދު އާއި ސަފާ އެވެ.

Advertisement

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅެކެވެ.

ސަފާއަކީ، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ.

އަލަށް އުފެދިގެންދާ މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ.

މިދިޔަ މަހު ފަހުކޮޅު އަމަލު ކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން ބޯޑަށް ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި އެހެން މަގާމުތަކުގެ ފުލުހުންގެ މައްސަލަތައް ބެލުމުގެ ބާރު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox