ޑައުންޕޭމަންޓާ ނުލައި ހިޔާ ފްލެޓްގެ ކުއްޔަކީ 7،500 ރުފިޔާ

Apr 7, 2021, 4:38 PM
ހިޔާ ފްލެޓްތައް: ޑައުންޕޭމަންޓާ ނުލައި ކުއްޔަކީ 7،500 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފަ

ހިޔާ ފްލެޓްތައް: ޑައުންޕޭމަންޓާ ނުލައި ކުއްޔަކީ 7،500 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފަ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ ކުއްޔަކީ ޑައުންޕޭމަންޓް ނުދައްކާނަމަ، މަހަކު 7،500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ޑައުންޕޭމަންޓާއެކު ކުއްލި ދައްކާނަމަ ކުލި ކުށަވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑައުންޕޭމަންޓަށްވާ ފައިސާ ދައްކާ މީހުންނަށް ދެ އޮޕްޝަނެއް ދޭނެ އެވެ. އެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، 7،500 އަކީ ފްލެޓްގެ އަގާ ބަލާފައި ވަރަށް ކުޑަ އަގެކެވެ. ހިޔާ ފްލެޓްތައް އިމާރަތް ކުރުމުގެ އަގާއި ލޯނު ފައިނޭންޝަލް ހަރަދާއެކު އަސްލު ކުއްޔަކީ 11،000 ރުފިޔާ ކަމަށް ވިދާޅުވި އެވެ. އެ ބުރަ އެޗްޑީސީއިން އުފުލަން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި، ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓުތައް ބެހުމަށް ނަގާ ގުރުއަތުލުން މާދަމާ ފެށުމަށް ވަނީ ނިންމާފަ އެވެ. ލައިވްކޮށް ކުރިއަށް ގެންދާ ގުރުއަތުލުން ހަފުތާއަކަށް ދެމިގެންދާނެ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ގުރު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ކަމަށެވެ. ގުރުއަތު ނަގާނީ އެ ކެޓަގަރީއަކުން ފްލެޓް ލިބިފައިވާ މީހުންގެ އައިޑީކާޑް ނަމްބަރުގެ ތަރުތީބުންނެވެ.

ގުރު ނަގާއިރު ނެގުނު ފްލެޓާއި ފްލޯއާއި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ދެއްކުމަށް ވަނީ ނިންމައިފަ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރި ފަރާތަށް އެ މައުލޫމާތު ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox