މި ސަރުކާރުގެ ތަފާތަކީ ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ކޮރަޕްޝަން މުޅިން ނައްތާ ނުލެވުނު ނަމަވެސް، މި ސަރުކާރުގެ ތަފާތަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވަން ކުރަމުންދާ މަސައްކަތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނާއި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރެން މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި މިނިސްޓަރު އަމީރު ވަނީ ސަރުކާރުން ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ކޮރަޕްޝަން ހުއްޓުވަން މިހާރަށް ވުރެ އުސޫލުތައް ހަރުދަނާކޮށް، ނިޒާމުތައް ގާއިމްކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެ ބަދަލުތަކާ އެކު ކޮންމެ މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނަސް އެ މައްސަލަ ބެލޭނެ ކަމަށް އޭނާ ވިދާޅުވީ އެވެ.

"މި ތަފާތުތަކާއެކު ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ކުންފުނިތަކުގެ އެންމެ އިސް ފަރާތްތަކަށް އިނގިލި ދިއްކުރެވޭ މައްސަލަތައް ވެސް އެދަނީ ބެލެމުން،" އަމީރު ވިދާޅުވި އެވެ.

ވަގު ހިފޭނެ ޕޮލިސީތައް ގާއިމްވެގެން ދާނެ

ނިޒާމުގައި ކޮރަޕްޝަން އަށަގެންފައިވާ ވަރަށް ބަލާއިރު ކޮރަޕްޝަން ނައްތާލަން އުނދަގޫ ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ބަދަލުކުރުމަށެވެ.

މިއަދު ތައާރަފުކުރި ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނަށް އިޝާރާތްކުރައްވާ އަމީރު ވިދާޅުވި ގޮތުގައި، އެފަދަ ޕޮލިސީތަކާއެކު "ވަގު" ހިފޭނެ މެކޭނިޒަމްތައް ގާއިމު ވެގެންދާނެ ކަމަށެވެ.

އަމީރު ވަނީ މި ހަފުލާއަށް ހާޒިރުވެ ތިއްބެވި އޮޑިޓާ ޖެނެރަލަށާއި އޭސީސީގެ ރައީސްއަށް ނިސްބަތް ކުރައްވާ، އެ ފަރާތްތަކަށް މިނިވަންކަމާއެކު ޒިންމާ އަދާކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox