ޖޮބް ސެންޓާ ޕޯޓަލްއާ އެކު ރާއްޖޭގެ ވަޒީފާގެ ބާޒާރު ވާޗުއަލްކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ: އާ ފީޗާސްތަކަކާ އެކު ޖޮބް ސެންޓާ ޕޯޓަލް މިއަދު ވަނީ ލޯންޗްކޮށްފައި. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ: އާ ފީޗާސްތަކަކާ އެކު ޖޮބް ސެންޓާ ޕޯޓަލް މިއަދު ވަނީ ލޯންޗްކޮށްފައި. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕޯޓަލްއަށް އާ ފީޗާސްތަކަކާ އެކު ރާއްޖޭގެ ވަޒީފާގެ ބާޒާރު ވާޗުއަލްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ދިވެހި ބަހުން ވެސް ބޭނުންކުރެވޭ ގޮތަށް އެ ޕޯޓަލް ރީލޯންޗްކޮށްފަ އެވެ.

މިކަން އިއުލާންކުރަން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ އިއުލާންކުރާ ހިސާބުން ފެށިގެން ގޮސް ވަޒީފާ ހަމަޖެހެންދެން ހުރިހާ މަރުހަލާއެއް އެ ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭގެތެރޭގައި ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމާއި އިންޓަވިއު ކުރުން ވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި ބަދަލާ އެކު މިއަދުން ފެށިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރު ވާޗުއަލް ކުރެވުނީ އެވެ.

ޖޮބް ސެންޓާ ޕޯޓަލް ވެބްސައިޓް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ވަޒީފާ ހޯދާ މީހުންނަށް ހާއްސަ ޕޯޓަލް އާއި ވަޒީފާ ދޭ ފަރާތްތަކަށް ހާއްސަ ޕޯޓަލްގެ އިތުރުން ވަޒީފާތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް ހާއްސަ ޕޯޓަލް އެވެ.

ވެބްސައިޓުގެ އާ ފީޗާތައް

  • ކުރިން ވެބްސައިޓު ބޭނުން ކުރެވެނީ އިނގިރޭސި ބަހުން އެކަނި ނަމަވެސް، މިހާރު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ބޭނުން ކުރެވޭނެ
  • ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް ޕޯޓަލްގައި ރަޖިސްޓްރީ ކުރާނެ، އަދި ބައެއް ވަޒީފާތައް އެ މީހުންނަށް ހާއްސަ ކުރާނެ
  • އިންޓަވިއުއަށް ކިޔައި، ޕޯޓަލްގެ ތެރެއިން އިންޓަވިއު ކުރިއަށް ގެންދާނެ

ޖޮބް ސެންޓާ ޕޯޓަލްއަކީ އިކޮނޮމިކް މިނިސްޓްރީން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަސޭހައިން ފަހިކޮށްދިނުމުގެ މަގުސަތުގައި ގާއިމްކުރި ވެބްސައިޓެކެވެ.

އެ ޕޯޓަލްގައި މިހާތަނަށް 36،734 މީހަކު ރަޖިސްޓްރީ ވެފައި ވާއިރު، ވަޒީފާދޭ 864 ވިޔަފާރިއަކުން ވަނީ ރަޖިސްޓްރީ ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox