ހިޔާގެ މައްސަލަ: މިނިސްޓަރު އައިޝާއާ ސުވާލުކުރަނީ

Apr 7, 2021, 6:22 AM
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ހިޔާގެ ހާލަތު ގޯސްވެފައިވާ މައްސަލައިގައި އޭނާއާ ސުވާލުކުރަން މަޖިލިސް ކޮމިޓީން ވަނީ ނިންމާފައި. -- ފޮޓޯ / ރައީސް އޮފީސް

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ހިޔާގެ ހާލަތު ގޯސްވެފައިވާ މައްސަލައިގައި އޭނާއާ ސުވާލުކުރަން މަޖިލިސް ކޮމިޓީން ވަނީ ނިންމާފައި. -- ފޮޓޯ / ރައީސް އޮފީސް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަމެއް ނެތި އިހުމާލުތަކެއް ފާހަގަވެފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީން އިއްޔެ މިގޮތަށް ނިންމީ ހިޔާއާ ގުޅޭ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ފާޅުކުރެއްވި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

ކޮމިޓީއަށް މިނިސްޓަރު އައިޝާ އިއްޔެ ވަޑައިނުގަތް ސަބަބާ ގުޅޭ ގޮތުން މެމްބަރުން ސުވާލުކުރެއްވުމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ މިނިސްޓަރު ހުންނެވީ ޗުއްޓީއެއްގައި ކަމަށެވެ. މިނިސްޓަރުގެ ބަދަލުގައި ކޮމިޓީގައި އިއްޔެ ޖަވާބުދާރީވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ އެވެ.

Advertisement

ހިޔާގެ ހާލަތު، ނިއުމަތު ސިފަކުރެއްވި ގޮތުން އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ހަމައެކަނި "ބަންދުކޮށްފައި" ތިބުމެވެ. އަހުލާގީ ގޮތުން ކުދިން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރުމާއި އުނގެނުމުގެ ފުރުސަތު ނެތް ކަމަށް ވެސް ކަމަށް ވިދާޅުވި އެވެ.

ނިއުމަތުގެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީމް) އިން ވެސް ވަނީ ހިޔާގައި ކަންކަން ރަނގަޅު ނުވާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

އެ ކޮމިޝަންގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ހައްލުކުރަން އެދެމުން އައި ބައެއް ކަންކަމަށް އެދެވޭ ހައްލުތަކެއް އަދިވެސް ނުހޯދި އެބަހުރި ކަމަށެވެ.

އެކަމަކު ކޮމިޓީގައި ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ މައްސަލަތަަކަށް ގިނަ ހައްލުތަކެއް ހޯދުނު ކަމަށެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބި ކުދިން "އަމާން ވެއްޓަށް" ރަށްރަށަށް ބަދަލުކުރީ ވެސް އެހެންވެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox