ކޯޓުން ދިން މުއްދަތު ހަމަވެއްޖެ؛ އަލީގެ އެޑްރެސް ނުހޯދުނު!

އަލީ ވަހީދު: އޭނާ ދިރިއުޅޭ އެޑްރެހެއް ދައުލަތަށް ނުހޯދުނު - ފޮޓޯ: ޕީއެސްއެމް

އަލީ ވަހީދު: އޭނާ ދިރިއުޅޭ އެޑްރެހެއް ދައުލަތަށް ނުހޯދުނު - ފޮޓޯ: ޕީއެސްއެމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ހައިކޯޓުން ދިން މުއްދަތުގައި އެ އެޑްރެސް ހޯދިފައިނެތްކަން އަންގައިފި އެވެ.

މިހާރު ހައިކޯޓުގައި އޮތް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލާގެ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ޗިޓް ފޮނުވޭ ގޮތް ނުވުމުން ހައިކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އެންގީ އެއް ދުވަހުގެ ތެރޭގައި އޭނާ މިހާރު ދިރިއުޅޭ އެޑްރެެހެއް ހޯދުމަށްފަހު ކޯޓަށް ހުށަހެޅުމަށެވެ.

އެ މުއްދަތު މިއަދު މެންދުރުފަހު 2:00 އަށް ވަނީ ހަމަވެފަ އެވެ.

Advertisement

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ އޮފީހުން އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް އެނގޭތޯ ފުލުހުން ކައިރިން އޮޅުންފިލުވުމުން، ފުލުހުންނަށް އެ އެޑްރެސް ނޭނގޭ ކަމަށް އަންގާފައިވާ ކަމަށެވެ.

"އެހެންވެ، އެކަން އަޅުގަނޑުމެން ވާނީ މިއަދު ހައިކޯޓަށް އަންގާފައި،" ޝަފީއު ވިދާޅުވި އެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް ޗިޓް ނުފޮނުވި، މިހާރު އޭނާ އުޅޭ އެޑްރެހެއް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހައިކޯޓުން އެންގި ނަމަވެސް، ޝަފީއު ވިދާޅުވި ގޮތުގައި ޝަރީއަތްތަކަށް ކޯޓަށް މީހުން ހާޒިރު ކުރުމަކީ އެ އޮފީހުގެ ޒިންމާއެއް ނޫނެވެ.

"އެއީ ކޯޓުތަކުގެ ޒިންމާއެއް،" ޝަފީއު ވިދާޅުވި އެވެ.

އަޑުއެހުމުގައި ވީގޮތް

އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެ މައްސަލާގެ ބެންޗުގައި އިންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި ގޮތުގައި، އަލީ ވަހީދު ދިރިއުޅޭ ކަމަށް ދައުލަތުން ދީފައިވާ އެޑްރެހުގައި އޭނާ ނޫޅޭ ކަމަށާއި އެހެންވެ، ޗިޓް ހަވާލު ކުރެވިފައިނުވާ ކަމަށެވެ. ދައުލަތުން ދީފައިވާ އަލީ ވަހީދުގެ މެއިލާއި ވައިބާ އަދި ވަޓްސްއެޕް ނަންބަރަށް ވެސް ޗިޓް ފޮނުވި ކަމަށާއި ނަމަވެސް އެ އޭނާއަށް ލިބުނުކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މި ހާލަތުގައި ކިހިނެއްތޯ މައްސަލަ ކުރިއަށް ގެންދާނީ؟" ފަނޑިޔާރު ފައިސަލް އެއްސެވި އެވެ.

ޖަވާބުގައި ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް، ފަރަހަނާޒް މުހައްމަދު ވިދާޅުވީ އަލީ ވަހީދު ޝަރީއަތަށް ފިލައިގެން ގޮސްދާނެ ކަމަކީ އަންދާޒާ ކުރި ކަމެއް ކަމަށާއި އޭނާގެ މައްޗަށް ޝަރީއަތް ހިންގުން އަދުލުއިންސާފު ގާއިމް ކުރުމަށްޓަކައި މުހިންމު ކަމަށެވެ.

"އޭނާއަށް ޗިޓް ފޮނުވުމުން، އެ ރިސީވްވުމުން ޗިޓް ރައްދުވީ ކަމުގައި ބަލަން ޖެހޭނީ،" ފަރަހަނާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ފައިސަލް ދެން އެއްސެވީ، އަލީ ވަހީދު މިހާރު އުޅޭ އެޑްރެސް ދައުލަތަށް އެނގޭތޯ އެވެ. އަދި ސީދާ ޖަވާބު ދެއްވުމަށެވެ.

ފަރަހަނާޒް ވިދާޅުވި ގޮތުގައި، އަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ދައުލަތަކަށް ނޭނގެ އެވެ. އަދި، ހައިކޯޓަށް އަލީ ވަހީދު މިހާރު އުޅޭ އެޑްރެހުގެ ގޮތުގައި ދައުލަތުން ހުށަހެޅިއިރު ވެސް އެ އެޑްރެހުގައި އޭނާ ނޫޅޭ ކަމަށާއި ނަމަވެސް އާންމުންކޮށް މާލޭގައި އުޅޭނަމަ، ދިރިއުޅެނީ އެ އެޑްރެހުގައި ކަމަށް ފަރަހަނާޒް ވިދާޅުވި އެވެ.

"އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅޭ އެޑްރެހެއް ދައުލަތަކަށް ނޭނގެ،" ފަރަހަނާޒް ވިދާޅުވި އެވެ. "އޭނާ ދިރިއުޅޭ ގައުމެއް ހޯދުމުގެ މަސައްކަތް ކުރެވިދާނެ،"

ދެން ބަހުސަކަށްވީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންނެވެ. މި މައްސަލަ އަލީ ވަހީދުގެ ގައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ، ފަނޑިޔާރު ފައިސަލް ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތް ކުރައްވަމުން އެއްސެވި އެވެ.

ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމުގައި، މަދަނީ ގޮތުން ގޮތް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ހުކުމްގައި ބުނެފައިވެ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، މި ހާލަތުގައި އަލީ ވަހީދުގެ މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފަރަހަނާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައި އޮތް މައްސަލައަކީ ސީދާ ގޮތުން ޝަރީއަތް ހިންގާފައިވާ މައްސަލައެއް ކަމާއި ނަމަވެސް އަލީ ވަހީދުގެ މި މައްސަލައަކީ، ސީދާ ގޮތުން ޝަރީއަތުގައި އޮތް މައްސަލާގެ މައުލޫއާ ގުޅުން ނެތް މައްސަލައެއް ކަމަށެވެ.

"...ނަމަވެސް އަދުލުއިންސާފު ގާއިމް ކުރުމަށްޓަކައި މި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އެ ދައުވާތައް އެހެން އޮތްވައި އޭނާގެ ފުރައިގެން ދިޔުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.

އޭނާއަށް ފުރުމުގެ ހުއްދަ ދެއްވި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އަލީ ވަހީދުގެ މައްސަލައަށް ފާރަވެރިވުމަށް ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައިބަދައިގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ، އަލީ ވަހީދު ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީއަށެވެ. އޭނާ މަސައްކަތް ކުރެއްވީ ތުރުކީ މަގުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

އަލީ ވަހީދުގެ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައިވީ ނަމަވެސް، ފުރައިގެން ވަޑައިގެންނެވި ފަހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މި މައްސަލައަކީ، އަލީ ވަހީދު ފްރޭމް ކުރުމުގެ ގޮތުން ފެންމަތިކޮށްގެން އުޅޭ މައްސަލައެއް ކަމަށް އަޑު ފަތުރާފައިވާއިރު އެފަދަ ކަމެއް ތަހުގީގަށް ފާހަގަވެފައި ނެތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox