މާޝިއަލް އަށް ސީޒަން ނިމުމުގެ ބިރު ބޮޑު

Apr 5, 2021, 4:03 AM
މާޝިއަލް އަށް ސީޒަން ނިމުމުގެ ބިރު ބޮޑު

މެންޗެސްޓާ (އޭޕްރީލް 5) - ކަކުލަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވެ ދެން މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އަށް ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އުމުރުން 25 އަހަރުގެ މާޝިއަލްގެ ކަކުލަށް އަނިޔާވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ކަޒަކްސްތާން އަތުން ފްރާންސް މޮޅުވި މެޗުގަ އެވެ. އެ މެޗަށް ފަހު ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރީ މާޝިއަލްގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ބުނެ އެވެ. އެކަމަކު ފަހުން ހެދި ޓެސްޓްތަކުން އެ އަނިޔާ ސީރިއަސްކަން އެނގިފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ސޯލްޝެއާ ބުނީ ސީޒަނުގެ ބާކީ ބައިގައި މާޝިއަލް ނުލައި ކުޅެން ޖެހިދާނެ ކަމަށެވެ.

"މި ސީޒަނުގެ ނިޔަލަށް މާޝިއަލް އަށް ދެން ނުކުޅެވުމުގެ ބިރު އޮތުމަކީ ދެރަ ކަމެއް. ފްރާންސްގެ ރިޕޯޓްތަކުން މާޝިއަލްގެ އަނިޔާ ސީރިއަސް ނޫން ކަމަށް ބުނި ނަމަވެސް މިހާރު ފެންނަނީ އެ މަންޒަރެއް ނޫން," ސޯލްޝެއާ ބުންޏެވެ.

މިދިޔަ ސީޒަނުގައި މާޝިއަލްގެ ފަރާތުން ފެނުނު މޮޅު ކުޅުން މި ސީޒަނުގައި އަދި އޭނާ އަށް ތަކުރާރެއް ނުކުރެވެ އެވެ. ސީޒަނުގައި މިހާތަނަށް އޭނާ އަށް ޖެހުނީ ހަތް ގޯލެވެ. އަދި 2021 ވަނަ އަހަރު ފެށި ފަހުން ކުޅުނު 19 މެޗުން ޖެހީ ތިން ގޯލެވެ. މި ސީޒަނުގެ ކުރީކޮޅުގައި ވެސް އަނިޔާގެ ސަބަބުން މާޝިއަލް އަށް މެޗުތަކެއް ގެއްލުނެވެ.

އައިވަރީ ކޯސްޓަށް ކުޅުމަށް ފަހު އެނބުރި އައިއިރު ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ ކޮވިޑަށް ޕޮޒިޓިވްވެފައިވުމުން ކުރިއަށް ހުރި ބައެއް މެޗުތައް އޭނާ އަށް ވެސް ގެއްލޭނެ އެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑުން ގްރަނާޑާއާ ދެކޮޅަށް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox