ހިއްކާ ބިމުން މާލޭގެ ރައްޔިތުންނަށް 2,000 ގޯތި ދިނުމުގެ ޕްލޭނެއް އެބައޮތް: މިނިސްޓަރު

މިނިސްޓަރު އަސްލަމް "އަދަދު"އާ ވާހަކަ ދައްކަވަނީ: މާލޭގައި ގޯތި ބޭނުންވާ ގިނަ ބަޔަކު ތިބި ނަމަވެސް އެންމެންނަށް ދޫކުރުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިނިސްޓަރު އަސްލަމް "އަދަދު"އާ ވާހަކަ ދައްކަވަނީ: މާލޭގައި ގޯތި ބޭނުންވާ ގިނަ ބަޔަކު ތިބި ނަމަވެސް އެންމެންނަށް ދޫކުރުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފަޅެއް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ޕްލޭންގައި އަމާޒަކީ މަދުވެގެން 2,000 ގޯތި އެތަނުން ދޫކުރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ. އެކަމަކު, މާލޭގައި މިވަގުތު ހުރި ބިންތަކުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރެވޭކަށް ނެތެވެ. ހުޅުމާލެ މީގެ 20 އަހަރު ކުރިން ހިއްކައިގެން ކޮންމެވެސް ވަރަަކށް ގޯތި ދޫކުރި ނަމަވެސް ޕްލޭންކޮށްފައި އޮތީ އެތަނުން ގޯތި ވިއްކާށެވެ.

މިނިސްޓަރު އަސްލަމް "އަދަދު"އަށް ވިދާޅުވީ މާލޭ ރައްޔިތުންގެ ތެރެއިން ގޯތި ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. ބިމެއް ހިއްކައިގެން ވެސް ބޭނުންވާ އެންމެންނަކަށް ގޯތި ނުދެވޭނެކަން ފާހަގަކުރެއްވި އެވެ.

އެހެންވިޔަސް މި ސަރުކާރުގެ ވިސްނުމަކީ ހިއްކައިގެން ބިން ދެވޭނެ ގޮތެއް ހެދުމެވެ. އެކަމަކު އެއީ ކޮންތަނެއް ކަން އަދި އިއުލާނެއް ނުކުރެ އެވެ.

"އަލަށް ހިއްކައިގެން ގޯތި ދޭން ވައުދުވެވަޑައިގެންނެވި ބިމުން 2000 މަދުވެގެން ދެވޭނެ ކަމަށް ޕްލޭނެއް އެބަ އޮތް," މިނިސްޓަރު ވިދާޅުވި އެވެ.

ގޯތި ދޫކުރަން ބިން ހިއްކަން ނިންމާފައި ވަނީ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ވެސް ނެދަލެންޑްސްގެ އެ ކުންފުނިންނެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ އަހަރުތަކެއް ވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެ, ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ މިނިސްޓަރު އަސްލަމަށް މި ކަންބޮޑުވުމުގެ ސުވާލުތައް އަމާޒުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox