ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ވައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕީޖީ, ޝަމީމް ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕީޖީ, ޝަމީމް ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް

ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ކަމަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރުމުން, ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުމުން ޕްރޮސިކިއުޓަ ޖެނެރަލް ވަނީ ދެ ފަހަރަށް ވެސް މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އޭސީސީގެ ތަހުގީގުން ދައުވާ ކުރެވޭނެ ވަރުގެ ހެއްކެއް ހޯދިފައި ނުވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެ އެވެ.

މި މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕީޖީ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ޕީޖީ އާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަކިކުރަން ހުށަހެޅުމާ މެދު ގޮތެއް ނިންމަން ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެކަމަށް ތާއީދެއް ނުލިބުނެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19ގެ ތެރޭގައި ޚިޔާނާތް ހިންގިކަން ފެންނަން އޮތް އިރު އެކަމާ ހަވާލުވާނެ މީހަކު ދައުލަތުގެ ތެރޭގައި ނެތުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އޭސީސީގެ ތަހުގީގުން ސާބިތުވާން އޮތް ކަމެއްގައި ދައުވާ ނުކުރުމުގައި ޕީޖީގެ އިހުމާލު އޮތް ކަމަށް އިދިކޮޅަށް ގަބޫލުކުރެވޭ ކަމަށާއި މައްސަލަ މާދަމާ މަޖިލީހަށް ވައްދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމަށް މަޖިލީހުގެ ވެސް އެއްބާރުލުން ލިބޭނެ. ސަބަބަކީ އެމްޑީޕީން އެބަ ގަބޫލުކުރޭ މިއީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް, ވައްކަމެއް ކަމަށް,“ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު 65 މެމްބަރުންނާ އެކު އެމްޑީޕީގައި އޮތް އިރު ޕީޕީއެމާއި ޕީއެންސީ ކޯލިޝަން ތަމްސީލްކުރައްވަނީ އަށް މެމްބަރުންނެވެ.

ވައްކަމާއި ހިޔާނާތާ ދެކޮޅު ކަމަށް އެމްޑީޕީން ބުނާ އިރު ޕީޖީ ވަކިކުރަން އެ ޕާޓީގެ ރުހުން ނުލިބެންވީ ސަބަބެއް ނެތް ކަމަށް އިދިކޮޅުން ބުންޏެވެ.

އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވެސް މަގާމުން ދުރުކުރަން އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ވެއްދި އެވެ. އެކަމަކު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު, އިމްރާން ވަކިކުރަން އެމްޑީޕީގެ ތާއީދެއް ނުލިބުނެވެ.

ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރި ގޮތުގެ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله އަމީން އާއި އެ މިނިސްޓްރީގެ 11 މުވައްޒަަފަކަށް ދައުވާ ނުކުރަން ޕީޖީގެ ނިންމެވުން ތިން ވަނަ ފަހަރަށް މުރާޖައާކޮށްދޭން އެދޭނެ ކަަމަށް އޭސީސީން ވަނީ ބުނެފަ އެވެ. ދައުވާކުރަން ބޭނުންވާ އުންސުރުތައް އެ މައްސަލައިގައި ހަމަނުވާ ކަމަށް ޕީޖީ ވިދާޅުވި ނަމަވެސް އޭސީސީން އެކަން ގަބޫލެއް ނުކުރެ އެވެ. އެ ކޮމިޝަނުން ބުނަނީ އެ މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ކަންކަމުން ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. މީގެތެރެއިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ ވެންޓިލޭޓަރުތައް ފޮނުވާނެ ކަމުގެ ޔަގީންކަމެއް ހެލްތު މިނިސްޓްރީއަށް ނެތުމުން މައްސަަލައިގައި އެޓާނީޖެނެރަލްގެ ލަފައަކަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox