ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓަޑް ފަރުގެ ރެކޯޑް ސަމާ އައިލެންޑަށް

ސަމާ އައިލެންޑުގެ 3ޑީ ޕްރިންޓަޑް ފަރުގައި އުޅޭ ވެނެއް: މި ފަރު އެ ރިސޯޓުގެ ފަޅު ތެރެއަށް ފެއްތީ 2018 ވަނަ އަހަރު. - ފޮޓޯ: ސަމާ އައިލެންޑް

ސަމާ އައިލެންޑުގެ 3ޑީ ޕްރިންޓަޑް ފަރުގައި އުޅޭ ވެނެއް: މި ފަރު އެ ރިސޯޓުގެ ފަޅު ތެރެއަށް ފެއްތީ 2018 ވަނަ އަހަރު. - ފޮޓޯ: ސަމާ އައިލެންޑް

ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓަޑް ފަރާ އެކު ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ސަމާ އައިލެންޑް ރިސޯޓަށް ޖާގަ ލިބިއްޖެ އެވެ.

ގިނިސް ރެކޯޑް ލިސްޓުން ޖާގަ ލިބުނު މި ފަރަކީ 2018 ވަނަ އަހަރުގެ ތެރޭގައި ސަމާ އައިލެންޑުން އެ ރިސޯޓުގެ މައި ޖެޓީ ކައިރިން އޮންނަ "ބްލޫ ލެގޫން" ޑައިވް ސައިޓަށް ފެއްތި 3ޑީ ޕްރިންޓަޑް ރީފް ސިސްޓަމެކެވެ.

މިއީ 3ޑީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މަރުވެފައިވާ ފަރުތަކަށް އަލުން ދިރުން ގެނުވޭތޯ އެ ރިސޯޓުން ފެށި އަޖުމަ ބެލުމުގެ މަސައްކަތެކެވެ.

މި 3ޑީ ޕްރިންޓަޑް ފަރުތަކަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ރީފް ޑިޒައިން ލެބްގެ ޑިޒައިނަރު އެލެކްސް ގޯޑްގެ އީޖާދެކެވެ. އަދި މި ފަރުތައް ފަރުމާ ކޮށްފައި ވަނީ ރާއްޖޭގެ ފަރުތަކާއި މުރަކަތައް އަސްލަކަށް ބަލައިގެންނެވެ. މި މުރަކަތައް ހަދާފައިވަނީ މުރަކަތައް ހެދިފައި ހުންނަ ކެލްސިއަމް ކާބޯނޭޓާ ވައްތަރު މާއްދާއެއް ކަމުގައިވާ ސެރަމިކް ބޭނުން ކޮށްގެންނެވެ.

އެންމެ ފަހުގެ 3ޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފެއްދި މި ފަރުގެ މޯލްޑްތައް ރާއްޖެ ގެނައުމަށް ފަހު ފެއްތީ ސަމާ އައިލެންޑްގެ ކޮރަލް ނާސަރީ ހުންނަ ސަރަހައްދު ކައިރިއަށް، ހަތް މީޓަރު އަޑިއަށެވެ. މި މޯލްޑުތަކުގައި އިންދި މުރަކަތަކަކީ ސަމާ އައިލެންޑުގެ ކޮރަލް ނާސަރީގައި އާލާކޮށްފައި ހުރި މުރަކަ އެވެ.

ކ. ޒިޔާރަތްފުށީގައި ތަރައްގީ ކޮށްފައިވާ ސަމާ އައިލެންޑް ރިސޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓްތަކުގެ ތެރެއިން ރިސޯޓެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލު ބީޗް ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސަމާ އައިލެންޑަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ބާރުއަޅާ ރިސޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox