ލަފާ ކުރި ވަރަށް ވުރެ ފެބްރުއަރީ މަހު ދައުލަތުގެ އާމްދަނީ އިތުރު

ލަފާ ކުރި ވަރަށް ވުރެ ފެބްރުއަރީ މަހު ދައުލަތުގެ އާމްދަނީ އިތުރު

މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ، އަންދާޒާ ކުރި އަދަދަށް ވުރެ %41.2 އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން އެންމެ ފަހުން އާންމު ކުރި ދައުލަތުގެ އާމްދަނީ ރިޕޯޓަށް ބަލާއިރު، ފެބްރުއަރީ މަހުގެ ތެރޭގައި ޓެކުހާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 994.12 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު 41.71 މިލިއަން ޑޮލަރު (643.16 މިލިއަން ރުފިޔާ) ހިމެނެ އެވެ.

އަންދާޒާތަކަށް ވުރެ އާމްދަނީ އިތުރުވީ ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ %30.9 ދަށަށް ގޮސްފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު، ފެބްރުއަރީ މަހުގެ އާމްދަނީއަށް މި ވަރުގެ ބޮޑު ހީނަރުކަމެއް އައި ފަހަރެވެ.

މީރާއިން ބުނި ގޮތުގައި، ދައުލަތުގެ އާމްދަނީ ދަށަށް ދިޔައީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދަށަށް ދިއުމުގެ ސަބަބުންނާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް އާމްދަނީއެއް ލިބިފައި ނުވާތީ އެވެ.

ފެބްރުއަރީ މަހު ދައުލަތަށް ލިބުނި އާމްދަނީގެ ތަފްސީލުތަކަށް ބަލާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 886.42 މިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 107.69 މިލިއަން ރުފިޔާ ލިބުނެވެ. ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޖީއެސްޓީ (672.78 މިލިއަން ރުފިޔާ) އާއި އިންކަމް ޓެކްސް (107.47 މިލިއަން ރުފިޔާ) އަދި ގްރީން ޓެކްސް (63.54 މިލިއަން ރުފިޔާ) އިންނެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 300 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެހެން ނަމަވެސް، އަހަރުގެ މިހާތަނަށް ދައުލަތަށް ލިބެމުން އަންނަ އާމްދަނީ އަށް ބަލާއިރު، މި އަހަރަށް ޓެކުހާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި 10 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox