ކޮލަމް: އިއްޒަތްތެރި ރައީސް، ނިޒާމީ މައްސަލައެއް

މަޖިލީހުގައި ނިޒާމީ ނުކުތާ ނެގުން މިހާރު ވަނީ ކުޅިވަރަކަށް ހަދާފައި - ފޮޓޯ: އަހުމަދު އިހުސާން | އަދަދު

މަޖިލީހުގައި ނިޒާމީ ނުކުތާ ނެގުން މިހާރު ވަނީ ކުޅިވަރަކަށް ހަދާފައި - ފޮޓޯ: އަހުމަދު އިހުސާން | އަދަދު

އިއްޒަތްތެރި މެންބަރުގެ ނިޒާމީ ނުކުތާއެއް! އަނެއްކާވެސް ނިޒާމީ ނުކުތާއެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދަނީ އެވެ؛ ބަހުސް ކުރައްވަނީ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެކެވެ. އޭނާގެ ވާހަކައަކީ، ރައީސް ޔާމީނުގެ ވެރިކަމުގައި ބުރިޖެއް ބިނާކުރެއްވި ކަމާއި މެގަ ޕްރޮޖެކްޓްތައް ހިންގެވި ކަމެވެ. މިހާރު އެ ތަރައްގީ ހުއްޓިފައި އޮތް ވާހަކަ އެވެ. އެއާއެކު، އޭނާގެ ވެސް ވާހަކަ ހުއްޓަން ޖެހިއްޖެ އެވެ. ސަރުކާރު ހިންގާ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރެއް ނިޒާމީ ނުކުތާއަކަށް އަތް ނެންގެވީ އެވެ.

ދެންވީ ގޮތް މިވަނީ އެވެ؛

ރިޔާސަތުން: އިއްޒަތްތެރި މެންބަރުގެ ނިޒާމީ ނުކުތާއެއް!

މެންބަރު: ޝުޝުޝުކުރިއްޔާ އިއްޒަތްތެރި ރައީސް. އިއްޒަތްތެރި ރައީސް މި ބޭފުޅުންގެ ސަރުކާރުގައި މިބޭފުޅުން މުޅި ދައުލަތް ދަވާލީ، ފެންފޮދަކާ ނުލައި ދިރުވާލީ! ތިޖޫރީ ބެހެއްޓިތަނުގަ ހުރީ ވަޅުގަނޑެއް. މިހާރު ކޮން ވާހަކައެއް ދައްކާކަށްތޯ؟ ޝުކުރިއްޔާ އިއްޒަތްތެރި ރައީސް.

ރިޔާސަތުން: އާދެ! ޝުކުރިއްޔާ އިއްޒަތްތެރި މެންބަރު.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު ކަމުގައިވާ މަޖިލިސް ހިންގަންޖެހޭނީ އެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ބުނެފައި އޮވެ އެވެ. އެ މަޖިލީހަށް ބިލު ހުށަހެޅޭނޭ ގޮތާއި ބިލުތަކުގެ ބަހުސް ހިންގާނެ ގޮތާއި އެ ބަހުސްތަކުގައި މެންބަރުންނަށް ފުރުސަތު ދޭނެ ގޮތް ވެސް ބަޔާންކުރަނީ މަޖިލީހުގެ ގަވާއިދުގަ އެވެ.

ބިލަކީ ކޮން އެއްޗެއްކަމާއި ގަރާރާއި ކުއްލި މައްސަލައަކީ ކޮބައިކަމާއި ނިޒާމީ ނުކުތާއަކީ ކޮބައިކަން ވެސް އޮތީ ހަމަ މި ބުނާ ގަވާއިދުގަ އެވެ.

ނިޒާމީ މައްސަލައަކީ ކޮބާ؟

ވަކި ކަމެއް ހިންގުމަށް ރޭވިފައި އޮންނަ ތަރުތީބާއި އުސޫލަށް ނިޒާމޭ ކިޔިދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ނިޒާމު އެ މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައި އެ އޮތީ އެވެ. އެއިން އުސޫލަކާ ހިލާފުވުމަކީ މަޖިލީހުގެ ނިޒާމާ ހިލާފުވުމެވެ. އެއީ ކުޑަ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 17 ވަނަ ބާބު އެއްކޮށް ހާއްސަކޮށްފައި އޮތީ ނިޒާމީ މައްސަލައަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކުމުގައި ކޮށްގެން ނުވާނޭ ކަމެއް ކޮށްފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެ ނަމަ އެކަން އެ މެންބަރަކަށް މަޖިލީހުގެ ރައީސް އަންގަންވާނޭ ކަމަށެވެ. އެ މާއްދާގައި އެހެން އޮތް ނަމަވެސް، މަޖިލީހުގެ ރައީސްގެ އަތްދަށުން ދާ ބައެއް ކަންތައްތައް ހުންނާނޭކަން ގަވާއިދު ދަނެ އެވެ. އަދި މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވާއިދާ ހިލާފުވާ ހާލަތެއް އައިސްދާނޭކަން ވެސް އެ ގަވާއިދު ދަނެ އެވެ. ގަވާއިދުގެ 61 ވަނަ މާއްދާގެ (ށ) ހާއްސަކުރީ އެކަމަށެވެ؛

"މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކޮށްފިނަމަ، އެކަން ފާހަގަކުރެވުނު މެންބަރަކު، ނިޒާމީ މައްސަލައެއްގެ ގޮތުގައި އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަންވާނެ،" އެ މާއްދާގައިވެ އެވެ.

މަޖިލީހުގެ ސަމާލު ކަމަށް މިކަން ގެނައުމަށް ހަދާނޭ ގޮތަކީ 'އިއްޒަތްތެރި ރައީސް ނިޒާމީ މައްސަލައެއް' މިހެން އަޑުވީއްލައި ބުނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ) ކިޔާލުމުން އެނގޭ ކަމަކީ، ނިޒާމީ މައްސަލައަކީ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކުރުން ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިޒާމާ ހިލާފު ކަމެއް ހިނގާ ކަމަށް މެންބަރަކު ފާހަގަކޮށްފި ނަމަ ދެން އަމަލުކުރަންޖެހޭ ގޮތް ވެސް ގަވާއިދު ބުނެދެ އެވެ. އެ ގޮތަކީ އެކަން ފާހަގަކުރި މެންބަރަކު އެކަމުގެ ތަފްސީލު ދިނުމަށް ރިޔާސަތުން ފުރުސަތު ދިނުމެވެ. އަދި އެކަމެއް ބަޔާންކޮށް ނިމުމުން އެކަމަކާމެދު ރިޔާސަތުން ގޮތެއް ނިންމުމެވެ.

މެންބަރު ފާހަގަކުރި ކަމަކީ ނިޒާމީ މައްސަލައެއްކަން ނުވަތަ ނޫންކަން ރިޔާސަތުން ވަގުތުން ކަނޑައަޅަންވާނެ އެވެ. އެއީ ނިޒާމީ މައްސަލައެއް ކަމަށް ކަނޑައަޅައިފި ނަމަ އެ މެންބަރަކު ކުރަމުންދިޔަ ކަމެއް ވަގުތުން ހުއްޓާލަންވާނެ އެވެ. ނިޒާމީ މައްސަލައެއް ނޫން ކަމަށް ރިޔާސަތުން ކަނޑައަޅައިފި ނަމަ އެކަމެއް ކުރިއަށް ގެންދާނީ އެވެ. އެކަމަކު، އަމަލު ކުރައްވަނީ މިހެން ހެއްޔެވެ؟

ނޫނެކެވެ. މަދު ފަހަރަކު އެވެ. ކަން ހިނގަނީ މި މަގުންނެވެ؛

ނިޒާމީ މައްސަލައެއް ފާހަގަކޮށް ފުރުސަތު ލިބުމުން މެންބަރު ދައްކަވަނީ އެވަގުތަކު ހިތްޕުޅަށް އަރާވަޑައިގަންނަަވާ ވާހަކައެކެވެ. ކޮންމެވެސް އިއްޒަތްތެރި މެންބަރަކު ރޭހަތަރުދަމު ހޭލާ އިންނަވައިގެން ރާފޮދު ހިއްޕަވާ ވާހަކަ އާއި އެހެން މެންބަރަކު އެއްގޮތަކަށް ވެސް ހަމަ ހޭގައި ނުހުންނަ ވާހަކަ އެވެ.

އެ ވާހަކަތައް އަޑުއައްސަވައި ހިނިފުޅުވަޑުވާފައި ރިޔާސަތުން އެ އިއްޒަތްތެރި މެންބަރަށް ވިދާޅުވަނީ "ޝުކުރިއްޔާ" އެވެ. އެއީ ނިޒާމީ މައްސަލައެއްކަން ނުވަތަ ނޫންކަންވެސް ވިދާޅުނުވެ، ހަަމަ ހިނިފުޅުވަޑުވައި، ސަކަރާތަކަށް ހައްދަވަނީ އެވެ.

މަޖިލީހުގެ ނިޒާމު އޮމާންކޮށް ގެންދިއުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައި ރައީސްއަށް އިހުތިޔާރުތަކެއް ދީފައި އޮވެ އެވެ. މެންބަރަކު ނިޒާމީ މައްސަލަ ފާހަގަކުރަނީ ގަވާއިދުގެ 61 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދަ ސަބަބަކަށް ކަމަށް މަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވާ ނަމަ ނިޒާމީ މައްސަލައެއް ނެގުމުން، ސަބަބު ބަޔާންކުރުމަށްފަހު، އެކަމަކަށް ސަމާލުކަން ނުދިނުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވެ އެވެ.

އެ ހާލަތުތަކުގެ ތެރޭގައި، ރިޔާސަތާއި ސުވާލުކުރުމާއި މެންބަރަކު ދައްކާ ވާހަކައަކަށް ރައްދުދިނުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ވަގުތު ހިމެނެ އެވެ. އެފަދަ ވަގުތެއްގައި މެންބަރަކު 'އިއްޒަތްތެރި ރައީސް، ނިޒާމީ މައްސަލައެއް' އޭ އަޑުވީއްލައި ގޮވައި ހަޅޭއްފަޅޭއްޖަހައި ހެދި ނަމަވެސް އެކަމަށް ސަމާލުކަން ނުދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އޮންނަ ގާނޫނީ އިހުތިޔާރެކެވެ.

ނިޒާމީ މައްސަލަތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެންމެ އާންމު ބާވަތަކީ އެހެން މެންބަރަކު ދައްކާ ވާހަކައަށް ރައްދު ދިނުމަށް ނެގޭ ނިޒާމީ މައްސަލަ އެވެ. އެއީ މަޖިލީހުގެ ނިޒާމާ އެއްވެސް ވަރަކަށް ގުޅުމެއް ހުރި ކަމެއް ނޫނެވެ. ގަވާއިދުގައި ބުނެފައިވާ ފަދަ ނިޒާމީ މައްސަލައެއް ވެސް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކަމެއް ހުއްޓުވުން ނޫން މަގުސަދެއް އެކަމުގައި ނެތެވެ.

އެކަމަށް ރިޔާސަތުން ފުރުސަތު ދެއްވަނީ ގަވާއިދުގެ 61 ވަނަ މާއްދާގެ (ރ) އިން ލިބިދޭ އިހުތިޔާރުގެ ބޭނުން ކުރެއްވުމެއް ނެތި އެވެ. އެއީ މެންބަރަކު ދައްކަމުން ގެންދާ ވާހަކައަށް ހުރަސް އެޅުމަށްޓަކައި އެހެން މެންބަރަކު ކުރައްވާ ކަމެއްގައި ރިޔާސަތުން ބައިވެރިވުމުގެ އަމަލެއްކަމަށް މާނަކުރެވިދާނެ އެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ ސާފު އަކުރާ މަޖިލީހުގެ ނިޒާމާ މުޅިން ހިލާފު ކަމެކެވެ. އެ ފުރުސަތު އެގޮތަށް ދެއްވުމަކީ ފާޅުކަން ބޮޑު ނިޒާމީ މައްސަލައެކެވެ.

އިއްޒަތްތެރި ރައީސް، ނިޒާމީ މައްސަލައެއް! ބޮޑު ނިޒާމީ މައްސަލައެއް!

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox