ދަތުރުދާ ޒުވާނުން ދީނީ ހަރުކަށި ފިކުރުގެ "އިމޭޖް"އަށް ވިސްނަން އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މިދިޔަ ހަފްތާ ބަންދުގައި ވ. އަންބަރާއަށް ދަތުރު ދިޔަ ގިނަ އަދަދެއްގެ ޒުވާނުންތަކެއް ފުލުހުން ހުއްޓުވި މައްސަލައިގެ ކަންބޮޑުވުން ލިބެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެހީގައި އުތުރު ތިލަފަޅުގައި އަޅާ ޑޮކްޔާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ އެކަން ބަލަން ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގެ ސާފު އަގުލިބިއްޔަތު އޮންނަ އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު އިތުރުކުރުމަށް ވޯޓަށް އެހުމުގެ ކުރިން، ނަޝީދު ވިދާޅުވީ ހަފްތާ ބަންދުގައި ދަތުރު ދިޔަ ޒުވާނުންތަކެއް ފުލުހުން ހުއްޓުވި މައްސަލައިގެ ކަންބޮޑުވުން އެ ޒުވާނުންގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން ރިޔާސަތާ ހަމައަށް އައިސްފައިވާ ކަމަށެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ އަންބަރާއަށް ދަތުރު ދިޔަ 95 ޒުވާނަކު ހުއްޓުވައި، ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑާ ހިލާފަށް އެރަށް ދިޔަ ކަމަށް ބުނެ އެ މީހުން ޖޫރިމަނާކުރި މައްސަލަ އަށެވެ.

އެމަނިކުފާނު ވިދާޅުވީ ދަތުރު ނުދެވުމުގެ ދެރަވުމުގައި މަޖިލީހުން ބައިވެރިވާ ކަމަށާއި، ނަމަވެސް ކޮވިޑް-19 އިގެ ހާލަތުގައި ދަތުރު ދިއުން ފަދަ ކަންކަމަށް ހުރަސްއެޅޭނެ ކަމަށެވެ.

އެއާ ވިދިގެން ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން، ފަޅު ރަށްރަށަށް ޒުވާނުން ގެންގޮސްގެން އެކި ބާވަތުގެ ތަމްރީނު ހަރަކާތްތައް ހިންގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ފުލުހުން ކަންބޮޑުވޭ، ޒުވާނުން ގުރޫޕުތަކުގައި ތިބެ ދެން ބައެއް ފަހަރަށް އެ ބާވަތުގެ ގުރޫޕުތަކުން ކުރެވޭ ކަންތައްތަކާ ގުޅޭގޮތުން ވެސް. ހާއްސަ ގޮތެއްގައި ހަރުކަށި ދީނީ ފިކުރުތަކަށް ލެނބި، އެ މީހުންގެ ތަމްރީންތަކަށް ފަޅު ރަށްރަށަށް ދާ ހަބަރު މި އޮންނަނީ ފުލުހުންނަށް ލިބިފައި،" ނަޝީދު ހާމަކުރެއްވި އެވެ.

އެހެންކަމުން، ދަތުރުދާ ޒުވާނުން އެފަދަ "އިމޭޖަށް" ވިސްނައިގެން ދަތުރު ދާން ރޭވުމަކީ މުހިއްމުކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަންބަރާއިން އަތުލައިގަތް މީހުން ތިބީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، އެކަން ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

އޭގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox