ރާއްޖޭގައި ފްލޯޓިން ސިޓީއެއް, ބޯހިޔާވަހިކަމުގެ ފުރުސަތުތަކެއް

ރާއްޖޭގައި ފްލޯޓިން ސިޓީއެއް, ބޯހިޔާވަހިކަމުގެ ފުރުސަތުތަކެއް

މާލެ އިން ފުރައިގެން 10 ވަރަކަށް މިނެޓްގެ ތެރޭގައި ދެވޭނެ ފްލޯޓިން ސިޓީއެއް ރާއްޖޭގައި ހެދުމަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑް ކުންފުންޏާ ދެ ވަނަ ފަހަރަށް ހަވާލުކޮށްފި އެވެ. 

މި ޕްރޮޖެކްޓުގައި އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ.

އެއްބަސްވުމުގައި އޭރު އޮތް ގޮތުން ނަމަ ފްލޯޓިން ސިޓީ ހަދަން ފަސް ރަށެއް ޑަޗް ޑޮކްލެންޑަށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ފަހުން އެ މަޝްރޫއާ ގުޅޭ ތަފްސީލު އާއްމެއް ނުކުރެ އެވެ.

ފްލޯޓިން ސިޓީގެ ޕްރޮޖެކްޓް ވެބްސައިޓުގައި އާއްމުކުރި ނޫސް ބަޔާނެއްގައިވާ ގޮތުން 10 އަހަރުގެ ދިހަ އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގައި މީހުންނަށް ދިރިއުޅެވޭ ގޮތަށް ގިނަ ގެތައް ހަދާނެ އެވެ.

މި ތަންތަން ހަދަން ހަމަޖައްސާފައި ވަނީ 200 ހެކްޓަރުގެ ފަޅެއްގަ އެވެ. މި ގެތައް ދޫކުރާނީ އަތްފޯރާފަށުގައި ކަމުގެ ޔަގީންކަން ޑަޗް ޑޮކްލޭންޑުން ދެ އެވެ.

"ސުވަރުގެއެއް ފަދަ ތަފާތު މާހައުލެއްގައި މިތަން ހުރުމުގެ ސަބަބުން އަދި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު ހެދުމަށް ރޭވިފައިވާ ތަނަކަށް ވުމާ އެކު އަޅުގަނޑުމެން އުފަލާއި އެކު މި ދައްކާލަނީ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ" ޑަޗް ޑޮކްލެންޑްސްގެ ސީއީއޯ ޕޯލް އެޗްޓީއެމް ވިދާޅުވި އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ޕްލޭނިން މަސައްކަތް މިހާރު ވަނީ ނިމުމާ ގާތްވެފަ އެވެ. އަމަލީ މަސައްކަތް ފަށަން ލަފާކޮށްފައި އޮތީ އަންނަ އަހަރުގަ އެވެ. މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަސް އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox