އަންހެން ތިން ފުލުހަކު ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓުންގެ ރޭންކަށް

ފުލުހުންގެ ސުޕްރިންޓެންޑެންޓުންގެ ރޭންކަށް ފުރަތަމަ ފަހަރަށް ކުރިއެރުން ލިބުނު އަޒުމާ (ކ) އާއި އިޒްމިއާގެ އިތުރުން ނަޝްވާ. --ފޮޓޯ/ޕޮލިސް

ފުލުހުންގެ ސުޕްރިންޓެންޑެންޓުންގެ ރޭންކަށް ފުރަތަމަ ފަހަރަށް ކުރިއެރުން ލިބުނު އަޒުމާ (ކ) އާއި އިޒްމިއާގެ އިތުރުން ނަޝްވާ. --ފޮޓޯ/ޕޮލިސް

ފުލުހުންގެ ސުޕްރިންޓެންޑެންޓުންގެ ރޭންކަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހަކު ޕްރޮމޯޓްވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގައި އަންހެނުން ދެމިތިބިތާ 33 އަހަރު ފަހުން މިއައީ ތާރީޚީ ބަދަލެކެވެ. އަންހެން ތިން އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިއުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުالله އެވެ.

ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި ސުޕްރިންޓެންޑެންޓުންގެ ގޮތުގައި މަގާމުގެ ކުރިއެރުން ލިބުނީ ޗީފް އިންސްޕެކްޓަރުންގެ ގޮތުގައި ތިއްބެވި އިޒްމިއާ ޒާހިރު އާއި މަރިޔަމް އަޒްމާގެ އިތުރުން ފާތިމަތު ނަޝްވާ އަށެވެ.

އިޒްމިއާ: އަންހެނުންގެ ދައުރު ފުޅާކުރަން ގިނަ މަސައްކަތްތަކެއް

ފުލުސް އޮފީހުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އޯގަނައިޒޭޝަނަލް ރިފޯމް ޑިޕާޓްމަންޓުގެ ހެޑަކަށް ހުންނެވި އިޒްމިއާ ގެންދަވަނީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރުފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭގަ އެވެ. ފުރަތަމަ ފަހަރަށް ޑިވިޝަން ކޮމާންޑަރުކަން ކުރެއްވި އަންހެން ފުލުހަކީ އިޒްމިއާ އެވެ.

އޭނާ ވަނީ ފުލުހުންގެ ސްޕޯކްސް ޕާސަންގެ މަގާމް ވެސް ފުރުއްވައިފަ އެވެ.

އަޒްމާ: އިންވެސްޓިގޭޝަންގައި ގިނަ އަހަރުތަކެއް

ސެންޓްރަލް ޑިވިޝަން ކޮމާންޑަރުގެ ގޮތުގައި ހުންނެވި މަރިޔަމް އަޒްމާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި އަންހެން އޮފިސަރެވެ. ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރައްވާފައިވާ އަޒްމާ ވަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.

އެންމެ ގިނަ އަހަރުތަކެއް ހޭދަކުރެއްވީ އިންވެސްޓިގޭޝަންގެ ދާއިރާގަ އެވެ. ވިކްޓިމް ސަޕޯޓްގެ މަގާމާއި ފެމެލީ އެންޑް ޖެންޑަ އެފެއާޒް ޑިޕާޓްމަންޓްގެ ހެޑްކަން ވެސް ކުރެއްވި އެވެ.

އަޒްމާއަކީ ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ދައުރުފުޅާކޮށް ބާރުވެރިކުރަން އުފެއްދި ވިމެން އިން ޕޮލިސިންގެ ނެޓްވޯކްގެ ރައީސެވެ.

ނަޝްވާ: ކުށްމަދު ކުރުމުގައި އިސް ދައުރެއް

އަޕަ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ނަޝްވާ ވެސް ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ. މި މުއްދަތުގައި, އެޑްމިން އޮފިސަރުގެ މަގާމުން ފެށިގެން ގިނަ ކުރިއެރުންތަކެއް ހޯއްދެވި އެވެ.

ފުލުހުން ބުނީ ނަޝްވާގެ އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ހިދުމަތަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކޮމިއުނިޓީއާ ގުޅިގެން ކުށްމަދުކުރަން ރާވާއި ހިންގެވި ޕްރޮގްރާމްތަކެވެ. އޭގެތެރޭގައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭމްޕް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުންގެ ޕޮލިސް އެކަޑަމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ސެޝަންތައް ވެސް އޭނާ ނަންގަވަ އެވެ. ނަޝްވާއަށް ވަނީ 2018 ވަނަ އަހަރު ރެހެންދި އެވޯޑު ވެސް ލިބިވަޑައިގެންފަ އެވެ. އަދި ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓާ އިން ހޮވި ސީއެސްއާރު ލީޑަޝިޕް އެވޯޑާއި 2018 ވަނަ އަހަރު ވިމެން އޮން ބޯޑް އެވޯޑް ލިބިވަޑައިގަތެވެ.

މި ތިން އަންހެން އޮފިސަރުން ހޯއްދެވި ކުރިއެރުމަކީ ފުލުހުންގެ ހިދުމަތުގައި ތިބި އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަން ފުލުސް އޮފީހުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox