އެޕްސްޓީންއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މެލާނިއާ ވިދާޅުވެއްޖެ
ޖެފްރީ އެޕްސްޓީންއާ އެއްވެސް ގުޅުމެއް އޮތްކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ދޮގުކުރައްވައިފިއެވެ. އެކަމަނާ ވިދާޅުވީ އެއީ އަބުރު ކިލަނބުކުރުމަށް ދައްކާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ ދެކޮޅަށް ވަކީލުން މެދުވެރިކޮށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.