އެޕްސްޓީންއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މެލާނިއާ ވިދާޅުވެއްޖެ

Apr 10, 2026, 8:07 AM
ވައިޓް ހައުސްގައި، އޭޕްރީލް 9، 2026 ވީ ބުރާސްފަތި ދުވަހު، އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.

ވައިޓް ހައުސްގައި، އޭޕްރީލް 9، 2026 ވީ ބުރާސްފަތި ދުވަހު، އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.

މަރުވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ވަރުގަދައަށް ދޮގުކުރައްވައިފި އެވެ. 

ވައިޓް ހައުސްގައި ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި މެލާނިއާ ވިދާޅުވީ، އެކަމަނާއަކީ އެޕްސްޓީންގެ "ޝިކާރައެއް ނޫން" ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕާ އެކަމަނާ ބައްދަލުކޮށްދިނީ އެޕްސްޓީން ނޫން ކަމަށެވެ.

މެލާނިއާ މި ބަޔާން ދެއްވާފައި މިވަނީ، އެޕްސްޓީންއާ ގުޅޭގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ދޫކުރި އެފްބީއައިގެ އިންޓަވިއު ރިޕޯޓެއްގައި، ޓްރަމްޕާއި މެލާނިއާ ބައްދަލުކޮށްދިނީ އެޕްސްޓީން ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު އަންހެނުންނަށް ކޮންގްރެސްގެ ހާއްސަ އަޑުއެހުމެއް ބާއްވައި، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމަށް މެލާނިއާ ގޮވާލެއްވި އެވެ. 

"އެޕްސްޓީން އޭނާގެ ޝިކާރައަކަށްވި މީހުންނަށް ކުރި އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ދުވަހަކުވެސް އެނގިފައެއް ނުވޭ،" އެކަމަނާ އިތުރަށް ވިދާޅުވިއެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު އާންމުކުރި އެޕްސްޓީންގެ ފައިލްތަކުަގއި މެލާނިއާ ޓްރަމްޕްގެ ނަން ހިމެނިފައިވެއެވެ.

މި ފައިލްތަކުގައި ޑޮނަލްޑް ޓްރަމްޕްގެ ނަންވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައީސް ޓްރަމްޕްވެސް ވަނީ އެއްވެސް ގޯސް އަމަލެއް ހިންގާފައިވާނެކަމަށް ނުވަތަ އެޕްސްޓީންގެ ކުށްތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް އިންކާރު ކުރައްވާފައެވެ.

އެޕްސްޓީންއާ އެކު ކުށުގައި ބައިވެރިވި މެކްސްވެލްއަށް މެލާނިއާ ޓްރަމްޕް ފޮނުއްވި ކަމަށް ބެލެވޭ އީމެއިލެއްގައި، ފޮޓޯއެއްގައި މެކްސްވެލް ފެންނަ ގޮތަށް މެލާނިއާ ތައުރީފު ކުރައްވާފައިވެއެވެ. އެ އީމެއިލްނިންމާލާފައިވަނީ "ލޯބިވާ، މެލާނިއާ" ލިޔުއްވަމުންނެވެ. 

މެކްސްވެލްގެ މައްޗަށް 2021 ވަނަ އަހަރު ޖިންސީ ވަގުފާރީގެ ކުށް ސާބިތުވެ، މިހާރު ދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މެލާނިއާ ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވީ އޭނާއާ ދެމެދު ބަދަލުކުރެވުނީ "އާދައިގެ" އީމެއިލްތަކެއް ކަމަށެވެ.

"އޭނާގެ އީމެއިލަށް އަޅުގަނޑު ދިން އަދަބުވެރި ޖަވާބަކީ އާދައިގެ ކުރު ނޯޓެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނޫން،" މެލާނިއާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox