ޗައިނާ-އެމެރިކާ ވިޔަފާރީގެ ފިޔަވަޅުތައް މެދުކަނޑާލުމުގެ މުއްދަތު އިތުރުކޮށްފި

Sep 28, 2026, 5:18 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިގްތިސާދީ އަދި ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް އެމެރިކާއާއެކު ވެފައިވާ އެއްބަސްވުން ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމަށާއި، އެ ދާއިރާތަކުން ކުރިއަށްދާނެ ގޮތްތަކާ މެދު ވިސްނުމަށް ދެ ގައުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ، ވިޔަފާރިއާ ގުޅޭ ފިޔަވަޅުތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާ މުއްދަތު ދެ މަސްދުވަހަށް އިތުރުކޮށްފައިވާކަން ޗައިނާއިން ހޯމަ ދުވަހު ހާމަކޮށްފި އެވެ.

ވިޔަފާރީގެ ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވެފައިވާ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ 10 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން ކަށަވަރުކޮށްދެމުން ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ، މި ނިންމުމުގެ ސަބަބުން ކުންފުނިތަކުގެ މެދުގައި އޮންނަ އެއްބާރުލުމަށާއި ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކަށް "ނިސްބަތުން ހަމަޖެހޭ އަދި ލަފާކުރަން އެނގޭ ފަދަ ސިޔާސީ މާހައުލެއް" ގާއިމުވެގެންދާނެ ކަމަށެވެ.

މި މުއްދަތު އިތުރުކުރުމަކީ ވައިޓް ހައުސްގައި މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި މިއަހަރުގެ ދެވަނަ ސަމިޓުން ނިންމި އެންމެ މުހިންމު އެއް ނިންމުމެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ދެމެހެއްޓުމަށްޓަކައި، ދެ ފަރާތުން އުފެއްދުމަށް އެއްބަސްވެފައިވާ ޓްރޭޑް ކައުންސިލުން އެންމެ ފުރަތަމަ އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި، 30 ބިލިއަން ޑޮލަރުގެ މުދަލުން ދެ ގައުމުން ވެސް ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެ އެވެ.

ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ފިޔަވަޅުގެ ސަބަބުން ޗައިނާގެ އުފެއްދުންތައް އެމެރިކާއަށް އެކްސްޕޯޓް ކުރުމަށް އިތުރު ލުއިތަކެއް ލިބި، އެކަމަށް އެދެވޭ މާހައުލެއް ބިނާވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ޓީމުތަކުން ގަވާއިދުން ބައްދަލުކޮށް، އިންވެސްޓްމަންޓް ފުރުސަތުތަކާއި އެކަމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސިޔާސަތުތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ވިޔަފާރިތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox