ޔޫކްރެއިން
419 ލިޔުން
ފަހުގެ
ދުނިޔެތެލުގެ އަގު ދަށްކުރަން އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ
އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ނިންމައި، ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީގޮތުން ވަނީ ލުއިކޮށްދީފައެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ހަނގުރާމަ ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.
ދުނިޔެޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަލުން ކުރިއަށް
ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ މަންދޫބުން ރަޝިއާގެ ރައީސްއާ ބައްދަލުކުރައްވައި، ކީވްގައި ވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މި ދަތުރުފުޅާ ދިމާކޮށް ދެ ގައުމުގެ ވެރިރަށަށް ދޭ ހަމަލާތައް ތިން ދުވަހަށް މެދުކަނޑާލުމަށް އެއްބަސްވެފައިވާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި މިކަމާ ގުޅޭ ރަސްމީ އިިއުލާނެއް ކުރާނެ ކަމަށް ބެލެވެ އެވެ.
