އައްބާސް އަރާގްޗީ
13 ލިޔުން
ފަހުގެ
ދުނިޔެއެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި
އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.
ދުނިޔެހޮރްމޫޒް ހުޅުވާލުމަށް އީރާނުގެ ހުށަހެޅުން އަދިވެސް އެބަ އޮތް
ހޮރްމޫޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި ހުށަހެޅުމުގައި އީރާނުގެ ތެޔޮ އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކެއް ހިމެނޭއިރު، އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތުމުން މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މި ޝަރުތުތައް ގަބޫލުކޮށްފި ނަމަ ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލެވޭނެއެވެ.
