
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުފިއްޓޭގެ ނަން އިއްވައި ތަޅުމުން ނެރެފި
ތިލަފުށީގައި ރޯވި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދާތީ އެކަމާ ދެކޮޅަށް މަޖިލީހުގައި އަޑުއުފުލުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން އިއްވައި ތަޅުމުން ނެރެފިއެވެ. މި މައްސަލައިގައި އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، މެންބަރު ވިދާޅުވީ މިއީ އުތުރުގެ ރަށްތަކުގެ ތިމާވެއްޓަށާއި ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ހަބަރުފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް މަޖިލީހަށް
ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމުގެ އިޖުރާއަތްތައް ކަނޑައެޅުމަށްޓަކައި، 21 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށް ރަށްތައް ދޫކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލުގައި ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާނެ ދާއިރާތަކާއި، އަކަމީޓަރަކަށް ޖެހޭ ކުލީގެ ރޭޓުތަކުގެ އިތުރުން، އެ ތަންތަން ކުއްޔަށް ހިފޭނެ ފަރާތްތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
ހަބަރުތިލަފުށީ އެނދި ކުނި ކުނބުރުދޫއަށް ގެންދާ މައްސަލަ ބޭރުކޮށްލައިފި
ތިލަފުށީގައި ރޯވި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަޣުލަބިއްޔަތުން ވަނީ ބޭރުކޮށްލާފައެވެ. މި މައްސަލަ ހުށަހެޅުއްވި މެންބަރު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތް ނުނިމޭ ފެސިލިޓީއަކަށް އެ ކުނިތައް ގެންދިއުމަކީ ރަށުގެ ތިމާވެއްޓަށާއި ރައްޔިތުންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
