ތިލަފުށިން ހދ. އަތޮޅަށް ކުނި ގެންދިޔުމާ ދެކޮޅަށް އަޑުއުފުލުމުން ފިއްޓޭގެ ނަން އިއްވައި ތަޅުމުން ނެރެފި

ފިއްޓޭ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަނީ

ފިއްޓޭ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަނީ

ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ތިލަފުށީ ސައިޓުގައި ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ގެންދިޔުމާ ދެކޮޅަށް މަޖިލީހުގެ ތަޅުގައި އަޑުއުފުލުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ. 

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިއަދު ހެނދުނު ފިއްޓޭ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، އެ މައްސަލަ ބަލައިނުގަނެ ވަނި ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށްލީ 27 މެންބަރުންގެ ވޯޓުންނެވެ.

އެއަށްފަހު ކުރިއަށްގެންދިޔަ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވެސް ފިއްޓޭ ވަނީ އެ މައްސަލައަށް ފުރުސަތު ނުދިނުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވެމްކޯއިން އެގޮތަށް އަމަލުކުރުމުން އުތުރުގެ ރަށްތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާަނެކަން ފާހަގަކުރެއްވި އެވެ. 

Advertisement

ބަހުސްގައި ބައިވެރިވުމަށް ފަހު ފިއްޓޭ ވަނީ ރިޔާސަތުގެ މޭޒު ކުރިމައްޗަށް ވަޑައިގެން ކުނި ގެންދިޔުމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެއާއެކު ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ ފިއްޓޭގެ ނަން އިއްވާފަ އެވެ. 

މާލެ ސަރަހައްދުގައި އުފެދޭ ހުރިހާ ކުންޏެއް ގެންދާ ތިލަފުށީގައި ރޯވީ ޖުލައި 19، ގަ އެވެ. އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ވެމްކޯގެ ތިލަފުށީ ސައިޓަށް ގެއްލުންވެ ކުނި ބަލައިގަންނަ މިންވަރު ވެސް ވަނީ މަދުކޮށްފަ އެވެ. އެނދި ހުރިހާ ކުންޏެއް ގެންދަނީ ހދ. ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއަށް ކަމަށް ވެމްކޯއިން އޮތީ ހާމަކޮށްފަ އެވެ. 

ފިއްޓޭ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވާ ގޮތުގައި އެ ފެސިލިޓީގެ މަސައްކަތްތައް ނިމިފައި ނުވެ އެވެ. އެ ރަށަކީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ކަމަށާއި އެހެން ނަމަވެސް ވެމްކޯއިން އެ ރަށް ބޭނުންކުރަން އުޅެނީ އެހެން ބޭނުމެއްގައި ކަމަށް ފިއްޓޭގެ މައްސަލާގައި ބުނެފައިވެ އެވެ. 

އެ ކުނީގެ ސަބަބުން އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް އިއާދަނުކުރެވޭ ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. ވެމްކޯގެ އެ ނިންމުމަކީ ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ފިއްޓޭގެ މައްސަލާގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އެއީ "ކޮށްގެންވާނޭ ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox