"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރެވިގެން ނުވާނެ، ޒުވާނުން އެދޭ ކަންކަން ހިންގަން ޖެހޭނެ: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު. މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ވިރާސީ

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު. މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ވިރާސީ

މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަަރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެ ކަމަށް ސަރުކާރުން އެންގުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެއީ މަނާކުރެވިގެން ވާނެ ޝޯއެއް ނޫން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ މި ޝޯއަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުން ދަނިކޮށް ޝޯ ނުބޭއްވޭނެކަން އެންގީ އިއްޔެގެ ވަގުތެއްގަ އެވެ. ޝޯ ކެންސަލް ކުރަން އެންގިއިރު ޓިކެޓުތައް ވެސް ވިކިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

"އެ ޝޯ މަނާކުރެވިގެން ނުވާނެ، މިއުޒިކް މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދު މިއަދު ހެނދުނު އެކްސްގައި ލިޔުއްވި އެވެ. 

ރޭގެ ވަގުތެއްގައި ރާއްޖެއަށް ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން އެ ބޭންޑުގެ މެންބަރުން ވަނީ ރާއްޖެ އައިސްފަ އެވެ. ޝޯގެ ލޮޖިސްޓިކްސް ކަންކަމަށް ބޮޑު ހަރަދުތަކެއް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ. 

"ބިޔޯން އަގެއިން" ގެ ކުރިން އޯޕެނިން އެކްޓުތަކުގެ ގޮތުގައި ދިވެހި އާޓިސްޓުންގެ ހުށަހެޅުންތަކެއް ވެސް ކުރިއަށްގެންދަން އޮތީ ނިންމާފަ އެވެ. ޝޯ ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރުގައި ސްޓޭޖު އަޅައި ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ. 

މިކަމާ ގުޅޭގޮތުން މިހާތަނަށް ޝޯ އިންތިޒާމުކުރާ ފަރާތުގެ ބަހެއް ލިބިފައެއް ނުވެ އެވެ. ސަރުކާރުން ޝޯ ކެންސަލް ކުރަން އެންގީ ކީއްވެކަމެސް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox