ފިލިޕީންސް ފެރީގައި ރޯވެ މަރުވި މީހުންގެ އަދަދު 30 އަށް

ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ފިލިޕީންސްގައި އަލިފާނުގެ ހާދިސާއެއް ހިނގި ފެރީއިން މަރުވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.

މެނީލާ އިން ފުރައިގެން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ކޮރޯން އަށް ދަތުރުކުރި "އެމްވީ ޖޫން އެސްޓަ" ގައި މިދިޔަ ބުދަ ދުވަހު އަލިފާން ރޯވިއިރު، އެ އުޅަނދުގައި 130 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

މި ހާދިސާގައި 43 މީހަކު ސަލާމަތްކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ގެއްލިފައިވާ 50 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނި ގޮތުގައި، ބޯޓުގެ ތެރޭގައި އަދިވެސް އިތުރު ހަށިގަނޑުތައް އެބަހުއްޓެވެ. ނަމަވެސް، ބޯޓުން އަރަމުންދިޔަ ވިހަ ދުމާއި ގަދަ ހޫނުގެ ސަބަބުން ހުކުރު ދުވަހާ ހަމައަށް ކޯސްޓްގާޑުގެ އޮފިސަރުންނަށް ބޯޓަށް އެރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ކޯސްޓްގާޑުގެ ތަރުޖަމާނު ކޮމޮޑޯ ނޯމީ ކަޔާބްޔާބް ވިދާޅުވީ، ގިނަ ހަށިގަނޑުތައް ފެނިފައިވަނީ 22 ގަޑިއިރުގެ ދިގު ދަތުރެއް ކުރަމުންދިޔަ އެ ބޯޓުގައި މީހުން ނިދުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށެވެ.

ކޯސްޓްގާޑުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ސަލާމަތްވި މީހުންނާ ކުރެވުނު ފުރަތަމަ ސުވާލުތަކުން އެނގޭ ގޮތުގައި އަލިފާން ރޯވާން ފެށީ މުދާ އުފުލާ ބައި (ކާގޯ ހޯލްޑް) ގައެވެ. އަދި ބައެއް ފަސިންޖަރުން ތިބީ ލައިފް ޖެކެޓް ނާޅާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ފިލިޕީންސްގެ މެރިޓައިމް އޮތޯރިޓީން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ތަހުގީގު ކުރަމުންނެވެ.

ޕަލަވަން ޑެއިލީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2002 ވަނަ އަހަރު ބަނދެފައިވާ މި ފެރީއަކީ ސަލާމަތީ ސެޓްފިކެޓްތައް ހަމައަށް ހުރި އަދި މާޗް މަހު އިންސްޕެކްޝަނުން ފާސްވެފައިވާ އުޅަނދެކެވެ. ނަމަވެސް، ފަސިންޖަރުންގެ ލިސްޓުގައި މައްސަލައެއް އުޅޭތޯއާއި، މުދާ ބަރުކޮށްފައިވާ ގޮތުގެ ރައްކާތެރިކަމާއި، ކުއްލި ހާލަތްތަކުގައި ފަޅުވެރިން އަމަލުކުރި ގޮތުގެ އުސޫލުތައް ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

މި އުޅަނދު ދަތުރުކުރީ 117 ފަސިންޖަރުންނާއި 17 ފަޅުވެރިންނާ އެކުގަ އެވެ.

މި އުޅަނދު އޮޕަރޭޓްކުރާ ކުންފުނި ކަމަށްވާ "އަތިއެންޒާ އިންޓަ އައިލެންޑް ފެރީސް" އިން ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox