
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2155 ލިޔުން
ހަބަރުޖަލްސާތަކަށް 7 މިލިއަން ރުފިޔާ، ދެބައިކުޅަ އެއްބައި ރައީސް އޮފީސް
ހުރިހާ ވުޒާރަތަކާއީ އިދާރާތަކުގެ ޖުމްލައަށް ބަލާއިރު، ފަސް އަހަރުގެ ތެރޭގައި ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން ދައުލަތުގެ ބަޖެޓުން 65.5 މިލިއަން ރުފިޔާ ހަރަދުކޮށްފި.
ވިޔަފާރިއަހަރު ދެބައިވިއިރު އަމާޒުކުރި 50 ޕަސެންޓު ޓޫރިސްޓުން އައިސްފި
މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުން. އެއީ "މޮޑަރޭޓް ކޭސް" ނުވަތަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދު. މީގެ ތެރެއިން 821،435 ޓޫރިސްޓުން ޖުލައި 2 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފި.
ވިޔަފާރިއަލިފުށީ އެއާޕޯޓު ބިން ހިއްކަން ފަށަން ޑްރެޖަރު ފުރަނީ
އަލިފުށީ އެއާޕޯޓު މަޝްރޫއަކީ އެމްޓީސީސީއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން 451 މިލިއަން ރުފިޔާއަށް، ދެ އަހަރުން ނިންމާގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހަވާލުކުރި މަޝްރޫއެއް. މިއީ އެ ކުންފުނިން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު.
